31 ޖެނުއަރީ 2021 - 07:30
އޮސްޓްރޭލިއާގެ މިހާރުގެ އާ "ސެލެބްރިޓީ" އަކީ އަސްދޫންޏެކެވެ. މިއީ އާދައިގެ އަސްދޫންޏެއް ނޫނެވެ. "ޑަކް" އާންމުންގެ ސަމާލުކަން ހޯދީ ސާފިންގެ ހުނަރު ދައްކާލައިގެންނެވެ. އެހެންވެ އޭތި މިހާރު މަޝްހޫރީ "ސާފިން ޑަކް" ގެ ނަމުގަ އެވެ. އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓަށްދާ މީހުންގެ ސަމާލުކަން މިހާރު ލިބެނީ މި އަސްދޫންޏަށެވެ.
ހުދު ކުލައިގެ މި އަސްދޫންޏަކީ މިދިޔަ އަހަރު ލޮކްޑައުން ތެރޭގައި ކޭޓް މިލާ ކިޔާ މީހަކު ޕެޓެއްގެ ގޮތުގައި ގެންގުޅެން ފެށި އެއްޗެކެވެ. އަދި އުމުރުން އެންމެ އަށެއްކަ މަސްވީ އަސްދޫންޏަށް ލިބުނު ސަމާލުކަމާ އެކު އޭނާ ވެސް ހުރީ އަންތަރީސްވެފަ އެވެ.
"އަހަރެން ޑަކް މޫދަށް ގެންދަން ފެށި ފަހުން އަބަދު ވެސް މޫދުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ތަން ފެނުނީ. ދެން ބޮޑުވާ ވަރަކަށް ރާޅުތަކުގެ ތެރޭގައި ހަމަ ވަރަށް ފޯރިގައި ރާޅާ އަޅާތަން ފާހަގަވާން ފެށީ،" ބީބީސީ އަށް ކޭޓް ބުންޏެވެ. "މިހާރު ގޯލްޑް ކޯސްޓްގެ ބީޗަށްދާ އެންމެންގެ ސަމާލުކަން ވެސް އަތުލަނީ ޑަކް. ކުރިއަކުން މިއީ އުންމީދުކުރި ކަހަލަ ކަމެއް ވެސް ނޫން."
އޭނާ ބުނިގޮތުގައި "ޑަކް" މިހާރު ބޮޑު ސެލެބްރިޓީއަކަށްވެ، އޭގެ ހުނަރު ބަލައިލަން ގިނަ ބަޔަކު ޝައުގުވެރިވާތީ އެކަމާ ވަރަށް އުފާވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
31 January 2021
މިކަން ދެންދިވެހިން ވެސްކުރަން ފެނެއެވެ.