މާލެ: ޖޫން 6، 2020: އެޗްޕީއޭ އިން މޭ މަހު 28 ގައި ލޮކްޑައުން އަށް ދިން ލުޔާއެކު، މާލެތެރެ ހަލަބޮލިވުން.-- ފޮޓޯ: ނިޝާން އަލީ، އަހުމަދު އަވްޝަން / މިހާރު
01 ފެބުރުއަރީ 2021 - 17:29
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އާއްމު ހިދުމަތްދޭ ތަންތަނުގެ ހާލަތު ބަލަން މާސް އިންސްޕެކްޝަނެއް ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށް އެކުލަވައިލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުން އަންނަކަން ނުވަތަ ނޫންކަން ދެނެގަތުމަށް ޓަކައި، އާއްމު ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުން ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގައި ކަމަށެވެ. ފުލުހުންގެ އެހީގައި ކުރިއަށް ގެންދާ، އެ އިންސްޕެކްޝަން ފަށާނެ ވަކި ދުވަހެއް ނުބުނެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭތަންތަނާއި ފިހާރަތަކާއި މާރުކޭޓްތައް އަދި ސެލޫންތަކާއި ފިޓްނަަސް ސެންޓަރުތައް މިފަހަރުގެ އިންސްޕެކްޝަންގައި ވެސް ބަލާނެކަމަށާއި އާއްމު ދަތުރުފަތުރުގެ ހިދުމަތްދޭ އުޅަނދުތައް ވެސް މިފަހަރުގެ އިންޕެކްޝަންގައި ބަލާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ވެސް ބުންޏެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އެ އިދާރާއިން އެކުލަަވައިލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އެ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މަދުވުމަށް ފަހު އަލުން އިތުރުވާން ފެށީ މިދިޔަ ޑިސެމްބަރުމަހު އެވެ. އެހެން ނަމަވެސް އޭރު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ހުރީ 100 އިން ދަށުގަ އެވެ. އެހެން ނަމަވެސް އެބަލީގެ ކޭސްތައް އިތުރުވެ، ކޮންމެ ދުވަހަކު އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 100 އިން މަތީގަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 14،139 އެވެ. އެބަލީގައި މަރުވިމީހުންގެ އަދަދަކީ 51 އެވެ. މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން އެބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 163 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
02 February 2021
އެއީކީއްކުރަން މީއެވަރު ކަމެއްނޫން އާދައިގެ ރޯގާއެއް ރަޖާއަޅާކައް ނުޖެހޭނެ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
02 February 2021
އިނިސް ޕެކްޝަން އޯކޭ. ކަސްޓަމަރު ނަތީޖާއަށް ޝައްކުވެ ރިޕީޓް ތެސްޓްއަކަށް އެދުމުން ފީއެއް ނަންގަވާ ރިޕީޓް ޓެސްޓްއަށް ފުރުސަތު ދެއްވާ. 3000 ޓެސްޓްއިން 100 ޕޮސިޓިވް ސިމްޓަމްސް ނެތިސް ޝަކުވާ ގިނަ އިންތިހާ. ސައެންސް ޓްކްނޮލޮޖީ ނުލާ ތިޔަ ކުރާ ކަރަންޓީން މަސްހުނިވެ ( ގަރަމް މަސާލާ ) ޓެގް ނާޅުވާތީ. ޓކްޓީމް ވަރަށް ސަލާމް
މޯޑް
02 February 2021
މުޒާހަރާ ކުރިއެއްމެން ސާމްފާލު ނަގައިފިންތަ. އެއީ ކޮވިޑް ފަތުރާ މީހުން ނަކީ
ބައިޑަން
01 February 2021
އަދި ކިރިޔާތަ ބަލަން އެނގުނީ؟؟؟؟
އަހުމަދުއަލޯ
01 February 2021
އަދިއަވަސް.
އޯނޯ
01 February 2021
ސަރުކާރު އޮފީސްތައް އިންސްޕެކްޓު ކޮށްބަލަ. ސައި ކޮޓަރިން، މީޓީންތަކުން، ބުރެކްފަސްޓުން އަދި ނުވިތާކަށް މަސްދަރުރަށް ފިޝް ޕާޓީ ކިޔައިގެން އޮބިނޯވޭ.
ގައިޑް
01 February 2021
ގައިޑްލައިން ލިޔެލިނަމަ ފުރިހަމަވީސް
ސީޒަން ޖެކުހަން
01 February 2021
ބަޑިހިފައިން ސިފައިންލައްވާ ތިޔަކުރަންއުޅޭ އިސްޕެކްޝަނެއް ކުރަން ގޮވާލަން. ތިހެންއަދި ބަލާލިޔަކަސް ރައްޔިތުން މައިތިރިއެއްނުވާނެ.
ވިލްދާ
01 February 2021
މާލަސްވެއްޖެ ނޫންތަ..އެޗްޕީއޭ ގަވައިދަށް އަ މަލުކުރަނީ މަދުތަނެއް..
ޖަމަލު
01 February 2021
ބޮޑުބެރު މިއުޒިކު ޝޯތައް ދިޔައީ ގައިޑްލައިނާ ހިލާފަށް. ކަންމަތީ ޖަމިއްޔަތަކުން ސިނގެރޭޓު ބޯން ތިބެނީ ގޭންގް ހަދާފަ އެންމެން މޫނަށް ދުން ބުރުވަން. މިނިސްޓްރީއެއްގެ ބޮޑު ޕްރޮޖެކްޓަކުން އައި މީހާ ރަށެއްގަ ސަކަރާތަކަަށް ބެޑްމިންޓަން ކުޅެފަ އައިއިރު މިއެނގުނީ ޕޮސިޓިވު ކަން. ދެން މިހެން ކަންހުރި އިރު މީގަ ތިޔަކިޔާ އިންސްޕެކްޝަނަކުން ގޯސްވާނީ ހަމަ ނިކަމެތި ރައްޔިތު މީހާ. މިއީ ދިވެހިރާއްޖެ