ރިޕޯޓް

ރިސޯޓު މުވައްޒަފުން ބުނަނީ ވަރުބަލި ވެއްޖެ ކަމަށް!

ކޮވިޑްގެ ބަންދާ އެކު އާއިލާއާ ބައްދަލުނުވެވޭތާ އެތައް މަހެއް ވެއްޖެ. ފޯނުން ގުޅެނީ ވެސް މަދު ފަހަރެއްގައި. ލޯބިން ކުރި ކައިވެނި އޮތީ ރޫޅުމަކާ ހިސާބުގައި.

އެއާޕޯޓުގެ ރެޕުން މަސައްކަތުގައި: ޓޫރިސްޓުން އިތުރުވާ ވަރަށް ރިސޯޓްތަކުގެ މަދު މުވައްޒަފުންނަށް ވަނީ ބުރަ ބޮޑުވެފައި -.ފޮޓޯ:ނިޝާން އަލީ/މިހާރު

ކައިވެނިކުރުމަށް ހަސަން ރިޝާދު، 23، އުފަން ރަށަށް ދިޔައީ މަސް ދުވަހުގެ ޗުއްޓީ ނަގައިގެންނެވެ. އަލަތު އަނބިމީހާ ގޮވައިގެން މާލެ އައިސް ހަމަނުޖެހިލެވި އުޅެނިކޮށް، އެނބުރި ރިސޯޓަށް ދާން ޖެހުނެވެ. ކުލީ ކޮޓަރިއަކަށް އަނބިމީހާ ވައްދާފައި، އޭނާ ވަޒީފާއަށް ނުކުތީ އަވަހަށް އަންނާނެ ކަމަށް ވައުދުވަމުންނެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ އެކު، ރިސޯޓުގައި ތާށިވިތާ އިއްޔެއަށް އަށް މަސް ވީ އެވެ. ރިޝާދު ދެކޭ ގޮތުގައި ދިރިއުޅުން މިހާރު ބަދަލުވެއްޖެ އެވެ.

މާލެ ކައިރި ރިސޯޓެއްގައި އުޅޭއިރު، ކުރިން ދެ ދުވަހުން އެއް ދުވަހު ރަށަށް ދެވެ އެވެ. އެކަމަކު ކޮވިޑްގެ ބަންދާ އެކު އާއިލާއާ ބައްދަލުނުވެވޭތާ އެތައް މަހެއް ވެއްޖެ އެވެ. ފޯނުން ގުޅެނީ ވެސް މަދު ފަހަރެއްގަ އެވެ. އަނެއްކޮޅުން ލޯބިން ކުރި ކައިވެނި އޮތީ، ރޫޅުމަކާ ހަމައިގަ އެވެ.

"ދުވާލަކު 15 ގަޑިއިރު ޑިއުޓީ ނަގައިގެން މިއުޅެނީ. ގެއިން ޝަކުވާ ކުރާނެ ނުގުޅާތީ. އަންހެނުން ގުޅިޔަސް ބިޒީކަމުން ފޯނަށް ޖަވާބެއް ނުދެވޭ،" މަދު މުވައްޒަފުންކޮޅަކާ އެކު މަސައްކަތް ކުރަމުން އަންނަ ރިޝާދު ބުންޏެވެ.

މިއީ، މިހާރު ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުންގެ ހާލަތެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖޭން ވެސް ފެނުނު ކޮވިޑް-19ގެ ބައްޔާ އެކު، އެ މުވައްޒަފުންގެ ވެސް ދިރިއުޅުން ބަދަލުވެއްޖެ އެވެ. ބަލިން ރައްކާތެރިވުމަށް ބޯޑަރުތައް ބަންދުކޮށް، ޓޫރިސްޓުން ގެނައުން މެދުކަނޑާލުމާ އެކު ގިނަ ރިސޯޓުތަކުން މުވައްޒަފުން ވަކިކުރި އެވެ. މުއްދަތެއް ނެތް ގޮތަށް، އަދި މުސާރަ ވެސް ނުލިބޭ ގޮތަށް ޗުއްޓީ ދިން އިރު، އަނެއް ބައި މުވައްޒަފުން ވަޒީފާގައި ދެމިތިބީ، މުސާރައިގެ ދެބައިކުޅަ އެއްބައި ވެސް ނުލިބޭ ގޮތަށެވެ.

ޓޫރިސްޓަކު ލޯންޗަށް އެރުވުމަށް ރިސޯޓެއްގެ މުވައްޒަފުން އެހީވަނީ: މުވައްޒަފުންގެ ޝަކުވާތައް ގިނަ

ރާއްޖޭގެ އިގްތިސޯދު މިހާރު ބަރޯސާވެފައިވާ ޓޫރިޒަމް އިންޑަސްޓްރީ، ބަލިމަޑުކަމުގެ ތެރެއިން ހިނގައިގަތީ ދާދި އިހަކަށް ދުވަހު އެވެ. ގިނަ ރިސޯޓުތައް، މަދު މުވައްޒަފުންތަކަކާ އެކު ހުޅުވި އިރު، ޓޫރިސްޓުން ވެސް އައީ މަދުމަދުންނެވެ. ކިރިޔާ ދެކޮޅުޖެހޭ ވަރަށް ލިބުނު މުސާރައާ މެދު މުވައްޒަފުން ތިބީ ޝުކުރުވެރިވެގެންނެވެ. އެކަމަކު އެ މުވައްޒަފުން ދެކޭގޮތުގައި ހާލަތު މިހާރު ބަދަލުވެއްޖެ އެވެ. ދުވާލަކު އެތައް ހާސް ޓޫރިސްޓުން މިހާރު ރާއްޖެ އައިސް، މާލީ ގޮތުން ގިނަ ރިސޯޓުތަކަށް ހިންދެމިލެވިއްޖެ އެވެ. އެކަމަކު އެ ބަދަލު މުވައްޒަފުންގެ ތެރެއިން ނުފެނުމާއި ވަޒީފާގައި އަދިވެސް މަދު މުވައްޒަފުންތަކެއް ގެންގުޅުމަކީ އެ މީހުންގެ ބޮޑު ޝަކުވާއެކެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ރިސޯޓު މުވައްޒަފަކު ބުނީ އޭނާ މަސައްކަތް ކުރި މިދިޔަ ނުވަ އަހަރުގެ ތެރޭގައި ނުވާހާ ވަރުބަލި، ވޭތުވެ ދިޔަ ހަ މަހު ވެއްޖެ ކަމަށެވެ. އޭނާއާ އެކު މަސައްކަތް ކުރި އެހެން ބައެއް މީހުން ގޮތަށް، ވަޒީފާއިން ވަކިވާން ކިތަންމެ ފަހަރަކު ހިތަށްއެރި އެވެ. އެ ޒުވާނާގެ ގިނަ ރަހުމަތްތެރިން، އޭނާގެ ބަހުން ނަމަ، "ކެތްނުވެގެން، ކެނޑިގެން ރަށަށް ހިނގައްޖެ" އެވެ.

ހަމަ ތެދަށް މި ދަންނަވަނީ، މެންޓަލީ ވެސް ފިޒިކަލީ ވެސް ވަރަށް ވަރުބަލި ވެއްޖެ މިހާރު

ޅ. އަތޮޅުގެ މަޝްހޫރު ރިސޯޓެއްގައި މަސައްކަތް ކުރާ އެ ޒުވާނާ ބުނިގޮތުގައި ކުރިން އެތަނުގައި 300 މުވައްޒަފުން ވަޒީފާ އަދާކުރި އިރު، މިހާރު އުޅެނީ އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދުންނެވެ. އެކަމަކު ޓޫރިސްޓުން އަންނަ އަދަދު މިހާރު ހުރީ ކުރިއާ އެއްވަރަށެވެ. މުވައްޒަފުންގެ މުސާރައަށާއި މަސައްކަތަށް ވެސް ލުޔެއް ނުލިބޭ ކަމަށް ބުންޏެވެ.

"ސްޓާފުން މަދުވީމައި، އެބަ ޑަބަލް މަސައްކަތް ކުރަން ޖެހޭ. އެކަމަކު ކުރިން ކަނޑާލި މުސާރަ ވެސް ބައެއް މީހުންނަކަށް ނުލިބޭ،" އޭނާ ބުންޏެވެ.

އެ ޒުވާނާގެ ނަޒަރުގައި ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންގެ އަތުން "ދިޔަ ބައި ހޯދައިދިނުމަ"ށެވެ. ކުރިއެކޭ އެއްވަރަށް މިހާރު ޓޫރިސްޓުން އަންނަން ފަށާފައިވާއިރު، މުވައްޒަފުންގެ އަދަދު އިތުރު ނުކުރުމަކީ، މިހާރު ވަޒީފާގައި ތިބި މީހުންނަށް ދޭ އަނިޔާއެއް ކަމަށް އޭނާ ދެކެ އެވެ.

ބައެއް ރިސޯޓުތައް، ބަލިމަޑުކަމާ އެކު ބަންދުކޮށްފައި އޮތުމަށް ފަހު ތަން ހުޅުވުމުގެ ތިން މަސް ކުރިން ބައެއް މުވައްޒަފުން ވަޒީފާއަށް ނެރުނެވެ. އެކަމަކު އެއީ މުސާރަ ނުހިނގާ ގޮތަށެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް، މުވައްޒަފުންނަށް ޖެހުނީ މަސައްކަތަށް ނުކުންނާށެވެ. މަދު މުވައްޒަފުންތަކަކާ އެކު، ގިނަ މަސައްކަތްތައް އެ މީހުން ކުރުވީ އަގެއް ނެތް ގޮތަށެވެ.

ކޮވިޑްގެ ހުސްކަމަށް ފަހު، ގިނަ ރިސޯޓުތައް މިހާރު އަންނަނީ ފުރެމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލަކު އެވްރެޖްކޮށް 3000 އާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން މިހާރު ރާއްޖެ އާދެ އެވެ. އޭގެ މާނައަކީ، ޓޫރިޒަމް ދާއިރާ ކުރިން އޮތް ހާލަތަށް ބަދަލުވާން ފަށާފައިވުމެވެ. އެކަމަކު ކޮވިޑާ އެކު ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި އިރު، އެ ވަޒީފާ އަލުން އިއާދަނުކޮށް، މަދު ބަޔަކާ އެކު ހިދުމަތް ދިނުމަކީ މަސައްކަތްކުރާ މުވައްޒަފުންނަށް ނުބައި އަސަރުކުރާނެ ކަމެކެވެ.

"ހަމަ ތެދަށް މި ދަންނަވަނީ، މެންޓަލީ ވެސް، ފިޒިކަލީ ވެސް ވަރަށް ވަރުބަލި ވެއްޖެ މިހާރު،" މުވައްޒަފަކު ބުންޏެވެ.

"ރަށް އޮތީ ޖެހިފައި، އާއިލާ ކައިރިއަށް ނުދެވި ނުވަ މަސް"

ޅ. އަތޮޅުގެ އެހެން ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނަކު ބުނީ އޭނާ އުޅޭ ރިސޯޓު އޮންނަނީ، ފަތާލާފައި ވެސް ރަށަށް ދެވޭހާ ކައިރީގަ އެވެ. ކުރިން ޑިއުޓީ ނިންމާލުމަށް ފަހު، ކޮންމެ ރެއަކު ވެސް އާއިލާ ކައިރިއަށް، ރަށަށް ދެވެ އެވެ. އެކަމަކު މިހާރު އޭނާ އާއިލާ ކައިރިއަށް ނުދެވޭތާ ނުވަ މަސް ވެއްޖެ އެވެ.

މުވައްޒަފުން މަދުވުމާއި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރަށަށް ދިޔުމުގެ ހުއްދަ ނެތީ އެވެ. ރަށަށް ގޮސް ކަރަންޓީނު ވުމުގެ ފުރުސަތު އޮތް ނަމަވެސް، ކަރަންޓީނުގެ މުއްދަތު ހަމަވާއިރު ޗުއްޓީ އޮންނަނީ ނިމިފަ އެވެ. އެ ޒުވާނާއަށް އޮތް ހިތްހަމަޖެހުމަކީ، އާއިލާގެ މީހުން އޭނާގެ ކައިރިއަށް އާދެވުމެވެ.މަންމަ އާއި ބައްޕަ އާއި އަނބިމީހާ އާއި ދަރިފުޅު އަންނަ ޑިންގީ ރިސޯޓުގެ ފަޅުތެރޭގައި މަޑުކޮށްލައިގެން އޮންނައިރު، އޭނާ ހުންނަނީ ޖެޓީ މަތީގައި ބަލަހައްޓައިގެންނެވެ.

ރާއްޖެ އައި ދެ ޓޫރިސްޓަކު އެއާޕޯޓްގައި އިށީނދެލައިގެން: ޓޫރިޒަމް މިހާރު އަންނަނީ ރަނގަޅުވަމުން

ދުރުމިން ބަހައްޓައިގެން، އެ ގޮތަށް ތިބެގެން އާއިލާއާ ވާހަކަ ދައްކާލެވޭތީ ވެސް އޭނާ ހުންނަނީ ހިތްހަމަޖެހިގެންނެވެ. އެކަމަކު ޒުވާނާ ދެކޭ ގޮތުގައި އެއީ އަސަރުގަދަ ވަގުތުކޮޅެކެވެ.

"ދަރިން ލޯ ކުރިމަތީގައި ތިބެ، އަތް ޖައްސާލައި އުރާލަން ނުލިބުމަކީ ވަރަށް ހިތްދަތިވާ ކަމެއް. އެކަމަކު އެ މީހުން ލޮލަށް ފެނުމުގެ ނަސީބު ލިބޭތީ އުފާކުރަން،" އޭނާ ބުންޏެވެ.

ނުވަ މަސް ފަހުން، ރަށަށް ދިޔުމުގެ ހުއްދަ އެ ޒުވާނާއަށް މިހާރު ވަނީ ލިބިފަ އެވެ. އެކަމަކު އެއީ މި އަހަރު އޭނާއަށް ލިބޭ އެންމެ ފުރަތަމަ އަދި ފަހުގެ ފުރުސަތެވެ. ހާލަތު މިހެން އޮތް ނަމަ، ކުރިއަށް އޮތް 11 މަސް ދުވަހު ވެސް އޭނާ ހުންނަން ޖެހޭނީ ރިސޯޓުގައި ބަންދުވެފަ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ކުރިއަށް ވުރެ ރަނގަޅުވި ނަމަވެސް، ރިސޯޓުތަކުގައި ބަލި ދަނީ ހަލުއިކަމާ އެކު ފެތުރެމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގެ 83 މުވައްޒަފަކަށް ބަލި ޖެހިއްޖެ އެވެ. އޮޅުވެލި ރިސޯޓް 78 މީހަކު އަދި އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހަކު ޕޮސިޓީވްވުމުގެ އިތުރުން ރެސިޑެންސް މޯލްޑިވްސްގެ 15 މީހަކަށް ވެސް ކޮވިޑް ޖެހުނެވެ.

މީގެ އިތުރުން ވެސް އެހެން ގިނަ ރިސޯޓުތަކުން ބަލި މީހުން ދަނީ ފެންނަމުންނެވެ. މުވައްޒަފުންގެ ކަންބޮޑުވުމަކީ ހަލުއިކަމާ އެކު ބަލި ފެތުރުމުގެ ފުރުސަތު އޮތް ނަމަވެސް ބައެއް ރިސޯޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވުމެވެ. ތަނުގެ މެނޭޖްމެންޓުގެ މާ ބޮޑު އެއްބާރުލުމެއް އެކަމުގައި ނުލިބުމެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނިގޮތުގައި ބައެއް ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު އޮވެ އެވެ. މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. ބައެއް ފަހަރު، ސެނިޓައިޒާއެއް ވެސް ލިބޭކަށް ނުހުރެ އެވެ. ރިސޯޓުން މީހަކު ޕޮޒިޓިވްވި ނަމަވެސް، އެކަން ސިއްރުކުރަނީ ޓޫރިސްޓުން ގެނައުމުގައި ގޮންޖެހުމަކަށް ވެދާނެތީ އެވެ. އެކަމަކު، މުވައްޒަފުން ދެކޭ ގޮތުގައި، މިއީ، މަދު ޑޮލަރުކޮޅަކަށް އެ މީހުން ގުރުބާންކޮށްލުމެވެ.

މުޅި ދުނިޔެ ބިރުގަންނަވާލި ކޮވިޑް ބަލިމަޑުކަމުން، ޓޫރިޒަމް ދާއިރާ މިހާރު އެ އަންނަނީ އަރައިގަންނަމުންނެވެ. އެކަމަކު ރިސޯޓު މުވައްޒަފުންގެ ޝަކުވާއަކީ، އެ ކުރިއެރުން، އެ މީހުންގެ ދިރިއުޅުމުން އަދި ނުފެންނާތީ އެވެ. މަސައްކަތް ގެއްލުނު މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްދީ، މަދުވި މުސާރަ އިތުރު ނުކޮށްދޭތީ އެވެ. ބަލިމަޑުކަމެއްގެ ތެރެއިން، އާއިލާއާ ދުރުގައި ތިބެގެން ވަމުންދާ ގުރުބާނީ އަގު ނުކުރާތީ އެވެ.

50 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 79%
icon angry icon angry 15%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާ1

26 January 2021

ކައިވެނި ކުރުމުގެ ކުރިން ރަނގަޅަށް ތައްޔާރު ވުން މުހިއްމު. ކައިވެނި ކުރުމުގެ ކުރިން ހަނީމޫން ހަދާލަން ޕްލޭން ކޮށް ސޭވިންގް އަކާއި އެކު ކައިވެނި ކުރާނަމަ އަލަތު ކައިވެނީ ގެ ރޭކުރަން އޮތްވާ ޑިއުޓީއަށް ނުކުންނާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ދިލް

26 January 2021

އެހެންތަ؟

The name is already taken The name is available. Register?

ޙިސަން

26 January 2021

ޢަދިވެސް ޢެމްޑީޕީ މީހުންނައް ވޯޓުދޭތި ހުރިހާ ރިސޯޓުތަކުން އެންމެ ގިނައިން ވޯޓުދިނީ އެމްޑީޕީ މީހުންނަން މި ހާރު ރާކަނި މަސް ކެވިއްޖެއެންނުން....

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 January 2021

ބިދޭސި މުވައްޒަފުން ކަންކުރާގޮތަށް އަހަރުމެން ދިވެހި ޒުވާނުންވެސް ކަންކުރާންޖެހޭ. # ޒުވާން އުމުރުގައި ވަޒީފާ އަދާކޮށް ތިނެއް ނުވަތަ 5 އަހަރުން ކެޕިޓަލެއް ހެދޭވަރަށް ފައިސާ ޖަމާކޮށް އަމިއްލަ ރަށް ނުވަތަ އަތޮޅުގައި އާމްދަނީ ލިބޭނެ ކޮންމެވެސް ކަމެއް ފައްޓާން ވިސްނާ. # ތިޔަ ރިސޯޓް އޯނަރުންނަކީ އުމުރު ދުވަހު އެމީހުންގެ ނޯކިރީންގެ ގޮތުގައި ތިބޭމީހުނަށްވެސް ހިތުހުރިގޮތެއް ހަދާނެ ބައެއްކަން ކޮވިޑްގެ ސަބަބުން އެންމެނަށް އެގި ހާމަވެއްޖެ.

The name is already taken The name is available. Register?

ތޖުބ

25 January 2021

މީ ރަނގަޅު އާޓިކަލްއެއް.. ކުރުމުއްދަތައް ރިސޯޓަކަށް އަޅުގަދުވެސް ދިޔައިނ ްމިދާކަށް ދުވަހު.. ރިސޯޓްތަކުގެ އަމާޒަކީ 18 ގަޑިއިރުވެސް މުވައްލައްވާ މަސައްކަތް ކުރުން .. މި ދަންޑިވަޅަކީ ރިސޯޓް މެނޭޖުމަންޓައް މިކަމަށް ވަރަށް ރަނަގޅު ދުވަސްކޮޅެއް.. މުވައްޒަފުންނަށް އޮފް ނުދީ ހަފަތްއަކު 7 ދުވަހު 12 ގައިރު އެމީހުންލައްވާ މަސައްކަތ ކުރުވާ.

The name is already taken The name is available. Register?

ައެލެކުސް ދިއްދޫ

25 January 2021

މިހާރު ނޫހުގެ ނޫސްވެރިން ރާއްޖޭގެ އެކި ރިސޯރޓް ފަތުރުވެރިއެއްގެ ގޮތުގަ ނޫންނަމަ ވަޒީފާއަކަށް ގޮސް އަލެ ދިރާސާ ކޮށްލަބަލަ ސުޓާފުން ބައެއް ރިސޯރޓްތަކުގަ އުޅޭ ހާލު، ކިތައް ރިސޯރޓުންތޯ ގާނޫނާ އެއްގޮތައް އަމަލުކުރަނީ، 3 އިރު ކާންދީންގެ 12 ގަޑި އިރު އިތުރު ލާރި ނުދީ މަސަކަތް ކުރުވާ ރިސޯރޓްތައް ގިނަވާނީ، ދެން ތަފާތު ކުރުން އެހާ ބޮޑު. ދިވެހިން ދވެހިރާއްޖޭގަ އަޅުންގެ ގޮތުގަ

The name is already taken The name is available. Register?

ހަސަންދީ

25 January 2021

ދިވެހިންނަކީ ވަރަށް އަވަހަށް ކަންކަމުގައި ކެތްތެރިކަން ކޮޅުންލާ ބައެއް މިފަދަ ޙާލަތެކަށް ތައްޔާރުވެފައި ތިބި ބައެއްނޫން، އަބަދުވެސް ޝަކުވާ ކުރުމާއި ފިތުނަ އުފެއްދުން

The name is already taken The name is available. Register?

ރަގަޅު

25 January 2021

މުޅި ދުނިޔެވެސް ވަރުބަލިވާނެ ކޮވިޑާ ހަނގުރާމަކޮށްކޮށް. ކޮންމެ ދުވަހަކު ހާހުން މީހުން މަރުވެ އެތައް ހާހަކުން ޕޮޒިޓިވްވާ ގައުމުތަކުގެ މީހުން ބައްޔާހެދި މާ ވަރުބަލިވާނެ. އަހަރުމެންނަށް އޮތް ބޮޑު ރަހްމަތްފުޅު ޖަނާޒާތައް ފުލުފުލުގަ ބަލަން ނުޖެހޭކަން. މަރުވަނީވެސް ގިނަ ފަހަރު އުމުރުން ވ ދުވަސްވެފައި ތިބި މީހުން. ރާއްޖެއަށް ލެއްވި ނަސީބު އަދި ރަގަޅު ކަމަށް ފެންނަނީ. ކޮވިޑާ ގުޅިގެން އަދި އެންމެންނަށް ކުރެވެނީ ނިމުމެއް ނެތް މަސައްކަތެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 January 2021

މުސްތަޤުބަލަކީ "ބޭނުން ގޮތަކަށް" ބިނާކުރާންޖެހޭ އެއްޗެއްކަމުގައި މުފައްކިރުން ބުނޭ. # ކިޔަވައިގެން ރިސޯޓަށް ގޮސް ލާރިކޮޅަކަށްޓަކާ "މުޅި އުމުރު ނަގާލާނީތޯ" ނުވަތަ ލޯބިވާ އާއިލާއާއިއެކުގައި ރަށުގައިހުރެގެން ތަންކޮޅެއް ކުޑައާމްދަނީއެއް ލިބުނުކަމުގައިވިޔަސް އެގޮތް އިޙްތިޔާރުކުރާނީތޯ ބަލާ ހިސާބުޖަހާފައި "ރަނގަޅު ގޮތް" އަމިއްލައަށް ނިންމަވާ. # ރިސޯޓަށްނުގޮސްވެސް ރަށުގައިތިބެގެން ކާމިޔާބުދިރިއުޅުން ހޯދާފައިތިބި ޒުވާނުން އެބަތިބި. އަޅުވެތި ކަމަކީ ވޭނެއް.

The name is already taken The name is available. Register?

ކކކކ

25 January 2021

ވަރަށް ރަނގަޅު ވާހަކައެއް.

The name is already taken The name is available. Register?

ދިޔާނ

25 January 2021

ސަރުކާރުން އެބަޖެހޭ މުއައްޒަފުންނަށް ހަމަމުސާރަ ދޭތޯ ބަލާން އެންމެ ފުރަތަމަ މުސާރަ ކުޑަކުރީ ސޭޓް ސޭޓް ގެ ސަންއައިލެންޑ އަށް ވުރެ ގިނަގެސްޓުން އައި ރިސޯޓެއް ނެތް ކޮވިޑްގެ ފަހުން ހުޅުވިފަހުން މަސައްކަތް މަސައްކަތް ހަމަ މުސާރަނުދޭ ހުސްމަސައްކަތް އަބިދަރިން ގާތަކަށް ނުފޮނުވާ ދާންޖެހެނީ މުސާރަ ނުހިގާގޮތަށް ސަރުކާރު ކީއްމިކުރަނީ ސޭޓް ބޭނުންގޮތަކަށް ގާނޫނުމަތީ މިއުޅެނީ ގުޅާނީ ކޮންތާކަށް މުސާރަ ނުލިބޭތީ؟؟؟

The name is already taken The name is available. Register?

މާމަ ކާފަ

25 January 2021

ލޯބިން ކުރި ކައިވެނި ލޮލަށް ނުފެނި 6 ވާއިރަށް ރޫޅެނީ ލޯބި ނުވާތީ. ލޯބިން ކުރާ ކައިވެނި 4 އަހަރު ލޮލަށް ނުފެނި ސިޓީއެއްގެ މިންވަރު ނުލިބުނަސް މާމަ ކާފަމޭންތިބީ ވަރި ނުވެ ބޯޓު ދަތުރުކުރަން ގޮސް އުޅުނު ކާފަ ފެންނަނީ 4 އަހަރުން އެކަމަކު މާމައިނީ ކެތްތެރިވެގެން

The name is already taken The name is available. Register?

މުނިމާމަ

25 January 2021

މިހާރު އެގޮތާ ގާތްވެސް ނުކުރޭނު. ވީޑިއޯކޯލް ކޮށްލައިގެން އަބަދު ބަލައި ވާހަކަ ދައްކަން ތިބެވޭ ދުވަސް މިއީ. ހަމައެކަނި އަތްނުލެވޭކަން.

The name is already taken The name is available. Register?

މުހައްމަދުު.

25 January 2021

މީ މާމަ ކާފަ ޒަމާނެއް ނޫން ބުރޯ

The name is already taken The name is available. Register?

ސުލައިމާން

26 January 2021

ޒަމާނަށްއައި ބަދަލު ނުވިސްނި ހުރެ ކޮށްފަ އިން ކޮމެންޓެއް ކަމަށް ބެލެވެނީ... އަސްލުމާނާގައި 4 މަހުން ވަރިފަށަށް އަރަނީކީއެއްނޫން ހެން ހީވަނީ... އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ބަލާލުން ބުއްދިވެރިވަނީ ހެންހީވަނީ... ހަމަ ހަޤީޤަތުގައިވެސް ސަރުކާރުންނާއި ރިޒޯޓް އޯނާރުން ސްޓާރފުން ފިއްތާލާފަ ތިބިލެއް ބޮޑުކަމުން ރަށަށް ނުދެވިގެން މިއުޅެނީ... ސަރުކާރަށް ހީވަނީ މިބަލި މި ފެތުރެނީ ރިޒޯޓް ވަޒީފާގަ އުޅޭ މީހުންގެ ފަރާތުންނޭ..، އޭރުވެސް އަދި މިހާރުވެސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454