ތ.ވޭމަންޑޫގެ އަތިރި މަތި. އެރަށުގެ ނަރުދަމާގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފި
06 ޖެނުއަރީ 2021 - 21:38
ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ އެންމެ ފަހުގެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.
ނަރުދަމާގެ އެންމެ ފަހުގެ މަސައްކަތްތައް ފެށުމަށްޓަކަައި ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައިވެރިވެވަޑައިގަތެވެ.
ވޭމަންޑޫގެ ނަރުދަމާ މަޝްރޫޢުއަކީ މީގެ ކުރިން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ މަސައްކަތް 2018 ފެށީ އެލްއީ ޓްރިވެނީ ޖޭވީއާ ހަވާލުކޮށްގެންނެވެ. އެހެން ނަމަވެސް ދެ އަހަރަށް ފަހު ވެސް މަސައްކަތް ނިންމޭގޮތް ނުވުމުން ސަރުކާރުން އެމްޑަބްލިޔުއެސްސީ އާ އެ މަސައްކަތް ހަވާލު ކުރި އެވެ. އެ ކުންފުންޏާ ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ގަ އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯކް ގާއިމްކުރުމާއި، 98 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެއް ސީ އައުޓް ފޯލް ގާއިމްކުރުމާއި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މީގެ އިތުރުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއުގެ މުއްދަތަކީ ހަތަރު މަސް ދުވަހެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސޫ
07 January 2021
ނަރުދަމާ ގެ ނިޒާމު ގާއިމުކޮށްފަ ބީޗްތަކާއި ރަށް ސާފުކޮށްފަ ލޭންޑް ސްކޭޕެއް ހެދުމުން މިއިން ކޮންމެ ރަށަކީ ރިސޯޓެކެވެ. އެއްވެސް ސަރުކާރަކުން ރަށްތަކުގެ ރައްޔިތުންނަށް މިވަރުވެސް ކޮށްނުދެވެއެވެ.