ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް: އޭނާ ޖަލަށް ލާފައި ވަނީ 10 މަަސް ދުވަހަށް --ފޮޓޯ: މުހައްމަދު ޝަރުހާން
07 ނޮވެމްބަރ 2016 - 11:14
ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ނުދޭތީ އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ އާއިލާއިން އެ މައްސަލަ ހުށަހެޅީ ހޯމް މިނިސްޓްރީއަށާއި ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކަމަށެވެ. ނަމަވެސް އެ މުއައްސަސާތަކުން މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާއިލާއިން ހޯމް މިނިސްޓްރީއަށާއި އެޗްއާރުސީއެމަށް ފޮނުވި ސިޓީގައި އެދުނީ ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް މަހުލޫފް ގެންގޮސްގެން ފަރުވާ ކުރުމުގެ ހުއްދައަކަށެވެ. އަދި ޑޮކްޓަރަށް ދައްކަން ފަސޭހަ ތަނެއްގައި މަހްލޫފް ބަހައްޓައިދޭން ވެސް އާއިލާއިން އެދުނެވެ. އެޗްއާރުސީއެމަށް ހުށަހެޅީ މަހްލޫފަށް އެކަށީގެންވާ ފަރުވާއެއް ލިބެމުން ނުދާތީ އެ މައްސަލަ ބަލައި ދިނުމަށެވެ.
ނަޒޫ ވިދާޅުވީ މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ލަފާ ދިންތާ ހަފްތާއެއް ވިއިރު ވެސް އޭނާ ބޭރަށް ގެންދެވޭނެ އަލި މަގެއް ފެނިފައިނުވާ ކަމަށެވެ.
"ހަފްތާއެއް ވިއިރު އެއްވެސް ގޮތަކަށް މަހްލޫފަށް އަޅާނުލާތީ މައްސަލައަކީ. ޖަލުގައި ހުންނަ އިރު ސިއްހީ ގޮތުން މަހްލޫފަށް ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ ކަރެކްޝަންސުން ނަގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނަޒޫ ވިދާޅުވި ގޮތުގައި މަހުލޫފްގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އެހެންވެ، ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ ތަނެއްގައި ހުންނަން ޑޮކްޓަރުން ލަފާ ދީފައިވާތީ މަހްލޫފް މިހާރު ގެއަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ތިން މަސް ވީއިރު ވެސް، މަހްލޫފްގެ ބައްޔަށް އެކަށީގެންވާ ފަރުވާ ނުދޭތީ އާއިލާއިން ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ. މަހްލޫފާ ދޭތެރޭ އަމަލް ކުރަމުންދާ ގޮތް އާއިލާ އިން ކުރިން ވަނީ އެޗްއާރުސީއެމަށް ހުށަހަޅައިފަ އެވެ.
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވި އިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ. އެ ދެ ހުކުމް މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަާޒ
07 November 2016
މިސޮރު މީގެކުރިން މަގުމަތީގަކިތަންމެ ގިނަވަގުތުމުޒާހަރާ ކުރަން އުޅުނަކަސް އެއިރުއެލާޖިކްވެސްނުވޭ މީކޮންމެމީހަކުޖަލަންވަނީ ވަގުތުން ބަލިވީ ދެންއަޅެކީކޭބިނާނީ
މުހައްމާ ކަލޯ
07 November 2016
ޖަލަށްލާ ސިޔާސީ މީހުން ވަރަށް އަވަހަށް ބަލިވެގެން ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ދާންޖެހޭ. މިހެން ދިޔަ ނަޝީދު ވެސް އިގިރޭސި ވިލާތުންނޫނީ އޮޕަރޭޝަނެއް ނުކުރެވިގެން ދިޔައީ. ގޮސްފަ ހޯދީ ސިޔާސީ ހިމާޔަތް. އޮޕަރޭޝަނެއް ކުރިކަމެއް ނޭގޭ. ހަމަ ގައިމުގެސް ކުޑަ ގޮނޑީގަ ރޭސް ޖަހަނިކޮށް ނަގާފަ ހުރި ފޮޓޯއެއް ނޫސްތަކުގަ ޖެހި. ބުރަކށި ހަލާކުގެން އުޅޭ މީހަކަށް ނުކުރެވޭނެ ވަރުގެ ކަންކަން ހަމަ ބޭރަށް ދާއިރަށް ކުރެވޭ. ހީވަނީ ގައުމުން ބޭރުވީމަ އޮޓޯ އިން ބަލިވެސް ރަގަޅުވަނީހެން.
މެންޓަލިސްޓް
07 November 2016
ރަގަޅު ޖަލަށްލާ އެންމެންވެސް ބޭސްފަރުވާޔަށް ޖެހޭނެ ސިންގަޕޯރއަށް ފޮނުވަން ،ދެން ހުކުމުގެ ބާކީބައި ހޭދަކުރާނީ ރާއްޖޭންބޭރުގައި ،، ނާޒިމްވެސް މިހާރު އެހުރީ ސަރުކާރުން ރޭވުމެއްގެ ތެރޭގައި ޔޫކޭއަށް ބޭރުކޮއްފައި ، އޭނާގެ ޕާސްޕޯޓް ކެންސަލްކުރާކަށްވެސް ނުކެރުނު ،،، އަޑިނޭންގޭ ބޮޑެތި ގޭސްގަނޑުގަނޑު ހިނގަމުން މިދަނީ ،،،، އެގަހު ކޭލެއް މިގަހުކޭލެށް ވަކިނުވޭ ،،، ވަރަށް ސަލާމް
ނާނާ
07 November 2016
މަހީކުރީ މާ އަނގަ ބޮޑުވެގެން އުޅޭތީ މަހުލޫފު ބައްޔެއްވެސް ނުވާނެ ކަމަށް!