މާލޭގެ ގެއަކން ވައްކަންކޮށްފައިވާތީ ދެމީހަކު ހޯދަން ފުލުހުން އާއްމުކުރި ވީޑިއޯގެ މަންޒަރެއް.
02 ފެބުރުއަރީ 2021 - 14:27
މާލޭގެ ގެއެއްގެ ރެކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްްފި އެވެ.
އެ ވީޑިއޯއިން ފެންނަނީ ދެ މީހަކު ގެއަކަށް ވަދެ، ރެކެއްގައި ހުރި ފައިވާންތަކަކާއި ބޫޓްތަކެއް ނަަގައިގެން ގެންދާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ރެކްގައި ގިނަ އަދަދެއްގެ ފައިވާނާއި ބޫޓު ހުރި ނަމަވެސް އެ މީހުން ނެގީ މަދު އަދަދެއްގެ އެއްޗިއްސެވެ.
އެގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ދެމީހުންގެ ތެރެއިން އެކަކު ލައިގެން ހުރީ ބެލެވޭ ގޮތުގައި މާލޭގެ ފިހާރައެއް ނުވަތަ ކެފޭ/ރެސްޓޯރެންޓެއްގެ ޔުނިފޯމެއްގެ ގޮތުގައި ބޭނުންކުރާ ޓީޝާޓެވެ. ޓީޝާޓްގެ ފަހަރުތުގައި ނަމެއް ޖަހާފައި ކުރިމަތީގައި ލޯގޯއެއް ހުރި ނަމަވެސް ވީޑިއޯ ނުސާފުކަމުން އެއީ ކޮންތަނެއްގެ ނަމެއް ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ ވީޑިއޯއިންް ފެންނަ ދެމީހުން ހޯދަނީ މާފަންނުގައި ހުރި ގެއަކުން ވައްކަންކުރި މައްސަލައެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
02 February 2021
އަވަސް ތަހުގީގް އަވަސް ނިޔާ ނެތް ނަމަ ގޯތި ގެދޮރު ރެސޯޓް މައްސަލަ ބަދަލުދޭ މައްސަލަތަކު މައްޗަށް މުއްދަތު ޖަހާ މަޖިލިސް މައްޗަށް ތިޔަޒާތު ކަން ކަން ވިއަވެ ގުނަވެ ފުނިޖެހި މަސްހުނިވެ ނުވާނެތޯ.
ޕަބްލޯ
02 February 2021
ރަސްގެފާނުގެ އަންހެންދަރީގެ ފައިވާނުގެ އަނެއްކިބަ ހޯދަނީ ކަމަށް ވާނީ
މާކަނާމާ
02 February 2021
ކޮބައިތަ ފުލުހުން؟ ޔުނިފޯމް ލައިގެން ސްކޫލު ދޮށުގަ ނުހިނގާ ފަތިސް ގަޑީގަ ރަށުތެރޭ ހިނގާބަލަ ބަރިއަކަށް.
މުރަމާސާ
02 February 2021
ދެނޮ؟ ތިހެންވެއްޖެއްޔާ ދެން ސްޓިކާޖަހާ ޓްރެފިކް ޖޫރިމަނާ ކުރަނީ މާކަނާމާ މަންމަތަ؟