26 ޖެނުއަރީ 2021 - 07:22
އެއް މިނިޓްގެ ތެރޭގައި އެންމެ ގިނަ ހަރަކާތްތައް ދައްކާލައިގެން ދެ ކުއްތާއަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
ކުއްތާތައް ގެންގުޅޭ އަދި ކުއްތާތައް ޓްރެއިންކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ ކެލިފޯނިއާގެ އެމިލީ ލާއަމް ގެންގުޅޭ ދެ ކުއްތާގެ ނަން ރެކޯޑް ފޮތަށް އެރީ އޭނާ ކިޔައިދިން ކަންކަން 28 ހަރަކާތަކުން އެއް މިނިޓްގެ ތެރޭގައި ދައްކާލައިގެންނެވެ. މި ދެ ކުއްތާގެ ނަމަކީ ވިޝް އާއި ހާލޯ އެވެ.
ވިޝް ވަނީ އިތުރު ރެކޯޑް ވެސް ހަދައިފަ އެވެ. އެއީ ބިމުގައި ބަނޑުޖަހައިގެން ކޭއްތެމުން ފަސް މީޓަރުގެ ދުރުމިނަށް އެންމެ އަވަހަށް ދިއުމުގެ ރެކޯޑެވެ. އެ ރެކޯޑް ވިޝް ހެދީ އެންމެ 2.175 ސިކުންތުންނެވެ.
These are two talented doggos! 🐶
— Guinness World Records 2021 Out Now (@GWR) January 22, 2021
ކުއްތާތަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނުކަން އެމިލީ އަށް ރަސްމީކޮށް އަންގާފައި ވަނީ މިދިޔަ މަހުގެ 22 ގަ އެވެ. އޭނާ ބުނީ މިއީ ކުއްތާ ޓްރެއިންކުރުމުގެ ތެރެއިން ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. ވިޝް އާއި ހާލޯއާ އެކު ކިކޯ އާއި ސްޕްލޭޝް އަދި ޓަގް ކިޔާ ކުއްތާތަކެއް ވެސް އެމިލޯ ގެންގުޅެ އެވެ.
އެމިލީ އަކީ ކުއްތާތައް ޓްރޭނިން ކުރުމާ ބެހޭ މައުލޫމާތު ޔޫޓިއުބް ޓިއުޓޯރިއަލްތަކުން ވެސް ކިޔައިދޭ ތަޖުރިބާކާރެކެވެ.
އޭނާގެ ވީޑިއޯތަކުގެ އަދަދު 350 އަށް ވުރެ ގިނަ އެވެ. އަދި އެމިލީ އަކީ ކުއްތާތައް ގެންގުޅުމާއި ޓްރޭނިންތަކާ ބެހޭ ގޮތުން ލަފާދޭ ކުންފުންޏެއް ވެސް ހިންގަނުން އަންނަ މީހެކެވެ. އެ ކުންފުނީގެ ނަމަކީ ޑޯގްމެންޓިކްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy