ސުއޫދު: އޭނާ މިހާރު ހުރީ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާކޮށްފައި
07 ނޮވެމްބަރ 2016 - 12:29
ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އިންޒާރު ދީފި އެވެ.
ކޯޓުތަކުގައި ވަކާލާތު ކުރުން ވަކި މުއްދަތެއް ނެތި ސުއޫދަށް މަނާކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓަށް އޭނާ ހާޒިރުކޮށް އިންޒާރު ދިނީ ސުއޫދު ކުރައްވާފައިވާ އެކި ޓްވީޓްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި އިންޒާރު ދިނުމުގެ އިތުރުން ނަސޭހަތް ދީ އަދި ބަޔާނެއް ނެގި ކަމަށް ވެސް ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އޭނާގެ ސަސްޕެންޝަނާ މެދު ވަކި އެއްޗެއް ނާންގަ އެވެ.
މީގެކުރިން ހައި ކޯޓުން ވެސް ވަނީ ސުއޫދު ހާޒިރުކޮށް، ބަޔާން ނަގައިފަ އެވެ.
ސުއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ކޯޓުތަކުގައި ވަކާލާތު ކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
08 November 2016
އެންމެ އަދުލުވެރި ހަލީފާ އުމަރުގެ ފާނުގެ ހުރުމަތްވެސް ނުކެޑޭއިރު އަދި މީހަކު ބަހެއްބުނެގެން އަދުލުގެ ކޯޓުގައި ހުރުމަތް ކެނޑިދާނެތޯ؟ އިންސާފުން ކަންކަން ނުދާނަމަ ރައްޔިތުން ބަސްބުނަންވާނެ އުމަރުގެ ދަރުބާރުގައިވެސް ރައްޔިތުން ބަސްބުނި ފަދައިން، ރައްޔިތުންގެ ފަޅި ބޮޑީ!
އެމްސް
08 November 2016
ބޮޑެތި ގޭންގް ސްޓާރުންނަށް މިގޮތަށް އިންޒާރު ނުދެނީ ކީއްވެ ބާ؟
ހައިރާންވޭ
07 November 2016
މަސްމާރުކޭޓުން މިސާލު ނަގައި ދައްކޮށްލަނީ ކީއްވެބާ. މަސްމާރުކޭޓަކީ އެތަނަކުން ރައްޔިތުންނަށް އެންމެ ފައިދާހުރި މަސައްކަތެއްކުރާ އެއްތަން. އެންމެބޮޑު ފައިދާއެއްލިބޭ އެއްތަން. އެތަނަކާްއި ނުލައި ނުއުޅެވޭނެތަން. ކޯޓަކާއި ނުލައި ދިވެހިން އުޅެފައި އެބަހުރި، ކަނޑުމަހާއި ނުލައި އުޅުނު ހުރިމީހަކު ނެތް އެތާރީހެއްވެސް ނެތް.
މިހާރު
07 November 2016
މިރާއްޖޭގައި އިންސާފު ގެނެވޭނީީ ވޯޓްލެވޭއިރުން. ވޯޓުން އިންސާފް ނެރޭނީ
ހަވީރު
08 November 2016
ފުރުޞަތު ލިބޭނެބާ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނަށް؟ ފެންނަނީ ގަދަބާރުން އިންސާފު ހޯދާ ސަރުކާރެއްް. ވޯޓައް އެހެން ނުވާނެބާ؟
މުހުއްމާ
07 November 2016
ތިޔަ ފަނޑިޔާރުންނަށް ޖަވާބުދާރީވާން ޖެހޭ ދުވަސް ﷲ އިރާދަ ކުރއްވިއްޔާ ދެން މާދުރަކުނުން އޮތީއަކީ.
މާލިމީ
07 November 2016
ސައޫދު ހީކުރަނީ ސުޕްރީމް ކޯޓަކީ މަސްމާރުކޭޓް ކަމަށްދޯ؟
އަލީ
07 November 2016
މާލިމީ ހީކުރީ އެއީ މަސްމާރުކޭޓެއް ނޫންކަމަށް ދޯ.
ައިދުރީސް
08 November 2016
މާލިމީ އެއީ މަސްމާރުކޭޓެއްނޫނޭ ދަރުމާރުކޭޓް. ކުދިދަރު ބޮޑުކޮށްފަޅާފަ ބޮޑެތިދަރު ކުދިކޮށްފަޅާ މާރުކޭޓެއްއެއީ. ލޮލް
އިސްމާޢީލް
07 November 2016
ސުޕްރީކމް ކޯޓަށް ވަކީލުންނަން ހުއްދަ ދިނުމުގެ ބޭނުމަކީ މިއީތާ... އަސްލު ހަޤީޤަތަށް ބުނަންޏާއި ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމަށްޓަކައި ވަކި ޤާނޫނެއްގެ ދަށުން މުވައްސަސާއެއް އުފައްދަަށް ފެނޭ... ވަޚިލުންނަކީ ޖުޑިޝަރީގެ ބައެއް ނޫން..
ޖހ
07 November 2016
އޮނަރަބްލް އަލްއުސްތާޛް އަލީހަމީދަށް އެއްވެސް ކަހަލަ އިންޒާރެއް ދެއްވިތޯ، ފާޑެއްގެ މައްސަލައެއް ތަހުގީގުކޮށް ކޮޅު ކޮޅަށް ދެމި ނޫންތޯ؟ އެމައްސަލަ ނިމުނީ ކިހިނެއްތޯ؟
އަލިދީދީއައްޑޫސިޓީ
07 November 2016
ރާއްޖޭގައި މިހާރު މިހިނގަނީ މިލިޓަރީ ޖުޑީޝަލް ޑިކްޓޭޓަރޝިޕެއްތޯ ވަރަށް ގިނަފަރާތްތަކުން ސުވާލުއުފައްދާ! އޭގެ ޖަވާބު ދެއްވަން ކިއުންތެރިންނަށް ދޫކޮށްލާނަން.
އަހުމަދު
07 November 2016
ރައްޔިތުން ގެ މަޖްލީހަށް ވުރެ ކޯތް މަތީގައެވެ. ވެރިކަން ކުރަން ބޭނުންވަނީ ކޯޓެކެވެ.