ލައިފްސްޓައިލް / ދުޅަހެޔޮ ދިރިއުޅުން

ރޭގަނޑުގެ ކެއުން އަވަސްކުރުމުގެ ފައިދާ ބޮޑު

ބަޔަކު ކެއުމަކަށް އިންސާފުކުރަނީ.

ދިރިއުޅުމުގެ ވައްޓަފާޅި އަށް މިހާރު އައިސްފައިވާ އެންމެ ބޮޑު އެއް ތަފާތެއް ފެންނާނީ ކެއުމުގެ އާދަތަކުންނެވެ. ރޭގަނޑު ދަންވިދަންވިހެން ކެއުމުގެ ފޯރި މިހާރު ގަދަވެ އެވެ. ނައިޓްލައިފާއި ކެފޭ/ރެސްޓޯރަންޓްތަކަށް ގޮސް ކެއުމާއި ޓޭކްއަވެއާ އެކު، ސިއްހަތަށް ގެއްލުން ހުރި އެތައް ބާވަތެއްގެ ކެއުންތަކަކީ މިހާރު މާ ބޮޑަށް ވިސްނައިލެވޭ ކަމެއް ނޫނެވެ.

އެކަމަކު ދުޅަހެޔޮ ދިރިއުޅުމެއް ބޭނުންވާނެ ކެއުމުގެ ވައްޓަފާޅި އާއި ކެއުމުގެ އާދަވެސް ވަކި ތަރުތީބަކުން ވަކި އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދަން ޖެހެ އެވެ. ހާއްސަކޮށް، ރޭގަނޑުގެ ކެއުން ލަސްނުކޮށް އަވަސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ލަސްކޮށްފައި ކާ ނަމަ މަގުފަހިކޮށް ދެނީ ކައިގެން މާ ގިނަ ވަގުތެއް ނުވެ ނިދުމަށެވެ. ނަތީޖާ އަކީ އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރޭގަނޑުގެ ކެއުން އެންމެ ރަނގަޅީ ވީހާ ވެސް އަވަސްކުރުމެވެ. މާނަ އަކީ ނިދުމާ ދޭތެރޭ ފުދޭ ވަރެއްގެ ވަގުތެއް އޮންނަ ގޮތަށް ރޭގަނޑުގެ ކެއުމުގެ ގަޑި ހަމަޖެއްސުމެވެ. އެހެންވެ ރޭގަނޑުގެ 7:30 ނުވަތަ 8:30 އާ ދޭތެރޭ ކެއުން ނިންމައިލެވޭ ގޮތަށް ކަންކަން ރޭވިފައިވާ ނަމަ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިއްބައިދޭނެ އެވެ.

ރޭގަނޑު ކެއުން އަވަސްކުރަން ޖެހޭ މުހިއްމު ބައެއް ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

* ހަޖަމުކުރުން ރަނގަޅުވުން

ނިދުމުގެ ދެތިން ގަޑިއިރު ކުރިން ރޭގަނޑު ކާ ނަމަ ކާނާ ހަޖަމުކުރަން ފަސޭހަވާނެ އެވެ. ކާލައިގެން ވަގުތުން އޮށޯން ނަމަ ކާނާ ހަޖަމުކުރަން ހުރަސްޅި ބަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާނެ އެވެ. އޭގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބަނޑު ފުފުން ފަދަ މައްސަލަތައް ހިމެނެ އެވެ.

* ހިތުގެ މައްސަލަތަކުން ދުރުކޮށް ދިނުން

ރޭގަނޑުގެ ކެއުން ފަސްކުރާ ނަމަ ކާނާއިން ހަށިގަނޑަށް ޖަމާވާ ކެލަރީ އަންދަން ހުރަސް އަޅާނެ އެވެ. ނަތީޖާއަކަށްވާނީ ކެލަރީޒްގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެ، ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ބޮޑެތި ސިއްހީ މައްސަލަތަކުގެ ތެރެއަށް ވެއްޓުމެވެ. އެހެންކަމުން ރޭގަނޑުގެ ކެއުމާ ނިދުމާ ގާތްކޮށްފައި ކެއުން ހުއްޓާލައި، އަބަދު ވެސް ރޭގަނޑުގެ ކެއުން އެއް ގަޑިއަކަށް ތާވަލުކޮށް އެކަމަށް ހޭނުމަކީ ވެސް ހިތުގެ ގިނަ މައްސަލަތަކުން ރައްކާތެރިކަން ހޯދޭނެ ކަމެކެވެ.

* ބަރުދަން ލުއިވާން އެހީވުން

ކޭބަނޑާ އެކު ރޭގަނޑު ނިދަން އާދަކޮށްފި ނަމަ ދިމާވާނެ އެންމެ އާންމު މައްސަލައަކަށް ވާނީ ފަލަވުމެވެ. އެހެންވެ ބަރުދަން ލުއިކޮށް، ހަށިގަނޑުގެ ބައްޓަން ރީތިކޮށް ދަމަހައްޓަން ބޭނުންވާ ނަމަ ކުރަން ޖެހޭ ކަމަކީ ލަސްކޮށްފައި ކެއުން ހުއްޓާލައި، ނިދުމާ ވެސް ވީހާ ދުރުވާ ގޮތަށް ރޭގަނޑުގެ ކެއުން އިންތިޒާމުކުރުމެވެ.

ހަމަމިއާ އެކު އަބަދު ވެސް ކާ ގަޑީގައި އެކަން ކުރާ ނަމަ ކާނާ ހަޖަމްވާން ފަސޭހަވުމާއި މެޓަބޮލިޒަމް ރަނގަޅުވުމާއި ކެލަރީ ފަސޭހައިން އަންދާލައި އެ ހަކަތަ އަށް ބަދަލުކޮށް ދޭނެ އެވެ.

* ހަކުރުބަލިން ދުރުކޮށްދިނުން

ރޭގަނޑު ކާ ގަޑި އަވަސްކުރުމާ އެކު އަބަދުވެސް ކާން ކަނޑައަޅާފައި އޮންނަ ގަޑީގައި ކާ ނަމަ މީހާ ޑިސިޕްލިންކޮށް ދޭނެ އެވެ. ތަރުތީބަކުން މިކަން ކުރާ ނަމަ ކާނާ އަދި ނިދުމާ ދޭތެރޭ ވީހާ ވެސް ދުރުވާ ގޮތަށް ރޭގަނޑުހެ ކެއުން ނެގޭ ނަމަ ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް ކުޑަކޮށް ދޭނެ އެވެ.

ނިދުމުގެ ގަޑިއިރުތަކެއް ކުރިން ކާ ނަމަ ކެއި އެއްޗެހި ގުލުކޯޒަށް ބަދަލުކޮށްލަން ވަގުތު ލިބޭނެ އެވެ. އޭގެ ސަބަބުން ހަކުރުބަލީގެ ފުރުސަތު ކުޑަކޮށް ދޭނެ އެވެ.

* ނިދަން ފަސޭހަވުން

ރޭގަނޑު ކާ ގޮތަށް ނިދަން އަރައިފި ނަމަ ނިދަން ވަރަށް އުނދަގޫ ވާނެ އެވެ. މީހާ މާ ބޮޑަށް ބަރުހެލިވެ، ކެއި އެއްޗެހި ރަނގަޅަށް ހަޖަމުނުވެ ހުރުމުން އުޅެން ޖެހޭނީ ބަނޑުގެ އުނދަގޫތަކުގަ އެވެ. އެހެންވެ އެންމެ ރައްތާތެރި ގޮތަކީ ތަކުރާރުކޮށް ފާހަގަކޮށްފައިވާ ގޮތަށް ނިދުމާ ވީހާ ދުރުވާ ގޮތަށް، ރޭގަނޑުގެ ކެއުން އަވަސްކުރުމެވެ.

އޭރުން ހެނދުނު ހޭލާ އިރު ހަކަތައާ އެކު ހަށިގަނޑުގައި ތާޒާކަން ހުންނާނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

31 January 2021

ކިތަންމެހާވެސް ރަނގަޅު ވާހަކަތައް. ހިތާމަޔަކީ ތިކަހަލަ ވާހަކަ އަޑުއަހައި އެއަށް އަމަލުކުރާމީހުން މަދުވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454