ވިޔަފާރި / ޓޫރިޒަމް

ދެކުނުގެ ޓޫރިޒަމް ފެންނަނީ "ރާސްލާފައި ކުރިއަށް ދާނެތަން": ޑރ. މައުސޫމް

ޝައްގުރިއްލާ ވިލިނގިލި: ކޮވިޑްގެ ތެރޭގައި ރިސޯޓް ބަންދުކުރި ގޮތަށް އަދި ނުހުޅުވާ

ރާއްޖޭގެ ވަކި ސަރަހައްދެއްގެ ޓޫރިޒަމް "ރާސްލާފައި ކުރިއަށް ދާނެ ތަން" ޓޫރިޒަމް މިނިސްޓަރަށް ފެނިވަޑައިގަންނަވާ ނަމަ، އެއީ ކުރިމަގުގެ އާދައިގެ ހާސިލްވުމަކަށް ވެދާނެ ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވާ ގޮތުގައި އައްޑު އާއި އެންމެ ދެކުނުގެ ޓޫރިޒަމް އޭނާއަށް ފެނިވަޑައިގަންނަވަނީ "ރާސްލާފައި ކުރިއަށް ދާނެ ތަނެ"ވެ.

އޭނާގެ މި ވާހަކަ އައީ، މިދިއަ އާދިއްތަ އާއި ހޯމަދުވަހު އައްޑު އަށް ކުރެއްވި ދަތުރާ ވެސް ގުޅިގެންނެވެ. މި ދަތުރުގައި މީދޫގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ހުޅުއްވައި ދެއްވި އެވެ. އަދި އައްޑޫގައި އިނގިރޭސިން އުޅުނު އިރު ގަމަށް ތެޔޮ ސަޕްލައިކުރަން ބޭނުންކުރި "ބްރިޓިޝް ލޯޔަލްޓީ" ޓޭންކަރު ފެތިގެން އުފެދުނު ޑައިވިން ރެކަށް 75 އަހަރު ފުރުން ވެސް ފާހަގަކުރެއްވި އެވެ. ދެވަނަަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ހަމަލާއެއްގައި އެ ބޯޓު ފެތި، މޫދު އަޑީގެ ދިރުންތައް އޭގައި އުފެދި މިހާރު އެއީ ހިތްގައިމު ޑައިވިން ސަރަހައްދެކެވެ.

މީދޫ ފަދަ ތާރީހީ ރަށެއްގައި ހުރި ޓޫރިޒަމަށް އެކަށީގެންވާ މަންޒަރުތަކާއި އައްޑޫގެ ކަނޑު އަޑީގެ ރީތިކަމާއި އައްޑޫ ރައްޔިތުންގެ ކިބާގައި ހުރި ޓޫރިޒަމްއާ ރަހުމަތްތެރި ހުނަރާއި އާދަތަކަކީ، މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި، އެ ސިޓީގެ ޓޫރިޒަމްގެ ކުރިމަގަށް ލިބޭ އެޑްވާންޓޭޖްތަކެވެ.

ޑރ. މައުސޫމް ވިދާޅުވީ ގަމަކީ އެންމެ ދެކުނުގެ މައި ވައިގެ ބަނދަރަށް ހަދާފައި، ހުވަދު އަތޮޅުގައި ޓޫރިޒަމްގެ ގިނަ ރިސޯޓްތަކެއް ތަރައްގީވުމުން އެ އޮތީ ރާއްޖޭގެ އެންމެ ދެކުނުގެ ޓޫރިޒަމް ފައްކާވެފައި ކަމަށެވެ. ސަރުކާރުގެ ޕްލޭނަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ހިސާބުގައި ހައެއްކަ ހާސް އެނދު އުފެއްދުމެވެ.

"އައްޑޫ ސިޓީ އާއި ސަދަން ޒޯނަކީ ޓޫރިޒަމް ރާސްލާފައި ކުރިއަރައިގެން ދާނެ ތަނެއް،" ކުރިމަގުގެ ހުވަފެންތަކާ މެދު ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑު އަަމިއްލައަށް ހައިރާންވާހާ ބޮޑަށް އައްޑޫ ސިޓީ ކުރިއަރައިގެން ހިނގައިދާނެ. އަޅުގަނޑަށް ގަބޫލުކުރެވޭ."

އެކަމަކު މިހާރު އައްޑޫ އޮތީ އެފަދަ އުފާވެރިކަމެއްގެ ތެރެއަކު ނޫނެވެ. މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ޝަންގުރިއް ލާ ވިލިނގިލި، ކޮވިޑް ތެރޭގައި ބަންދުކުރި ގޮތަށް ހުޅުވޭނެ ދުވަހެއް ވިދާޅުވާން މިނިސްޓަރަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. މީގެ 12 އަހަރު ކުރިން އައްޑޫ ރައްޔިތުންނަށް ބޮޑު އުއްމީދެއް ގެނެސްދިން އެ އަތޮޅުގެ ފުރަތަމަ ރިސޯޓް، ހެރަތެރެ (މިހާރު ސިންގަޕޫރުގެ ކޭނަރީފް ރިސޯޓް) ވެސް އޮތީ ބަންދުކޮށްފަ އެވެ.

އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ޓޫރިސްޓުންގެ ބަޔަކކު ގޮވައިގެން އެއާޕޯޓްގެ ރެޕަކު ދަނީ: ރާއްޖޭގެ ޓޫރިޒަމް ދެން ފުޅާވާން އޮތީ އުތުރާއި ދެކުނުގެ ޓޫރިޒަމް ތަރައްގީކޮށްގެން --ފޮޓޯ: ނިޝާން އަލީ/މިހާރު

ޑރ. މައުސޫމް ވިދާޅުވީ އެ ދެ ރިސޯޓް ވީހާވެސް އަވަހަކަށް ހުޅުވޭތޯ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ދެ ރިސޯޓް ބަންދުކޮށްފައި ބޭއްވުމަކީ އޮޮޕްޝަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ދެ ރިސޯޓް ހުޅުވި، އައްޑޫގެ އެތައް ސަތޭކަ ބަޔަކު އަލުން ވަޒީފާއަށް ނުކުމެވޭނެ ވަކި ތާރީހެއް ސަރުކާރަކަށް ނޭނގެ އެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭނުން އެ ސަރަހައްދުގެ ޓޫރިޒަމަށް މިހާރު ވެސް ވަރަށް ފުޅާކޮށް ހިފޭކަމަށް ފެނެ އެވެ. އެގޮތުން ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން، ހުވަދު އަތޮޅުގެ ބައެއް ރިސޯޓްތަކަށް އައި މަހުޖަނުންގެ ޖެޓްތައް ޖެއްސީ ގަން އެއާޕޯޓަށެވެ.

ގުދުރަތީ ރީތިކަން ބޮޑު އަދި އެތައް ސަތޭކަ ރަށަކުން ގެތިފައި އޮތް ހުވަދު އަތޮޅުގެ ޓޫރިޒަމް ފުޅާކޮށް، އެންމެ ދެކުނުގެ ޓޫރިޒަމް "ރާސްލާފައި ކުރިއަށް ދާނީ"، ޑރ. މައުސޫމް ވިދާޅުވި ގޮތުގައި، އެވަރަށް އިންވެސްޓްމަންޓްތައް ގެނެވިގެންނެވެ. އެހެންކަމުން މިނިސްޓަރަށް ވެސް އަދި އެހެން މީހުންނަށް ވެސް، ސުވާލު އޮތީ އެކަން ކުރެވިދާނެކަމާ މެދުގަ އެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމްގައި މާލެ ސަރަހައްދުގެ ތޮއްޖެހުން ބޮޑުވަމުން ދާ އިރު، ރާއްޖޭގެ ޓޫރިޒަމް ދެން ފުޅާވާން އޮތީ އުތުރާއި ދެކުނުގައި އެނދު އިތުރުކޮށްގެންނެވެ. އަދި އެއީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު" ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން އެކި ސަރުކާރުތަކުން އެކި ކަންކަން ކުރަން އަބަދުވެސް ރާވަ އެވެ. ހެރަތެރެ ހުޅުވި ދުވަސްވަރު ޗާޓަރު ފްލައިޓްތައް ވެސް ބޭއްވި އެވެ. އެކަމަކު އަންނަ ޓޫރިސްޓުން މަދުވެ، އެވަރުގެ ވައިގެ ދަތުރުފަތުރެއް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި، މާ ގިނަ ދުވަހެއް ނުވެ ހުއްޓާލީ އެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި އެއާލައިންތަކާ އެކު ސަރުކާރުން މިހާރު ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެގޮތުން އައްޑު އާއި ހުވަދު އަތޮޅު އެއްކޮށްލައިގެން ޓޫރިސްޓުންނަށް ޕެޖޭކްތަކެއް ހެދިދާނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ކުރީގެ ތަޖުރިބާއަށް ބަލާއިރު އެއާލައިނަކުން ނުވަތަ އެއާލައިންތަކަކުން އެ ސަރަހައްދަށް ވައިގެ ދަތުރުތައް ފަށަން އޮތީ ކޮން އެޑްވާންޓޭޖެއްތޯ ދެންނެވުމުން، އޭނާ ވިދާޅުވީ ހުރިހާ ކަމެއް ވެސް ފުރިހަމަވާނީ "އެންމެ ވިޔަފާރި ލައިނެއް އޮތުމުގެ ބަދަލުގައި ވިޔަފާރީގެ ގިނަ ކަންކަން ހުރެގެން" ކަމަށެވެ.

"ކަންކަން ގިނަވާންވީ. މިސާލަކަށް 6،000 އެނދު. އޭރުން އެންމެ އެއާލައިނެއް ނޫން، އެންމެ ރިސޯޓެއް ނޫން ލިބެން އޮންނާނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެންމެ ރިސޯޓެއް ބަންދުކޮށްގެން އޭރަކުން އައްޑޫ [ނުވަތަ ދެކުނު]ގެ ޓޫރިޒަމް ފުނޑައިގެންނެއް ނުދާނެ."

އުއްމީދުތައް ކިތައްމެ މައްޗަސް، މިނިސްޓަރުގެ މި ވާހަކަތަކަށް އަމަލީ ސިފައެއް އައުމަކީ އަދި އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ހުވަދު އަތޮޅުގެ އެކި ހިސާބުގައި މިހާރު ވެސް ރިސޯޓްތައް ގިނަވެއްޖެ އެވެ. އައްޑު އާއި ފުވައްމުލަކުގައި ގެސްޓް ހައުސްތައް ވެސް އެބަ ގިނަވެ އެވެ. އަދި އިތުރު ރިސޯޓްތައް އަންނަނީ ހަދަމުންނެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި މި އަހަރުގެ ޓޫރިޒަމްގެ ފުރަތަމަ އިވެންޓް، ބްރިޓިޝް ލޯޔަލްޓީ ޝިޕް ރެކަށް 75 އަހަރު ފުރުމުގެ ހަނދާންތައް އާ ކުރަން ހަފުލާއެއް އައްޑޫގައި ބޭއްވީ އެ ސިޓީގެ އިސްނެގުމަށެވެ. އެމީހުންގެ އެ ޖޯޝާއި ފޯރި އާއި އުއްމީދު ވެސް ހުރި ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރާ އިރު އެ އުފާވެރިކަން އައްޑުއަށް އަންނާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، "ވަަރަށް މާނަ ފުންކޮށެ"ވެ.

25 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 2%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޯ / ލާމް

08 January 2021

ދެކުނުކުގެ ޓްއަރިޒަމް ފުޅާ ކުރެވެން އޮތީ ހުވަދޫގައި އަދި ލާމްގައި މިދެއަތޮޅުގައި ގިނައަދެދެއްގެ އެނދު ތަރައްގީ ކުރެވެން އެބައޮތް . ހުވަދޫ ގައި އިންޓަނޭޝަނަލް އެއަޕޯޓެއް ކާމިޔާބުކަމާއިކު ބޮޑު ފައިދާއެެއް ހިންގޭނެ ،

The name is already taken The name is available. Register?

ގުއިޓައްޕަން

08 January 2021

ދެކުނުގައިވިއަސް އުތުރުގައިވިއަސް ތަރައްގީވެވޭނީ އެކަމާއި އަމިއްލައަށް އުޅެވިގެން. މިވާނުވާ އިގޭވަރަށް އަމިއްލަބޮލުން ލޮލުން ވިސްނިގެން. މިގައުމާއި ގައުމުގެ މުދަލަކީ އެންމެގެން އެއްޗެކަން ގައިމުވެ އެހޯދަން އުޅެވިގެން. ތަރައްގީއަކީ މީހަކަށް ވޯޓުދީގެން މީހަކު ރަގަޅުވެގެން ދޭ ހަދިޔާއެއްނޫންކަން ކަށަވަރުވި ދުވަހަކުން. އެއްގޮތްނެތްނަމަ ގަދަކަމުން ވިއަސްތަރައްގީއަށް އަމަލީގޮތުން އުޅެވިގެން. މިއީ ތާރީހުން ފެންނަ ހަގީގަތް! ހަމަބުނީމަ ޗޫސްކިޔާފައެއްނުވާނެ ނޯ..

The name is already taken The name is available. Register?

އީލައި

07 January 2021

ދެކުނުގެ އަތޮޅުތަކަށް މިއޮއްހާދުވަހު ޓޫރިޒަމް ރަނގަޅު ނުވެފާ މިވަނީ އައްޑޫ އެއަރޕޯޓް ފުރިހަމަ ގޮތުގައި އިންޓަނޭޝަނަލް ތަނެއްހެން އޮޕަރޭޓް ނުކުރުމުން. އެގޮތައް އެކަން ބާއްވާފަ އޮތީ ހަމަ ގަސްތު، މާލޭ މީހުން ބޭނުމެއްނުވޭ ދެކުނުގެ އަތޮޅުތައް މުއްސަނދި ވާކަށް. މުއްސަނދިވެއްޖެއްޔާ އަނެއްކާވެސް ދިވެހިރާއްޖެއާ ވަކިވާން އުޅެފާނެތީ. އަސްލު ކުރަންވީ ކަމަކީ ހައްދުންމަތިން ފެށިގެން ދެކުނު އަތޮޅުތައް އިންޑިޕެންޑަންޓް ސްޓޭޓް އޮފް ސުވަދީވްއަށް ބަދަލުކުރަންވީ.

The name is already taken The name is available. Register?

ހުޅުމާލެ ، ސަލީމް

07 January 2021

ދެކުނު އިގްތިސާދީ މައިހަބަކަށްވާނީ ހުވަދޫ ، ހުވަދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއް އެޅުމަށް އެކި ސަރުކާތަކަށް ފޮރިން އިންވެސްޓަރުން ދަނީ އެދެމުން.އެއަޕޯޓް ވައިބަލްކުރުމަށް ގިނަ އަދަދެއްގެ އެނދު ޢިތުރު ކުރެވެން އެބައޮތް . އައްޑޫގައި ޓްއަރްޒަމްގެ ބަދަލުގައި ފެކްޓަރީތައް އެޅުން ރަގަނޅު، އައްޑު އަކީ މޯލްޑިވްސް ބްރޭންޑް ވިއްކޭނެ ތަނެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 January 2021

އާރުއޭއެފް ސިފައިން އައްޑޫގައި ޤާއިމްކޮށްފައިހުރި އިންފްރާންސްޓްރަކްޗާރ ގެތެރެއިން އުފުލާގެންދެވެންހުރިތަކެތި ޢަނީމާ މުދަލުގެގޮތުގައި ކ.އަތޮޅު މާލެއަށްގެންގޮސް އެތައް މިލިޔަންގެލަނުގެ ފިއުލްސްޓޯރޭޖާއި އިމާރާތްފަދަ އުފުލާނުގެންދެވޭތަކެތި (މިސްކިތްވެސް) ތަޅާ ސުންނާފަތިކޮށްފައި އިޤިރޭސިދައުލަތުން ގަމުގައި ފަތުރުވެރިކަން ފައްޓާންދިން 300 ލައްކަ ޕައުންޑު ބޭނުންކޮށްގެން ކ.އަތޮޅު މާލޭގައި ޓްއަރިޒަމް ފެއްޓިއިރު ބަކަރިކޮށްޓެއްފަދަ މާލެއޮތްގޮތް މައުސޫމަށް ނޭގެނީތޯ؟؟!

The name is already taken The name is available. Register?

ކިނބޫ

08 January 2021

"ބީޗް ރޯޑް" ގައި އުޅުނު ޒަމާނު ދީދީ އަށް މާލޭގެ ހާލަތު ފެނިފައި ހުންނާނީ . ބޮސްޓަން ވޭލަރ ތަކުގައި ސްކީ ކުރަން ޓުއަރިސްޓުން އުޅުނުތަނާއި މާލޭ މީހުން ބީޗް ކުރެސަންޓަށް ގޮސް އައިސް ކުރީމް ބޯލާ ކުއީން އޮފް ދަ ނައިޓް މަތީ ސައިބޯން ތިބޭ މަންޒަރުން ހިތް ހަލާކުވެ އަބަދު އިންފީރިއަރިޓީ ކޮންޕްލެކްސް އެއްގައި ތާށިވެފައި ހުރުމުގެ ބަދަލުގައި ހިތްވަރެއްލާފައި އައްޑޫ އަށް ގޮސް އެތާ ކުރެވޭނެ ޒާތު ކަމެއް ކުރަން އުޅުން ބުއްދިވެރި. ގަރމަންޓް ފެކްޓަރީ އޯކޭވާނެ.

The name is already taken The name is available. Register?

ޙަސަން.

07 January 2021

އޯކޭ

The name is already taken The name is available. Register?

ޢަހުމަދު / މާލެ

07 January 2021

ދެކުނުގައި ޓުއަރިޒަމް ފުޅާކުރެވެން އޮތީ ހުވަދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއްއޮވެގެން ޓްއަރިޒަމް އިތުރުން މަސްވެރިކަން ފުޅާކުރެވެން އޮތީވެސް ހުވަދޫގައި

The name is already taken The name is available. Register?

ޕލސ ޔުނައިޓެޑް

07 January 2021

އައްޑޫގެ ވަރަސް ގިނަ ބަޔަކު އެމްޑީޕީ ގެ ބޮޑެތި މީހުން ދައްކާ ވާހަކަ ޤަބޫލު ކުރާ ފަދައިން ހަމަ އެމީހުން ދައްކާ ވާހަކަ ޤަބޫލުކޮށް ހުވަދޫގައި އިންޓަރނޭޗަނަލް އެއަރޕޯޓެއް ހަދާނެ ކަމަސް ހުވަދޫ ބައެއް މީހުން ވެސް އެބަހީކުރޭ. ތިއީ މޮޔަ ހީއެއް. މާލޭ މީހުންގެ ޙަޤީގީ ބޭނުމަކީ 2 ބުޅަލުގެ ހަނޤުރާމަ ފަދަ ހައިޖާނު ގަނޑެއް އައްޑުއާއި ހުވަދޫ މީހުންގެ މެދުގައި އުފެއްދުން.

The name is already taken The name is available. Register?

ފަތުރުވެރި ސިނާއަތް

07 January 2021

ހައްދުއްމައްޗާއި ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ފައްކާނުވަނީސް އައްޑޫ އާއި ފުވަށްމުލަކުގައި ފަތުރުވެރިކަން ފައްކާކުރުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއްނޫނެވެ. އިންސާނީ ހަޟާރަތް ދުވަހަކުވެސް ދައްކާފައިނުވާ މަގަކުން ފަތުރުވެރިކަން އާބާދުކުރަން އުޅުނަސް އެކަމެއް އެހާފަސޭހަކޮށެއް ނުވާނެއެވެ. ފަތުރުވެރިކަމަކީ ފެތުރެމުން އާބާދުވަމުންދާ ދިރުންހުރި ސިނާއަތެކެވެ.

The name is already taken The name is available. Register?

އެހެންތަ ؟

07 January 2021

ބަލަ އަހަރުމެން އައްޑޫ މީހުންގެ މައްސަލައެއްނެތޭ ގަން އެއަރޕޮޓް ޓެނިސްކުޅޭ ޓެނިސްކޯޓަކަށް ހަދާފައި ހުވަދޫގައި އެއަރޕޯޓެއް އަޅައިގެން މިސަރަޙައްދަށް ފަތުރު ވެރިކަން ގެންނާން. ކ. އަތޮޅު މާލެ އަށް ވަޒީފާ އަށް ދިއުމަށް ވުރެން އަހަރުމެނަށް ފަސޭހަ ހުވަދޫ އަތޮޅަށް ގޮސްތިވެން. އެކަމަކު ކުޑަކޮށް ވިސްނާލައިފި ނަމަ ހުވަދޫގައި އެއަރޕޯޓެއް އަޅާނަމޭ ކިޔައިގެން މާލޭ މީހުން އެދައްކާ ވާހަކަ އަކީ ބިލާހެއްކަން އިގޭނެ.

The name is already taken The name is available. Register?

ރަޔާން

07 January 2021

ތިކަހަލަ ކިތައް ރާސް ލައިފި؟ ތީ އާވާހަކައެއްނޫން. ދެރަކަމަކީ ކޮންމއ 5 އަހަރަކުން 5 އަހަރަކުން ސަރުކާރުތަކުން ދޮގުތައް ހަދާ ގުނބޯ ހައްދާއިރުވެސް ތިވާހަކަތައް ގަބޫލު ކުރާ މީހުން ގިނަކަން. މިތާގަ އޮންނަނީ ތެދު ދޮގު ބެލުމަށްވުރެން އެ ވާހަކަ ދެއްކީ ކާކުތޯ ބެލުން. ތިމަންނަގެ ޕާރޓީ ވީމަ ގަބޫލު ކޮށްގެން އަތްޖަހާލަނީ.

The name is already taken The name is available. Register?

ޢާދަނުބެ

07 January 2021

ޢުތުރުގަ ހދ ގަ އެންމެ ރިސޯޓެއް ހުޅުވާ ނުލެވުނު.ހދ އަތޮޅުގެ ރައީތުންނަށް ޓޫރިޒަމްގެ ފައިދާ ކުރާނެ ދުވަހެތް ބުނާކަށްވެސް ނޭނގެ ހދއަތޮޅު މަޖިލީސް މެންބަރުންވެސް ކަނޑަނީ ހުސްފޮނި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454