ޚަބަރު / ގޮވާތަކެތި

މުލިއާގެ ކައިރީ ބޭއްވީ ފޭކް އައިއީޑީއެއް ކަމަށް ބުނި: ވަކީލް

މުލިއާގެ ކައިރިން 2016 ވަނަ އަހަރު ފެނުނު އެތި. މިއީ އައިއީޑީއެއް ކަމަށް ދައުލަތުން ބުނި

މުލިއާގޭގެ ކައިރީގައި 2016 ވަނަ އަހަރު ބޭއްވީ ބޮމެއް ނޫން ކަމަށާއި އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް އެ މައްސަލައިގައި ޖަލަަށް ލާފައި ހުރި ތޮލްއަތު މުހައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު އަވަހާރަކޮށްލަން، ރިއާސީ ލޯންޗް "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު ސިފައިން މާލޭގެ އެކި ތަންތަނުން ވަނީ ގޮވާ އެއްޗެހި ކަމަށް ބެލެވޭ އެތައް އެއްޗެއް ނަގައިފަ އެވެ. އެ ކަންކަމާ ގުޅުވައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސިފައިންނާއި ފުލުހުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގި އެވެ. މި މުއްދަތުގެ ތެރޭ، ސީރިއަސް ތުހުމަތުތައް ކޮށް އެތައް ބަޔަކު ހައްޔަރުކޮށް އެތައް ތަނެއް ފާސް ވެސް ކުރި އެވެ.

މުލިއާގޭ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރީ މަތީގައި ގޮވާ އެއްޗެއް ބޭއްވިކަމުގެ ކުށް ސާބިތުވެގެން ޖަލަށް ލި މީހުންގެ ތެރެއިން ދެ މީހަކު ހައި ކޯޓުން ވަނީ 2018 ގައި މިނިވަން ކޮށްފަ އެވެ. އެކަމަކު ތޮލްއަތުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ.

ހައި ކޯޓުގެ އެ ނިންމުން ތޮލްއަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ މުލިއާގޭ ކައިރީގައި އޮތް ޕިކަޕެއްގެ ބެޓެރީ މަތީގައި އައިއީޑީއެއް ކަމަށް ބުނާ އެތި ބޭއްވި ކަމަށް އެ މައްސަލައިގައި ހިމެނޭ ދެ މީހަކު ކްރިމިނަލް ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު ހަމަ އެއާ އެކު އެއީ ހަގީގަތުގައި އައިއީޑީއެއް ނޫން ކަމަށް ވެސް އެމީހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭއްވި ކަމަށް ބުނުމާ އެކީގައި އެ މީހުން ބުނެފައި އެބަ ވޭ އެ ބޭއްވި އެއްޗަކީ ބޮމެއް ނޫނޭ. ކުޅޭކުޅޭ އެއްޗެކޭ،" އޭނާ ވިދާޅުވި އެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގައި ދަށު ކޯޓުން ބަލާފައި ވަނީ އެކްސްޕާޓް އޮޕީނިއަން އަށް ކަމަށާއި ނަމަވެސް އެގޮތަށް ކަނޑައެޅި ކަނޑައެޅުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަަމަށް މަހްފޫޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކްސްޕާޓް އޮޕީނިއަންގެ ގޮތުގައި ހުށަހެޅި ރިޕޯޓް ތައްޔާރުކުރި ފަރާތަކާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަމަށެވެ.

އެ ރިޕޯޓާ މެދު ވަކީލު ސުވާލު އުފެއްދެވީ އޭގައި ސޮއިކުރައްވާފައިވާ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް ރަޝީދު ހެކި ބަސް ދެއްވާފައިވާ ގޮތުންނެވެ. އިބްރާހީމް ރަަޝީދަކީ އެކްސްޕާޓް އޮޕީނިއަން ދެއްވޭ ފަދަ ބޭފުޅެއް ނޫން ކަމަށް ކްރިމިނިލް ކޯޓުގެ ޝަރީއަތުގައި އޭޕްރިލް 2016 ގައި އޭނާ އަމިއްލަަ އަށް ވިދާޅުވެފައިވާ ކަމަށް ވެސް މަހުފޫޒް ވިދާޅުވި އެވެ.

މުލިއާގޭ ކައިރީގައި ބާއްވާފައި އޮތް އެއްޗަކީ ބޮމެއް ނޫންކަން އެނގޭ ދެ ވަނަ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބޮން ނައްތާލި އިރު ކަން ހިނގި ގޮތާ ބެހޭ ގޮތުން ސިފައިން ދައްކާފައިވާ ވާހަކަ އާއި އެ މަސައްކަތުގެ ވީޑިއޯ އިން ފެންނަ ގޮތާ ތަފާތުވުމެވެ. އެ ނައްތާލި އިރު ވަރަށް ބޮޑު އަލިފާންގަނޑެއް މައްޗަށް އަރައިގެން ދިޔަ ކަމަށް ބުނި ނަމަވެސް ވީޑިއޯ އިން އެގޮތަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑު އެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ އައިއީޑީއާ މެދު ޝުބުހައެެއް ނުއުފެދޭ ކަމަށެވެ. އޭގައިވާ ބައިތައް ތޮލްއަތާއި އެ މައްސަލައިގައި ދައުވާ ލިބުނު ޒިހާން އަހުމަދު ދަށު ކޯޓަށް ދިން ބަޔާންތަކުގައި ކިޔައިދީފައިވާ ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި އެ މީހުންގެ ބަޔާންތަކުގައި ކިޔައިދިން ގޮތާއި އެމްއެންޑީއެފްގެ އެކްސްޕާޓް އޮޕީނިއަންއާ އެއްގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އައިއީޑީ ނައްތާލި އިރު ބޮޑު އަލިފާންގަނޑެއް އަރައިގެންދާތަން ވީޑިއޯއިން ނުފެންނަ ކަމަށް ތޮލްއަތުގެ ވަކީލު ވިދާޅުވި ނަމަވެސް އެ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށް ޕީޖީގެ ވަކީލު ވިދާޅުވި އެވެ.

ތޮލްއަތު އިސްތިއުނާފު ކުރި މައްސަލަ ބަލައްވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލެއްވީ ތޮލްއަތުގެ ވަކީލް މަހުފޫޒް ހަވާލާދެއްވި ބައެއް ލިޔެކިއުންތައް ކޯޓަށް ހުށަހެޅުމަށް އަންގަވައި، އެ ލިޔެކިއުންތައް، ލިބުމުން އެހެން އަޑު އެހުމެއް ތާވަލްކުރައްވާނެކަން އިއުލާނު ކުރެއްވުމަށް ފަހުގަ އެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަވިޔަނި.

20 January 2021

ގޮވާއެއްޗެއް ކަަމަށް ދައް ކައިގެން އެއްޗެއް ބޭއްވުމަ ކީވެސް މައްސަލައެއްދޯ؟ ގޮވުމާ ސިފައިން ބުނިވަރަށް އަލިފާންގަނޑުގެ ބޮޑުމިން ނެތުމާ މިއީ ކޮން ވާހަ ކައެއް ދީނަށާއި ޤައުމުގެ ޤާނޫނުތައް ޙިމާޔަތް ކޮށް ނަގަހައްޓަން ހުވާ ކޮށްގެން ތިބޭ ވަ ކީލުން ދައް ކަން؟ ކީ ކޭތަ މި ކިޔަނީ؟

The name is already taken The name is available. Register?

ކަނިވާ

20 January 2021

ތީ ފޭކް އެއްޗެއް ނަމަ، ކުޑަ ކުއްޖެއް އުރާލައިގެން ގެންގުޅޭ ގޮތަށް ބޮން ގެންގުޅެފައި އޭތި ޑިފިއުސް ކުރަން ސިފައިންނަށް ކެރޭނެ ބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454