20 ޖެނުއަރީ 2021 - 10:05
ޕޫނޭ، އިންޑިއާ/ނިއު ދިއްލީ (ރޮއިޓާސް) - ކޮރޯނާވައިރަހުގެ ބޮޑު ބަލިމަޑުކަމުން އަަރައިގަތުމަށް މުޅި ދުނިޔެ ގުޅިގެން ފަށާފައިވާ ވަރުގަދަ މަސައްކަތަށް އިންޑިއާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ގައުމަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ގައުމެވެ. އެހެންވެ އިންޑިއާގެ ބޭސްއުފެއްދުމުގެ އިންޑަސްޓްރީން އަންނަނީ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްމަންޓްތައް ވެސް އިތުރުކުރަމުންނެވެ. ވެކްސިން އުފެއްދުމުގެ އޯޑަރުތައް ނުލިބޭ ބައެއް ކުންފުނިތައް ވެސް ތިބީ މަސައްކަތް ފަށަން ތައްޔާރަށެވެ.
މުޅި ދުނިޔޭގައި ދެމުން އަންނަ ވެކްސިންތަކުގެ 60 ޕަސެންޓް އުފައްދަަނީ އިންޑިއާގަ އެވެ. ކޮވިޑުން ދިފާއުވުމަށް މިހާތަނަށް ހޯދާފައިވާ އަގުހެޔޮ އަށް ވެކްސިނެއް އުފައްދަން އިންޑިއާގެ ކުންފުނިތައް ވަނީ ތައްޔާރު ވެފަ އެވެ. އިނގިރޭސިވިލާތުގެ ކުންފުނި، އެސްޓްރަޒެނެކާއިން ހޯދާފައިވާ ކޮވިޝީލްޑް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެސްޓްރެޒެނެކާ އިން ބުނަމުން އަންނަ ގޮތުގައި އެއީ ދުނިޔޭގެ އެންމެންނަށް އޮތް ވެކްސިނެކެވެ.
"ގިނަ ގައުމުތަކެއްގައި ގިނަ ވެކްސިންތަކެއް އުފައްދާ. އެކަމަކު ހުރިހާ ގައުމެއްގެ ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ވެކްސިން އުފެއްދުމުގެ ގާބިލުކަން ލިބިފައި ވަނީ އެންމެ ގައުމަކަށް، އެއީ އިންޑިއާ،" އިންޑިއާގައި ވެކްސިން އުފައްދާ ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު އޮސްޓްރޭލިއާ ސަފީރު ބެރީ އޮފަރެލް ރޮއިޓާސް އަށް ވިދާޅުވި އެވެ.
ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކާރުޚާނާ ހިންގާ ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް ވަނީ ކޮވިޝީލްޑްގެ 50 މިލިޔަން ޑޯޒް އުފައްދައިފަ އެވެ. އެކަމަކު އެ ވެކްސިނަށް އިނގިރޭސިވިލާތާއި އިންޑިއާގައި ވެސް އަދި ދީފައި އޮތީ ކުއްލި ހާލަތުގައި ބޭނުންކުރުމުގެ ހުއްދައެކެވެ.
އެސްއައިއައި އިން ރާވާފައި ވަނީ އަންނަ ޖުލައި މަހާ ހަމައަށް 400 މިލިޔަން ޑޯޒް އުފެއްދުމާ އެކު އަހަރަކު ގާތްގަނޑަކަަށް އެއް ބިލިޔަން ޑޯޒް އުފެއްދޭ ވަރަށް ގާބިލުކަން އިތުރުކުރުމަށެެވެ.
ބޭސް ބަންދުކުރާ ކުންފުނި ސްކޮޓް ކައިޝާ އިން ތައްޔާރުވަމުން އަންނަނީ ވެކްސިން ބަންދުކުރާނެ ވައިލްތައް އިތުރަށް އުފެއްދުމަށެވެ. އަދި ޑީއެޗްއެލް އިން ތައްޔާރުވަމުން އަންނަނީ އިންޑިއާއައި އެހެން ގައުުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށެވެ.
"އިންޑިއާ އިން އުފައްދައިގެން ނެރޭ ވެކްސިންގެ އަދަދު ގިނަކަމާއި އެއީ އަތްފޯރާ އަގެއްގައި އުފައްދާ ވެކްސިން ކަމަށް ވާތީ މި ބަލިމަޑުކަން ނިމުމަކަށްް ގެންނަން އިންޑިއާއަށް ވުރެ ވަކިން ބޮޑަށް ބައިވެރިވުން ދޭނެ އެހެން ގައުމެއް ނެތް،" ޕޫނޭގައި ހުންނަ އެސްއައިއައިގެ ކެމްޕަހުގައި ހުންނަވައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީއީއޯ އަދަރު ޕޫންވާލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޫނޭ ކެމްޕަހުގައިވާ އޮޓަަމޭޓެޑެޑް މެޝިންތަކުން ގަޑިއަކު އެތައް ހާސް ވައިލްގެ އެސްޓްރަޒެނެކާ ޝޮޓްސް ބަންދުކުރެވެ އެވެ.
ނަމަވެސް އިންޑިއާގައި މިވަގުތު އުފައްދާ ގިނަ ޑޯޒްތައް ބޭނުންކުރާނީ އެ ގައުމުގެ އެތެރޭގަ އެވެ. އެ ގައުމުގެ 10 މިލިޔަނަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. އެމެރިކާއަށް ފަަހު އެ ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކީ އިންޑިއާ އެވެ. އެހެންވެ އިންޑިއާ ސަރުކާރުން އިސްކަންދޭނީ އެ ގައުމުގެ 1.3 ބިލިޔަން މީހުންނަށް ބޭނުންވާ ވަރަށް ވެކްސިނުގެ ޑޯޒްތައް އުފެއްދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑި
21 January 2021
މުޅިދުނިޔޭގަވެސް ވެކްސިންއެއްހެދީ އިންޑިޔާއިންތަ
އަފުރާސިޔާބު
20 January 2021
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަށް ދިމާވެގެން އުޅޭ މައްސަލައަކީ އޭނާގެ ގައުމުން ޗައިނާއާ ޖައްސާލައިގެން އުޅޭތީ ގެރިމަސް އެތެރެކުރުން ޗައިނާ އިން ހުއްޓާލުމުން ދިމާވެގެން އުޅޭ ކަމެއް. ޗައިނާގައި ނެތް ކެޕޭސިޓީއެއް އިންޑިއާގައި ނުހުންނާނެ. ބޭސް އުފެއްދުމަށް ބޭނުންކުރާ ގިނަ ރޯމެޓީރިއަލްސް ޗައިނާ އިން އިންޑިއާ އަށް އެތެރެކުރަނީ. ހުޅަނގުގެ ވަރަށް ކަންބޮޑުވޭ ޗައިނާ ބާރުގަދަވަމުންދާތީ. 63 ޕަސެންޓް އެސްޓްރަޒެނެކާގެ ސަކްސަސް ރޭޝިއޯއަކީ.
ބަޑީ
21 January 2021
އަޅުގަޑު ކުޑަ ދިރާސާއެއް ކޮށްލިއިރު ފެންނަނީ ވަރަށް ތަފާތު މަންޒަރެއް!! އިންޑިޔާއިން %20، ޗައިނާއިން %1.5 ޖެނެރިކްމެޑިސިން ގްލޯބަލް މާރކެޓަށް ސަޕްލައިކުރާކަމަށް ދައްކަނީ، ދެން އިންޑިޔާ އެއީ "ވާރލްޑް ފާރމަސީ" ކަމަށްވެސް ވަރަށްގިނަ ބަޔަކު ލިޔެފަހުރި. ދެންކޮންމެޔަކަސް، އަޅުގަޑުމެންގެ ފާރމަސީތަކުން ނޫނީ ދުނިޔޭގެ ބަޔެއް އެހެން ޤައުމުތަކުގެ ފާމަސީތަކުންވެސް ޗައިނާ ބޭސް ލިބެންހުއްޓާ ވަރަށް ނުފެނޭ. ކީއްވެބާ؟
މޯދީ
20 January 2021
އިންޑިއާ އެކަނި ދޯ ވެކްސިނެއް ހަދައިގެން މިއުޅެނި! ބައެއްގެ ދަށުވެފަ ތިއްބަސް ބޮޑުވަރު ތޯއްޗެ!
ބަޑީ
21 January 2021
ދެން ތިބޭފުޅާ ޕފައިޒާ ނޫނީ މޮޑަރނާ ވެކްސިން ހޯދައިގެން ގެންނަންވީނުންތޯ؟ %100 އިންޕޯރޓަށާ ހިލޭ އެހީން ޤައުމުހިންގާއިރު، ކަނޑުގުރުވަނޫނީ ނުކާން ތިއްބާ.... ބައްލަވާލައްވައްޗޭ، ބޭސްސިޓީގެ ކިތައްބޭސްތޯ ޗައިނާބޭސް ނޫނީ އިންޑިޔާބޭސް ހުރީ. މިހާ ހިސާބަށް އައިއިރު ޗައިނާ ކިތައްބޭސް ފަރމަސީތަކުން ބައްލަވާގެންފިންތޯ؟
ބަލި ފެކްޓަރީ
20 January 2021
ޗައިނާ ތަންތަނުން ބޭސް އުފައްދުމުގެ ބަދަލުގަ މީހުން ސިއްހީގޮތުން ވަރުގަދަ ބަޔަކަށް ހަދަނީ. އިންޑިއާ އަކީ އެންމެ ބޭހުން ފައިދާ ހޯދާތަން. ވިސްނާލަންޖެހޭ ކަމެއް
ބަޑީ
21 January 2021
ހަމަ އެއުސޫލުން ކީއްވެބާ ލޯކޮލިޓީ ފަޑުއްކަ އުފެއްދުމުގެ ބަދަލުގާ، ޗައިނާއިން ޖަޕާން ނޫނީ ޖަރުމަނުގަ އުފައްދާފަދަ ކޮލިޓީ ގްޑްސް ނޫފައްދަނީ. ބޭހަކީވެސް ވަރަށްބޮޑު ވިޔަފާރިއެއް، ފަޑުއްކަ އުފައްދާ އުސޫލުން ބޭސް އުފެއްދިޔަކަސް އެންމެން ބަލަޔެއް ނުގަންނާނެ.
އަލީބަލީ
20 January 2021
ޗައިނާއިންވެސް ވެކްސިން ހަދައިފި. އެކަމަކު މަސައްކަތް ކުރަނީ %50.
އެހެ
20 January 2021
ޗައިނާއިން ނިކުތްކަމަށް ބުނާ ވައިރަސްއަކާ ހެދި އިންޑިއާއަށް ހާދަ ބޮޑު ފައިދާއެކޭ ވާން އެއުޅެނީ.
ލަންބޫ އެންޑް ޓިންކޫ
20 January 2021
އިންޑިޔާބޭބެއާ ނުލާ އަހަރެމެން އުޅޭނީ ކިހިނެއްހެއްޔެވެ؟
1828
20 January 2021
ޗައިނާ ކައިރީގައި އިންޑިއާ ޖެހޭނީ ފިރުކޭން. އިންޑިއާއަކަށް ޗައިނާއާއި އަރާ ހަމަ ކުރާނެ ފޮމިއުލާއެއް ނޯނާނެ.
ބަޑީ
20 January 2021
އެހެންވެ، މުޅި ދުނިޔެހެން، އަހަރުމެންވެސް މިތިބެނީ ޗައިނާއިން ތައްޔާރުކުރާ ވެކްސިންޖަހަން މަޑުކޮށްގެން، އިންޑިޔާތިބޭ ފިރުކޭން، އަހަރުމެން ބޭނުމެއްނުވާނެ ތިތަނުން އެކައްޗެއްވެސް،
ގުވަޔާމިން
20 January 2021
ޕީޕީ އެމް މީހުން ނުޖަހާނެ ތިޔަ ވެކްސިނެއް. އެބައި މިހޫން ތަބާވާ “ވަގުތު” އަދި “ދިޔަރެސް” ނޫހުގައި އޮންނަ ގޮތުން ވިއްޔާ އިންޑިއާ އަކީ ތިޔަވަރު ކުޅަދާނަ ކަމެއް ލިބިގެންވާ ގައުމެއް ނޫން.
ނުވާޔމިނ
20 January 2021
ދެން ކަލޭމެންނަށް މާ ރަގަޅެއްނު. އެ ވެކްސިންކޮޅުވެސް ކަލޭމެންނަކަށްނު ލިބޭނީ. އަވަހަށް ޖަހާލާ.
ބަޑީ
20 January 2021
އަހަރުމެން އަމިއްލައަށް އުފައްދާނީ، ތި އިންޑިޔާއަށް ބަރޯސާވާނީ ދުނިޔެދޯ، އަހަރުމެން ނުޖެހޭނެ އެހެންބަޔަކަށް ބަރޯސާވާކަށް، އެއަށްވުރެން އަހަރުމެންގެ އުފެއްދުންތެރިކަން މާވަރުގަދަވާނެ.