ޗައިނާގެ ސައިނޯފާމް ވެކްސިން. މިބާވަތުގެ 5000 ޑޯޒް ރާއްޖެއަށް ވަނީ ލިބިފައި. ފޮޓޯ:ސީޖީޓީއެން.
02 ފެބުރުއަރީ 2021 - 23:19
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ ނެޝަނަލް ފާމަކިއުޓިކަލް ގްރޫޕުން އުފެއްދި "ސައިނޯފާމް" ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެެވެ.
މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒު ރާއްޖެ އަށް ހަދިޔާކުރީ ހެޔޮއެދޭ ފަރާތަކުން ކަމަށެވެ. ނަމަވެސް އެ ވެކްސިން ހަދިޔާކުރީ ސީދާ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މިއީ، ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިނެއް ނޫނެވެ.
"އިއްޔެގައި އަަޅުގަނޑުމެންނަށް މި ވަނީ ފަސްހާސް ޑޯޒު ވެކްސިން ލިބިފައި. ހެޔޮ އެދޭ ފަރާތަކުން ދެއްވި ޑޮނޭޝަންއެއް އެއީ. ސައިނޯ ފާމުން އަޅުގަނޑުމެންނަށް [ވެކްސިން] ލިބިފައި މި އޮތީ،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައިނޯފާމް ވެކްސިނާ ބެހޭ ގޮތުން އިތުރަށް އެއްްކުރަން ޖެހޭ މައުލޫމާތު އެއްކުރުމަށް ފަހު، އެ ވެކްސިން ދިނުމާ މެދު ގޮތެއް ނިންމާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަމަށެވެ.
ޗައިނާގެ ވެކްސިން ދޭން ބައެއް ގައުމުތަކުގައި މިހާރު ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ. ޗައިނާ އިން ވަނީ އެ ވެކްސިންގެ ފަސް ލައްކަ ޑޯޒު ޕާކިސްތާނަށް ވެސް ހަދިޔާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ވެކްސިންދޭ ން ފެށީ އިއްޔެ އެވެ. އެޗްޕީއޭއިން ބުނިގޮތުގައި އިއްޔެ 282 މީހަކަށް އަދި މިއަދު 554 މީހަކަށް ރާއްޖޭގައި ވެކްސިން ދިނެވެ.
ރާއްޖޭގައި ކޮވިޑްގެ ވެކްސިން ޖަހަން ފެށީ އިންޑިއާ އިން އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކުރުމުންނެވެ، އެ ގައުމުން ރާއްޖެއަށް ދިނީ އިނގިރޭސި ވިލާތުގެ އެސްޓްރަޒެނެކާ ވެކްސިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިފުރާޅު އަލި
03 February 2021
ކޮމެންޓު ކުރި މީހުން ތެރޭ ޗައުޅާއިންގެ ފީ ކުކުޅު ބިހާ ހެދި މޮޔަވެފަ ތިބި ބައިގަނޑެއް އުޅޭކަން މިހާރު ވަރަށް ސާފު!! ހަދިޔާކުރި50005 ޑޯޒުވެސް ހަމަ އެއްފަހަރާ މި ބައިގަނޑަށް ޖަހާލަންވީ!!
ޕީޕީއެމް
03 February 2021
މި ވެކްސިން ރައީސް ޔާމީނާއި މެޑަމް ޖައްސަވަން އެންގެވީމަ ނޫނީ ނުޖަހާނަން.
މައުލޫމާތުކޮބާ
03 February 2021
މިއީ ކިތައް ޑޯޒުންޖަހާ ވެކްސިނެއްކަންވެސް ނެތް ލިއެލާފައެއް. ދެންވީ ގޫގްލްކުރަން؟
ސައިޚް
03 February 2021
އަވަހައް ސިއްދީގުގައަށް އަދުރޭ ގައަށް މުންދު ގައަށް އަދި ސިޔާމް ގައަށް ޗައިނާ އިންޖެކްސަން ޖަހާލާ،
ސަލިކުރ
03 February 2021
ޗައިނާގަހަދާއެއްޗެއް ޖަހަންޖެހިލުން ވަނީސަބެއް ނެތިއެއްނޫން!ޗައިނާގަހަދާ ކުޑަކުދިންގެ ކާނާއައްއެގައުމުގެ ރައްޔިތުން އިތުބާރު ނުކުރޭ! ޔޫރަފުގެ ކުޑަކުދިން ކާނާއުފައްދާ ފެޓުރީއަކުން ކާނާހެދިޔަސް ޗައިނާގަ އެހަދަންޏާ އެމިހުން އެޔައް އިތުބާރުނުކުރެވެނީ ކީއްވެކަން އެގޭތޯ؟ ޔޫރަފުގެ ސުފަމާކެޓުތަކުން އެއްފަހާރާ އެހާގިނަ ކުޑަކުދިންގެ ކާނާ ނުގަނެވެނީ ޔޫރަފުގަ ތިބޭޗައިނާ ބައެއްނީމީހުން އެކާނާތައް އެއްފަހާރާގަނެގެން އަގުބޮކޮއް ބުލެކުމާކެޓުގަޗައިނާޔައްވިކާތި
ޖެޔޯ
03 February 2021
ޗައިނާގަ ހަދާ އެއްޗެއްސަށް އިތުބާރުނުކުރެވޭ މީހުން ޖަހަން އެއޮތީ އިންޑިއާ ވެކްސިން. އެޖަހާބަލަ މާބޮޑަށް އަނގަބޮޑުނުކޮށް. އެންމެންނަށްވެސް އެނގޭ ޗައިނާއަކީ ފޭކް އެއްޗެހި އުފެއްދުމުގައި ކުރީގައި އުޅޭ ގައުމެއްކަން. މި ވެކްސިންވެސް އެހެން އުފައްދައިގެން އުޅޭކަން. އެކަމު މިވެކްސިންގެ ފޭކްކަން ބެލުމުގެ ޒިންމާ އޮންނާނީ އެއާ މިގައުމުން ހަވާލުވެގެން ތިބި ސިއްހީ ބޮޑެތި މީހުންނަށް.
ހޭވިހަޑި
03 February 2021
ރައީސް ޔާމީނަށްޓަކާ މިއަދު ޕީޕީއެމް ކުދިން ފަޚުރުވެރިވާނެ.
މުފައްކިރު.
03 February 2021
ފަޚުރުވެރިވާވަރުވޭ. ޗައިނާއާ ގުޅުން އޮތްނަމަ ދިވެހި ރައްޔަތުންނަށް ވެކްސިން ދިނުމަށް އެންމެ ލޯލާރިއެއްވެސް ޚަރަދު ކުރަން ނުޖެހޭނެ. ޔަގީން ކަމެއް.
ހާސަރު
03 February 2021
ތިޔައީ ވަރަށް ރަގަޅަށް ވެފައޮތް ކަމެއް ތި ޚާއްސަކުރަންވާނީ ޕިންކް ކުދިންނަށް އޭރުން އެކުދިންވެސް ރުހި އެންމެންނަށް ވެކްސިން ދެވި މިކަމުން ސަލާމަތްވާނީ ،
ކޮޔާ
03 February 2021
ޗައިނާގެ ސައިނޯޕާމްގެ ވެކްސިންއަކީ އިންއެކްޓިވޭޓަޑް ވެކްސިނެއް. އިންޑިޔާއިން އުފެއްދި ކޮވިޝީލްޑަކީ ރީކޮންބިނަންޓް ވެކްސިނެއް. ޢަހަރެމެން އެންމެ ކުރިއްސުރެ ޖަހަމުންދިޔަ ގިނަ ވެކްސިންތަކަކީ އިންއެކްޓިވޭޓަޑް ވެކްސިންސް. ޜީކޮންބިނަންޓް ވެކްސިންއަކީ ތަންކޮޅެއް އާއެއްޗެއް. ޗައިނާ އިންޑިޔާ ނުކިޔާ އިންޓަލިޖެންޓް ވިސްނުމަކުން ވިސްނާބަލަ.
ފިނރުޓޭ
03 February 2021
މި ވެސް ހަމަ ވަރަށް ފައްކާ ވެކްސިނެއް ކަމަށް ބެލެވޭ ވެކްސިނެއް! މީ ހަމަ ޖަހަން އެންމެ ރަނގަޅު ވެކްސިނެއް ކަމަށް ބެެލެވެނީ! ކޮން ބަޔަކަށް މި ވެކްސިން ޖަހާނީ!
މުހައްމާ
03 February 2021
ޗައިނާއިން 92000 ޑޯޒު ނުފޮނުވީ ކީއްވެބާ! އެވަރު ފޮނުވިނަމަ މައްސަލަ ޖައްސާ ކުދީންގެ ވެކްސިން ހަމަވާނެ ތަ!
ކުހައްމާ
03 February 2021
ޗައިނާއިން ވެކްސިން ބޭނުންވާކަން މިގައުމުން އިޝާރާތެއް ކޮށްލައިގެންތާ އެމީހުންވެސް ވެކްސިން ފޮނުވާނީ. މަތިންބައިންޖެހިގެން ޗައިނާއަށް ވެކްސިން ފޮނުވާކަށް ނުކެރޭނެ އިންޑިއާގެ ގޮދަޑި ދަށަށް އަދބަދު ވަދެ ރާއްޖެ ތިބޭއިރު.
މުފައްކިރު.
03 February 2021
އިންޑިއާ އަށް ބަހާ ޢަމަލުން މާލިއްޔަތާ އަސްކަރީ ގާބިލްކަމުން ދަރާފަ އޮތީކަމަށްހީވޭ.