ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
13 ޖެނުއަރީ 2021 - 14:40
މާލޭގެ ރައްޔިތުން ނިކަމެތިވިޔަ ނުދޭނެ ކަމުގެ ޔަގީންކަމާއެކު، އޭނާ އަށް އިތުބާރުކުރުމަށް، އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.
އެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އޭނާ މޭޔަރަކަށް އިންތިޚާބު ކޮށްފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުތަކާއި އުއްމީދުތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު މާލޭގެ މޭޔަރު ކަމަށް ހޮއްވަވައިފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުގައި މާލޭގެ ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދިނުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކެނޑިނޭޅި ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެމޭ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މާލޭގެ ކަންކަން ހުރީ ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ކަންކަން ހުރި ގޮތަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރުވާއިރު، އެ ސަރުކާރުގެ ވިސްނުމާ މެދު ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ތިބީ ބިކަހާލުގައި ޖެހިފައި ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް ގައުމުގެ ކަންކަން ދަނީ ގޯހަށް ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، މި ސަރުކާރަށް މިވީ މުއްދަތުގައި ފެންނަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޔާމީން ސަރުކާރުން އެޅި ފްލެޓުތަކެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން އެ ތަންތަން ދީފައިވަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިޔަސް އެ އެންމެން މިހާރު ތިބީ ނިކަމެތިވެފައި ކަމަށް ވިދާޅުވި އެވެ.
ފްލެޓު އަތުލި މީހުންގެ ތެރޭގައި، ޑިއުޓީ ބަހައިގެން ނިދާ ގޭގެ މީހުން ވެސް އުޅޭ ކަން ފާހަގަކުރެއްވި އެވެ.
"މިއީ ކޮންފަދަ ސަރުކާރެއް ބާއޭ އަޅުގަނޑު ހިތަށް އަރާ. ހަގީގަތުގައި ވެސް އަޅުގަނޑު ހިތަށް އަރާ ހާދަ އަނިޔާވެރި ސަަރުކާރޭ... ކޮބައިބާ އެ ރައްޔިތުން ކުރި ކުށަކީ؟،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރަށްވި މުއްދަތަކީ ޔާމީންގެ ސަރުކާރުން އެޅި ފްލެޓުތަކަށް ވުރެ ގިނަ ފްލެޓް އެޅޭނެ ވަގުތު ކަމަށާއި އެކަމަކު ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ވެސް ކޮށްދިން ކަންތައް ދެއްކުމަށް އެދިވަޑައިގެން، ފްލެޓުތައް ވަގުތުން ދިނުމަށް އޭނާ ގޮވައިލެއްވި އެވެ. މުއިއްޒު ވިދާޅުވީ އެހާ ނިކަމެތިކޮށް އުޅޭ ބައެއްގެ ފްލެޓުތައް ފޭރިގަތުމުގެ އެއްވެސް ހައްގެއް މި ސަރުކާރަކަށް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން އެކަން ކޮށްފައި ވަނީ ވަރަށް އިންސާފުވެރިކަމާއެކު. މި ސަރުކާރުން އެގޮތަށް އަތުލަމުން ދާ ދިއުމަކީ އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންގެ ތާއީދާ އެކީގައި މާލޭގެ މޭޔަރުކަމަށް ހޮވައިފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ގެއަށް ނުވަދެ ކޮށްދޭނަމޭ ފްލެޓުތައް އެ ފަރާތްތަކާ ހަވާލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތް ވާތީ ތަފާތެއް ނުކުރާނެ ކަމަށެވެ. އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްނާ
14 January 2021
އިހްސާންތެރިކަމުގެ ބަދަލުދޭންވާނީ، އިހްސާންތެރިކޮށް، ދީނުގައިވެސް ވަނީ އެގޮތަށް. މަނިކުފާނަށް އަހަރެން ތާއީދުކުރަން. މާތްﷲ މަނިކުފާނު ހިޔޮރަޙްމަތުގައި ލައްވާށިއެ.
ޖަލީލު
14 January 2021
ޢަހަރުމެން މާލޭ ރައްޔިތުންނަކީ ރަންބިސް އަޅާ ކުކުޅުގެ ވެރިން. މާލޭގެ ކޮންމެ ރަށްވެއްސެއްގެ ބޮޑު ގޯއްޗެއް އޮންނާނެ. ކާފަގެ ގޯތި 12 ދަރިންނަށް ބަހާލީމަ އެވަރުގެ ދެ ގޯތި ކޮންމެ ދަރިއަކަށް. މާލޭގެ ރައްޔިތުން ނިކަމެތިކޮށްލެވޭނެ ގޮތެއް އޮންނާނެތަ؟
ސިޓިޒަން އޮފް މާލެ
14 January 2021
މުއީޒު ހައުސިންގް މިނިސްޓަރު ކަމުގައި ހުރެގެން އެކުލަވާލި، ހުޅުމާލެ ދެވަނަ ފިޔަވަހިން، ފްލެޓް ލިބޭ މީހުންގެ ލިސްޓް ހާމަކުރިނުކުރީ ކީއްވެ؟ މާލެ ރައްޔިތުން އިތުބާރެއް ނުކުރާނެ!
އަލީރާޖާ
14 January 2021
ބަލަ ދެ ދައުރު ނިމެންދެން ހައުސިންގް މިނިސްޓަރުކަމުގައި ހުރި މީހެއް. އޭރު ކުރި ހުރިހާ ކަމެއް އޮތީ ދެފަހަރު ކުރަންޖެހިފަ.
އަރުތަ
14 January 2021
ވަކި މުއިއްޒުއެއް ނޫން، ކޮންމެ މީހަކުވެސް ތިކަހަލަ ބަނދިވަރެއް ދަމާނެ ރައްޔިތުން ފުށުން ކަމެއް ބޭނުންވެގެން އުޅޭއިރު، ރައްޔިތުން ޅޮސް އުނދޯއްޔަށް ލައިގެން ޑާންޑޫން ވެސްކިޔާނެ، އެކަމަކު.....ކުރުކޮށްލާނަން، ތިސިޔާސީ މީހުންގެ ފަރާތުން މިހާތަނަށް ރައްޔިތުން ކޮށްފަވަނީ ހިތި ތަޖުރިބާއެއް.
އަލްޖިބްރާ
13 January 2021
ކަލޭގެ ބޭނުމަކީ މިސަރުކާރަށް ޖެއްސުންކޮށް ޔާމީނު މިރާއްޖޭގެ ވެރިކަމަށް ސަވާރު ކުރުން ! ކަލޭ އެމަސައްކަތް ކުރާނެ ! ކަލެއަކީ އަނިޔާވެރި ވެރިއެއްގެ އަނިޔާވެރިއެއް !
ދޯރި
13 January 2021
މުއިއްޒު ނޫން މީހަކު ބުނިއެއްޗެއްނަމަ ގަބޫލު ކުރެވިދާނެއެވެ.
1234
13 January 2021
ކަލޭގެ ވެރިކަމުގައި ސިޓީ ކައުންސިލައް ޖެއްސިހާލު ހަދާންވޭތަ ؟ހަދާން އެބަހުރިތަ ރައްރަށުން ގޯތި ހޯދަން އިންޖީނުގެއިން ފޯމް ދޫކުރަން ހަވާލުކުރިކަން
ބަޑީ
13 January 2021
ސަރުކާރުން ކޮށްނުދިންކަމެއް ކައުންސިލަރަކަށް ކުރެވޭނީ ކިހިނެއްބާ؟
މުޖުކެސެޓީ
13 January 2021
ޕީޕީއެމް މީހުން މުއިއްޒުލައްވާ ޖޯކުހައްދަނީ. މުއިއްޒައްވެސް އެނގޭނެ ނުހޮވޭނެކަން..
ހައުސްމެއް
13 January 2021
ޗާންދަނީ މަގު ކޮޅުން ޖުމްހޫރީމައިދާނު ކުރިމަތިން މަގުގެ ގާނަގާ ގާފެތުރިވަރު ބަލާލާލީމަ އެނގޭނެ މިބޭފުޅާގެ ގާބިލްމިންވަރު..ބަޖެޓުން އެތަނަށްބޮޑުހަރަދުކުރި
އަރުތަ
14 January 2021
އެމްޓީސީސީ ފެރީޓާމިނަލް (މާލެ) ގަ މުއިއްޒު ބެހެއްޓި ކްލޮކްޓަވަރު ނުފެންނާތީ ވަރަށްގިނަ މީހުން ހޯދާ، އެމީހުނަށް ނޭގުނީ މުއިއްޒު އެ ކްލޮކްޓަވަރު ހެދީ ބިއްލޫރިންކަން.