ސުޕްރީމް ކޯޓު: އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ޚާއްސަކުރި މައްސަލަ އެ ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 ޖެނުއަރީ 2021 - 12:53
އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ޚާއްސަކުރި ރަނގަޅަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކޯޓުން އިއްޔެ ނިންމީ އެއީ ގާނޫނުއަސާސީ އެއްގޮތަށް ގެނައި ބަދަލެއް ކަމަށެވެ.
އެ ހުކުމާ ގުޅިގެން މޫސާ އަންވަރު ކުރި ޓްވީޓެއްގައިވަނީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާ ގުޅޭ ބާބު ކަފުން ކުރަން ފުރުސަތު ލިބޭ ކަމަށެވެ. އަދި އެ ހުކުމް އޮތީ ގާނޫނު މާނަ ކުރުމުގެ ހަމަތަކާއި އަދުލު އިންސާފުގެ ހަމަތަކާ ވެސް މުޅިން ޚިލާފަށް ކަމަށާއި އެހެން ގައުމުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައަޅާފައިވާ ގޮތަށް ރިއާޔަތް ކޮށްފައިނުވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް މޫސަގެ ޓްވީޓްގައިވެ އެވެ.
އަންހެނުންނަށް ގޮނޑި ޚާއްސަކުރުމަކީ އިންތިޚާބީ ހައްގަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ އެންމެ ފުރަތަމަ މޫސަގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ވެސް ސުޕްރީމް ކޯޓަށެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބޭ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ ކޯޓުން އެ މައްސަލަ ބަލައިނުގަނެ އެންގީ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްްދޫ
25 January 2021
65 އހަރުމީހުނަށް ޖިންސް ތަފާތު ނުކޮށް ގާނޫނުގެތެރޭން އެހީދިނުން.ނުކުޅެދުންތެރިކަން ހިންނަ މީހުނަސް ޖިންސް ތަފާތު ނުކޮށް ގާނޫނުގެތެރޭން އެހީދިނުން. ތަފާތު ކުރުން ނޫންކަމަށް ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ށ ގަވަނީ. ގާނޫނުއަސާސީ ގެ 17 ވަނަ މާއްދާގަ ބުނަނީ ޖިންސް ތަފާތު ކުރުމާ ވަކި ޖިންސެއްގެ ބަޔަކު ހާއްސަކުރުން ގާނޫނުއަސަސީ އާއި ހިލާފް ކަމަށް. މުއަސަނދިކަމަށް ޖިންސަށް އައިލާއަށް ރަށަށް ބަލައި ތަފާތު ނުކުރެވޭނޭ ކަމަށް.
މައިސް
25 January 2021
އަންހެން ފަޑިޔާރުންގެ ހުރިވަރެއް ފެނިދާނެ މިފަހަރު.
ފޮނިތޮށި
25 January 2021
މޫސާ އަންވަރު ކަހަލަ މީހުން ސިޔާސީ މަގާމު ތަކުން ދުރު ކުރަން ޖެހޭ. އެއީ ދުރު ނުވިސްނޭތީ އަދި ތަހުޒީބު ނުވާތީ. އަންހެނުންނަށް ފުރުސަތު ހޯދައިދީގެން ގައުމަށް ވާނީ ފައިދާ. ކީއްކުރަން މި ކަމާ ދެކޮޅު ހަދަނީ؟؟
ހައްޤު
25 January 2021
ފުރުސަތު ނުދޭ ވާހަކަ އެއް ނޫން ތަބަކަށް ލާފަ ދޭންވީމާ އޭގައި އުޅޭ މައްސަލަތަކެއް. އޭރައް އެމަޤާމަށް ޤާބިލު ފިރިހެނެއްގެ ހައްޤުވެސް ގެއްލުމަކީ އެކަށީގެން ވާކަމެެއް. ދެން އޮތީ ރަައްޔިތުން ގެ ހައްޤު. ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މުސާރަދޭ މަންދޫބުންނަނީ އެންމެ ޤާބިލު މީހުނަށް ވާންޖެހޭނެ. ވަކި ބަޔަކަށް ރިޒާވް ވީމާ އެހެން ނުވާނެ.
މޫސާ އަންވަރު
25 January 2021
ސިޔާސީ މަޤާމެއްގައެއް ނެތީމު. އަންހެނުންނަށް ގޮނޑި ޚާއްސަ ކުރަން ބޭނުންނަމަ ޑިމޮކްރަޓިކް ޤައުމުތަކުގައި އެކަން ކޮށްފައިވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކޮށްގެން ގޮނޑި ޚާއްސަ ކުރަންވީ. ޤާނޫނުއަސާސީއާއި ޚިލާފެއް ނުވެވޭނެ.