ޚަބަރު / ފަޔާ އެންޑް ރެސްކިއު

ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކު ފިހިގެން ފަރުވާދެނީ

ހ. ތިންނޫނު ގޭގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ގެއެއްގައި ހުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ދެ މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހ. ތިންނޫނު ގައި ހިނގި ގޭސްފުޅި ގޮވުމުގެ ހާދިސާގައި ފިހުނީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އަށް ލިބުނީ މެންދުރު 12:31 ގައި ކަމަށާއި ފަޔަ އެންޑް ރެސްކިއުގެ ސިފައިން މިހާރު އެ ގޭގައި ހަރަކާތްތެރިވަަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅި އުނދުނާ ގުޅާފައި ހުރިތަނުން ގޭސް ލީކްވުމުގެ ސަބަބުން ކަމަށެވެ.

ގޭސްފުޅި ގޮވުމުގެ ސަބަބުން ރޯވި އަލިފާން ނިއްވައިލީ އެގޭ މީހުން އަމިއްލައަށެވެ.

ގޭސްފުޅި ގޮވުމުގެ ސަބަބުން ފިހި އަނިޔާވި މީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް އަދި ނޭނގެ އެވެ. އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެެވެ.

14 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 96%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަކީޓާ

06 January 2021

ގޭސްފުޅި އުނދުނާ ގުޅާފަ ހުންނަތަނުން ލީކް ުންއެއީ ވަރަށް ނުވާނެކަ މެއް. ގިނަ ފަހަރަށް ލީކްވަނީ ފުޅީގެ ތުނބުން. ފުޅިތައް ބަލަހައްޓަންވާ ވަރަށް ނުބެލެހެއްޓޭތީކަ މަށް ވެދާނެ. ދަބަރުޖަހާފަ ހުންނަ ވަރަށް ބާ ފުޅިތަކެއް ދެކުންފުނިން ވެސް ގެންގުޅެނީ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

06 January 2021

ކޮންމެ މައުދަނަކީވެއް އޭގެ ޒާތުގަ ވަރުބަލި ވާއެއްޗެއް އެހެންވީމަ އެހެންގައުމުތަގަވެސް ފުޅި ޗެކުރި ތާރީހު ޖަހާފަ ހުންނަނީ! މިގައުމަކީ އަމިއްލަޔައް މިއްގަނޑެއް ހަދައިގެން ޗެކުރެވޭރު ގައުކަން ނުވަންޏާ؛ އުނދުންތަކާ ކަމާބެހޭ އާލާތް އިތުބާރު ހިފޭ އެހެންގައުމެއްގެ ސަލާމަތީ މަރުކާ ހުނަން ޖެހޭނެ ކަމައް ލާޒިމުކޮއް ދެގައުމު ގުޅިގެން މަސައްކަތް ކުރުންފަދަ ގޮތެއް ރާވާ ތިއީ ނުރައްކާކަމެއް ތިތާރީހުގަ އުފެއްތި ފުޅިތައް އާންމުކޮއް ގޮވަނީތޯ ބަލާ

The name is already taken The name is available. Register?

Ali Gasim

06 January 2021

ގޭސްފުޅިތައް ގޮވުމަކީ އާއްމުކަމަކަށްވެއްޖެ ހަލާކުވެ ދަބަރުޖަހާފައިވާ ގޭސްފުޅި ރައްޔިތުންނަށް ވިއްކަނީތޯ އެބަޖެހޭ ބަލަން

The name is already taken The name is available. Register?

ބާސޫ

06 January 2021

ކައްކާ ގޭހަކީ އޭގެ ޒާތުގައި ވަސްދުވާއެއްޗެއްނޫން. އޭގައިވަސްދުވާގޮތަށް ހަދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން. މިކަމަށް ސަމާލުވާންޖެހޭ. ފިހުނު މީހުނަށް އަވަސް ޝިފާއަކަށް އެދެން. މިއަހަރުވެސް މިފެށެނީ ހިތާމަވެރި ހާދިސާތަކާއެކު. މިކަމާ ފުންކޮށް ވިސްނަންވެއްޖެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

06 January 2021

ތިޔަ ބަޔާންކުރީ ކެމިސްޓްރީ ކްލާހުގަ ޓީޗަރު ނަގައިދިން ފިލާވަޅުން ތަންކޮޅެއް.ސާބަހޭ @ބާސޫ.ޕްރޮޕޭން ، ބިއުޓޭން އަދި މީތޭން އެއީ ތިބުނިހެން ވަސްނުހުންނަ އެއްޗެއް.ލީކް އެލާޓް ކުރުމުގެ ގޮތުން އެތީލް މެކެޕްޓަން (C₂H₆S) އެއީ ކައްކާ ގޭހުގެ ތެރެއަށް އަޅުމަށް ބޭނުންކުރާއެއްޗެއް.ފިހުނު މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން.

The name is already taken The name is available. Register?

މާއިނގޭ ރަދީފު

07 January 2021

ނޭގޭކަމެއް އިނގޭ ކަމެއްވެސް ނުހުރޭ...

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

07 January 2021

ތިހެން ގާ އުކައިގެން އަހަރެން ކޯނާ ކުރެވިދާނެކަމަށް ދެކޭނަމަ އެއީ ކުށްހީއެއް.މޭވާ ނާޅާ ގަހަކަށް ގާއުކާނެ ބަޔަކު ނުތިބޭނެ.ދުނބުރި ގަހަށް ގާ ނުއުކާނެ މީހަކު ނުވާނެ.ވ.ވެދުން

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

07 January 2021

**ދުނބުރި ގަހަށް ގާ އުކާނެ މީހަކު ނުވާނެ.ވ.ވެދުން

The name is already taken The name is available. Register?

ޛި މް

06 January 2021

ގޭހުން ކެއްކުން ހުއްޓާލަންވެއްޖ ެެެއެއްނު ކަރަންޓަށް އތުރުވަނީ ހމަ 300 އެއްހާ ރުފިޔާe ..

The name is already taken The name is available. Register?

ސަލީމު އިދުރީސް

06 January 2021

ދެރަކަމެއް އެއްވެސް މިންގަނގަޑެއްނެތި މިކަހަލަ ނުރައްކާތެރި ހިދުމައްދިނުން! މިކަލަކަންތައް ބަލާނެ މުއްސާއެއްނެއް! އަދި މުއައްސަސާއެއްއޮވެ ކިތެމެ ޒަމާނީ ޓެނޮލްޖީ ހުއްޓަސް އޭގެ ބޭނުން ހިފަން އެގޭވަރު ތެއްކަމެއް ހުރިބަޔަކު މުއައްސަސާތަކުގަ ނެތިއްޔާ އެގޭން ކުރެވޭނެ ބޭނުމެއްނެއް!ކުރިންދުވަހު ސުފީޑު ރާޑާ ކެމެރާ ހިފައިގެން ހުރި ފުލުސް މީހަހުރީ ޒިބުރާ ކުރަސްމަތީ މަގުމެދުގަ މިފެންވަރުގެ ވިސްނުންހުރި މީހުން މިތިބެނީ ރައްތުންރައްކާތެރިކަން ކަށަވަރު ކޮއްދޭން

The name is already taken The name is available. Register?

އާދަންބެ

06 January 2021

ވަރަށްގިނަ ގޭސްފުޅިތަކުން ލީކުވޭ، އޭގެ ތުންގަނޑުން. ބާފުޅިތައް ނައްތާލަންވީ. ދެތިން ހާދިސާ ހިނގީމަކަންނޭނގެ މި ކަންކަމާ ސަމާލުކަމެއްދޭނީ.

The name is already taken The name is available. Register?

ޢަބްދުﷲ ޢަލީމް

06 January 2021

އަހަރުމެން ދިވެހިރާއްޖޭގައި ގެންގުޅޭ އުސޫލަކީ، ރައްކާތެރިކަމުގެ ފިޔަވަޅު، ޤާނޫނަކުން ފާސްކޮށް މަޖުބޫރު ނުކުރުވަނީސް، އަހަރުމެން ނުޖެހޭ އެކަން ކުރާކަށް، މިސާލަކަށް ހެލްމެޓް އެޅުން... މި ހާދިސާއަށް ބަލާއިރު މިފެންނަނީ ގޭސް-ލީކް-ޑިޓެކްޓާ ހަރުނުކޮށް ތިއްބާ ލިބުނު ގެއްލުން.. މިކަހަލަ ހާލަތްތަކުގައި "ހުން ނަޔަސް ރަޖާ ލާން ޖެހޭނެ"... އޭގެ ނޯމަލް އެއްޗެއް އަލީއެކްޕްރެސްއިން 4 ޑޮލަރު، ފޯނަށް އެލާޓް އަންނަ އެެއްޗެއް 45 ޑޮލަރުވަރު.. އަގު ބޮޑު؟

The name is already taken The name is available. Register?

ޢަޒްރާ

06 January 2021

ގޭސް ލީކްވާން ފެށު މުން އަ މިއްލަޔަށް ގޭސް ބަންދުވާ ވައްތަރުގެ ގޭސް ސިލިންޑް ހުރޭ މިކަ މަށް ސަމާލުވެ މީގަންނަންވީ

The name is already taken The name is available. Register?

ބިސްމީހާ

06 January 2021

މިހާރަކަށް އައިސް ވަރަށް ގިނަ ގޭސްފުޅި ގެންނަ ފަހުންވެސް ގުޅައިގެން ބަދަލުކުރަންޖެހޭ. ލިބެން ހުންނަ ރެގިއުލޭޓަރުތަކާ ގޭސްފުޅިއާ ދިމާނުވޭ ބައެއް ފަހަރު. އަހަންނަކަށް ނޭގެ މި ވާގޮތަށް. ދެތިން މީހުމް މަރުވީމަ ނޫނީ ސަރުކާރުން މިކަމަކާ އުޅޭނެހެނެއް ހިއެއް ނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454