ހުޅުމާލޭގައި ލާލޭ ސުކޫލް ހިންގި އިމާރާތް: މި ތަން އެހެން ބަޔަކަށް ވަނީ ދީފައި.-- ފޮޓޯ: ނިއުމަތުﷲ އިދުރީސް
07 ނޮވެމްބަރ 2016 - 21:48
ލާލޭ ސްކޫލު ކުރިން ހިންގި ފަރީދިއްޔާ ސްކޫލްގެ އިމާރާތް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނަށް ސަރުކާރުން ދިނީ 15 އަހަރަށް ކަން އެނގިއްޖެ އެވެ.
މި ސްކޫލު ހިންގުމަށް 15 އަހަރަށް ކޮލިޓޭޓަށް ދިން ނަމަވެސް، އެއްބަސްވުމުގައިވާ ގޮތުން 12 ވަނަ އަހަރު އެ ކުންފުނިން ހުޅުމާލޭގައި އާ ސްކޫލެއް އަޅަން ޖެހެ އެވެ.
ސަރުކާރުން ހިންގަމުން އައި ފަރީދިއްޔާ ސްކޫލު، މީގެ އަށް އަހަރު ކުރިން ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލަށް ވެސް ދިނީ ހުޅުމާލޭގައި އެހެން ސްކޫލެއް އިމާރާތް ކުރާ ގޮތަށެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އާ ކުރިއިރު ވެސް ލާލޭ ހިންގަމުން އައި ބިޒް އެޓޯލް އިން އެހެން ސްކޫލެއް އަޅާފައެއް ނުވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމަށް އެޑްރެސްކޮށް ގޭޓްވޭ ކޮލެޖުން ފޮނުވި ސިޓީއެއްގެ ކޮޕީ "މިހާރު" އަށް ލިބިފައި ވާއިރު، އެ ސިޓީގައި ބުނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ސްކޫލު ހިންގަން ކޮލިޓޭޓާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ތަން ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ކަމަށް ވެސް އެ ކޮލެޖުން ބުނެފައިވެ އެވެ.
ކޮލިޓޭޓުން ކުރިން ބުނެފައިވާ ގޮތުގައި އާ ސްކޫލުގެ ކިޔެވުން އަންނަ އަހަރުގެ ދިރާސީ އަހަރާ އެކު ފަށާނެ އެވެ. އަދި ފުރަތަމަ ދެ އަހަރު، ދަރިވަރުންގެ އަތުން ނަގާނީ މިހާރު ވެސް ނަގަމުން އަންނަ ފީ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ކޮލިޓޭޓް އެޑިއުކޭޝަނުން ހުށަހެޅި ބިޑުގައިވާ ގޮތުން އެ ތަނުން ހިންގާ ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ އަތުން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 2،833ރ. އެވެ. އަދި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފީގެ ގޮތުގައި 3،076ރ. ކަނޑައަޅާފައިވާއިރު، މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފީއަކީ 4،047ރ. އެވެ.
ލާލޭ ސްކޫލު ހިންގަމުން އައި ތުރުކީގެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވުމުން، ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ވެސް ބިޒް އެޓޯލުންނެވެ. ދެވަނަ އަށް އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.
އެކަމަކު ބިޑު ކާމިޔާބު ކުރެވޭނީ ފައިނޭންޝަލް ބިޑުގެ އިތުރުން ޓެކްނިކަލް ބިޑުން ވެސް އެންމެ މަތިން މާކްސް ހޯދާ ބަޔަކަށެވެ. ޓެކްނިކަލް ބިޑުގައި ހިމެނެނީ ސްކޫލު ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމުގެ އިތުރުން ސްކޫލު ހިންގުމަށް ޕްލޭންކޮށްފައިވާ ގޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯ
24 December 2016
ޑިގްރީ އެއްއޮތީމަ ނިމުނީދޯ އެވަރިހަމަ ކޮންމެ ގޮތަކައް ނެގިޔަސް ނުކިޔަވާ ވެސް ބޭނުމީ ސެޓްފިކޭޓް
މާހިރު
22 December 2016
ސާބަހޭ
ހުއްބުލްވަޠަން
09 November 2016
ބިޒް އެޓޯލްސްއަށް ވެސް ތި ތަނެއް ލިބުނު ގޮތެއް ބަލަން ވެއްޖެ އެއް ނު! ހަމަ ހުދު ފޮތި ކޮޅެއްބާ!
ރެެެ
08 November 2016
މިހާރުގެ މައްޗެއް އަބުރުގެ ދައުވާކޮށް އުވާލަން ކައިރިވަމުންދާހެން އެބަހީވޭ. ސޯޓާ ބެހުނަސް ކޯޓާ ބެހިއްޖިއްޔާ އެމީހެއްގެ ދުވަސް އެދިޔައީ.
ތުރުކީ
08 November 2016
ލާލޭ ހިންގަނީ ތުރުކީ ކުންފުންޏަކުން ނޫން..ބިޒް އެޓޯލްކިޔާ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންނެއް..އޭގެ ހިއްސާ ދާރުންނަކީ މިހާރު ލާލޭ ޕްރިންސިޕަލާއި، ނަދްވާ ޝަރަފުއްދީނާއި، އޭނާގެ ފިރި ޖަމީލު
ރިންޒީ
08 November 2016
ކީކޭ ދެން ބުނާނީ...މުޅި ގައުމުގައި ކޮރަޕްޝަން..ލާލޭ އަށް އެންމެ ކުޑައަގުގައި ބިޑްކުރި ފަރާތަށް ސްކޫލް ނުލިބެންވީ އެއްވެސް ސަބަބެއްނެތް...ބިޒް އެޓޯލްސް އެއީ 8 އަހަރު ވަންދެން ސްކޫލް ހިންގި ފަރާތް. ތަޖުރިބާވެސް ގައިމު ހުންނާނެ. އަޅުގަޑުގެ ދަރިފުޅު 5 އަހަރު މިވީ މިސްކޫލްގައި..އިސްލާމި ރިވެތި އާދަތަށް ދަސްވީ މި ސްކޫލުން...ދަރިފުޅުގެ އަހްލާގް ރަގަޅުވުމުގެ އެންމެ ބޮޑު އެއް ރޯލު އަދާކުރީ ލާޅޭ ސްކޫލްއިން...އެހެން ފަރާތަކަށް ސްކޫލް ދިނުމަށް އަޅުގަޑު ގަބޫލެއް ނޫން
ކީއްވެތަ
07 November 2016
ސްކޫލެއް ހިންގުމަށް ޓަކައި 15 އަހަރު ދުވަހުގެ މުއްދަތަކީ އެއީ ވަރަށް ކުޑަ މުއްދަތެކެވެ. މަދުވެގެން ދޭން ޖެހޭނެ 100 އަހަރު ބިމާއި އެކު. އެއިރަށް އެތަނަށް ރަނގަޅު އިންވެސްޓެއް ކުރެވޭނީ ވެސް އަދި ކުރާނީ ވެސް ބަޔަކު. މިސްކޫލް ހިންގަން ސިންގަޕޫރުގެ ޕޮލިޓެކްނިކް އަށް ހަވާލު ނުކުރަންވީ ކީއްވެގެންތޯއެވެ.
ފަލަކު
07 November 2016
100 އަހަރަށް ދީފައި އަދި އެކުންފުންޏަށް 100000 އަކަފޫޓްގެ ބިމެއްވެސް އެޕާޓްމަންޓް އަޅަން 100 އަހަރަށް ހިލޭ ދިނުން ފެނޭ. އެއީ ރައްޔިތުންނަށް އެކުންފުނިން ދޭ ޚިދުމަތަށް އިނާޔަތެއްގެ ގޮތުން. ތަރައްގީއަކީ މިއީނޫންތޯ؟
ޢަލީ
07 November 2016
ދެން ބިޒް އެޓޯލްސިން އެހެން ކަމަކާއި އުޅެން ވެއްޖެއެންނު...ނުވިއެންނު ތިކަމެއް..
މަހީ
08 November 2016
މުޅި ގައުމު ކޮރަޕްޓް ވީ މަ ނުވާނެ ދޯ