އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ދަތިތަކެއް ހުރި ކަމަށް އިލެކްޝަންސުން ބުނޭ. މިއީ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ޚަރަދު ބޮޑު އިންތިޚާބު.
އިންތިޚާބުގެ ތާރީޚް އިއުލާންކޮށް އީސީގެ މެމްބަރުން ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
26 ޖެނުއަރީ 2021 - 14:26
ކޮވިޑް-19އާ ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އެޕްރީލް 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފި އެވެ.
އީސީން އިންތިޚާބު އިއުލާންކުރީ އެ ކޮމިޝަންގައި މިހާރު ކުރިއަށްދާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެޕްރީލްގައި އިންތިޚާބު ބާއްވަން މި ނިންމީ އިންތިޚާބުގެ ތާރީޚާ ގުޅޭ ގޮތުން ކޮމިޝަންގައި ހުރި ހިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ފަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ދަތިތަކެއް އެބަހުރި ކަމަށެވެ. އެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން، މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް ވުރެން އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ހުރި އުނދަގޫތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ ކަމަށެވެ. ދަތިތައް ހުއްޓަސް ކޮމިޝަނުން މަސައްކަތް ކުރާނީ މިހާރު އިއުލާންކޮށްފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައި ނިންމަން ކަމަށް ވިދާޅުވި އެވެ.
މި އިންތިޚާބުގައި 735 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތުގަ އެވެ.
ކައުންސިލްތަކަށް 982 ކެންޑިޑޭޓުން އިންތިޚާބު ކުރަން ޖެހޭއިރު 4،000 އަށް ވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލި އެވެ.
އީސީން ކުރިން ތާވަލްކޮށްފައި އޮތީ މާޗް ހައެއްގައި އިންތިޚާބު ބާއްވާށެވެ. އެކަމަކު އިންތިޚާބު ލަސްކުރަން ފާސްކުރި ގާނޫނުގައި، އިންތިޚާބުގެ ތައްޔާރީތައް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ލިއެފައި އޮތުމުން އެ މުއްދަތުގައި ނުބޭއްވުނީ އެވެ. މަޖިލީހުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
27 January 2021
ރޯދަޔަށް އިންތިހާބު ބޭއްވުމަކީ އެހާ ރަގަޅު ކަމެއް ނޫން!
ނަޝީދު.
26 January 2021
އިންތިހާބު ބާއްވާތި. އޭރުން ނަތީޖާ ފެންނާނީ. މާލޭ މީހުން އަދިވެސް ވޯޓު ދޭނީ ހަމަ އެމް.ޑީ.ޕީ އަށް. ގޯތި ދިނަސް ނުދިނަސް. ފުލެޓް ދިނަސް ނުދިނަސް. ބަލަން ތިބޭ. ޕޮލިޓިކަލް ޕާޓީ ގެ ބޭނުމަކީ އެއީ. ޕާޓީ އޭ ބުނީމާ އިތުރަކަށް ބަލާނެ އެއްޗެއް ނޯންނާނެ. ވޯޓު ދޭނެ ޕާޓީއަށް.
ހޯދުން
26 January 2021
އިތުރު 44.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މި ވަގުތު އިންތިހާބު ބޭއްވުމުގެ ބޭނުމެއް ނެތެވެ. ދައުލަތުގެ ދަރަނި އެތައް މިލިޔަން ރުފިޔާގެ ޑިފިސިޓް އުޅޭއިރު އެންމެ ރުފިޔާއެއްވެސް ސަލާމަތްކުރެވޭނެ މަގެއް ހޯދޭތޯ ބަލާށެވެ.
ގުދުގުދާބެއްޔާ
26 January 2021
ތިޔަ އިންތިހާބު ބޭއްވިޔަސް ނުވޭއްވިޔަސް މާލޭ މީހުންނަށް ފަރުވާލެއްނެތް! ސަބަބަކީ މާލެސިޓީގެ ހުރިހާބިމެއް ގާނޫނާ ޚިލާފަށް އެޗްޑީސީއަށް އަންނި އަދި އަސްލަންޓޭ އަޑީގައި ތިބެގެން ދީވަނީނިންމާފައި. މާލެސިޓީގެ އެއްވެސްބިމަކާ ބެހޭގޮތުން މާލޭސިޓީކައުންސިލްއަށް ބަސްބުނުމުގެ ހައްޤުވަނީ ނިގުޅައިގަނެފަ! ދެންކީއްކުރަން ހޮވާ މޭޔަރއެއް އަދި ކައުންސިލަރުންނެއް! ވިހާމަރުވާ މީހުންގެލިސްޓް ބަލަހައްޓަން ބޮޑު މުސާރަދީފައި މޭޔަރ ކައުންސިލަރުން ހޮވުމުގެބޭނުމެއްނެތް.
ތުއްތޮންބެ
26 January 2021
ގޮތްހުސްވީދެއްތޮ؟
އައިމިނާ
26 January 2021
ދުނިޔޭގެ ނިސްބަތުން ކުޑަ އާބާދީ އަކަށް ދުނިޔޭގެ ފެންވަރުގެ އަގުބޮޑު ބަޖެޓެއް. ރައްޔިތުން ނިކަމެތިވެ ބިކަވެފަ. ހޮވޭ ކައުންސިލަރުންގެ އަގުވެސް އެހާ ބޮޑު. އޯކޭތާ.ރައްޔިތުންނަށް ވިސްނާ ބަޔަކު ތިބިހެނެއް ހިއެއްނުވޭ. އަމިއްލަ އެދުމަށް. ވޯޓަށް.
އަހުމަދުބޭ
26 January 2021
ދައުލަތަށް ލިބޭ ލާރި ތަޅައި ހުސްކުރަން ބާއްވާ އިންތިހާބެއް ތިޔައީ، ހެޔޮނުވާނެ ތިޔަބަރު ބޮޑު ކައުންސިލްތަށް އުވާލައި ރާއްޖޭގައި މީހުން ދިރިއުޅޭ 10 ވަރަކަށް ސަރަހައްދު ތަރައްގީކުރުން ދައުލަތަށްވެސް އަދި އިދާރީގޮތުންވެސް ދަތުރުފަތުރުގެ ނިޒާމަށްވެސް ހުރިހައި ގޮތަކުން ފައިދާކޮށް ރާއްޖެ މިއޮތް ހިސާބުން އެތަށް ހާސްގުނަ ރަގަނޅު އެކޮނޮމީއެއް ރާއްޖޭގައި އުފެދޭނެ، ނުލިބިގެން އުޅޭޚިދުމަތްތަށްވެސް ހުރިހައި ރައްޔިތުންނަށް ލިބިގެންދާނެ، މިއީކުރަންވީ ކަމަކީ
އިލެކްޝަން
26 January 2021
އިންތިޚާބެއް ބާއްވަން ހަމަ ބުނާއިރަށް ބަޖެޓްގައި ހުރި ލާރި މަދުވެގެން އިތުރު 100 މިލިއަން ބޭނުންވާ ކަމަށް އިލެކްޝަނުން ބުނާނެ. މިހާރުވެސް އީސީ ގެ ރައީސްގެ 4 ފިހާރަޔާކާ ދެ ކެފޭއެއް ހުންނަކަމަށް އަޑު އިވެނީ. ކޮންމެ ހުކުރުދުވަހަކު ހުޅުމާލޭގައި އެއިން އެއް ކެފޭ އެއްގައި ކޮފީ ބައްލަވަން އިންނަ ތަން ފެންނަކަމަށް ބުނާ އަޑު އިވެނީ
އަނެކާ
26 January 2021
އަވަސް ކުރޭ
ޜައްޔިތ
26 January 2021
އިންތިހާބް ކާމިޔާބު ކުރަން ބޭނުމިއްޔާ ޓެރަރިސްޓް ޖަމާއަތްތަކަށް މަރުގެ އަދަބު ދިނުނަށް ގޮވާލަން.