05 ފެބުރުއަރީ 2021 - 10:22
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 160 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމަޔަށް އައި ޓޫރިސްޓުންގެ ނިސްބަތުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 0.09 ޕަސެންޓު މީހުންނެވެ. މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 99،397 ޓޫރިސްޓުންނެވެ. އެހެންކަމުން، މިވަގުތު އެކްޓިވް ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ކޮވިޑް ޖެހިފައިތިބި 90 ޓޫރިސްޓުން އެބަތިއްބެވެ. މި މުއްދަތުގައި ކޮވިޑަށް ޕޮޒިޓިވްވި ޓޫރިސްޓުންގެ ތެރެއިން 70 ޓޫރިސްޓުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިދިޔަ އަހަރު ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން ނިސްބަތުން އެންމެ ގިނަ ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު އައި 9،000 ޓޫރިސްޓުންގެ ތެރެއިން 34 ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އެއް މަހެއްގައި ޕޮޒިޓިވްވެފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެމަހު 73 ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މިދިޔަ މަހު ރާއްޖެއަށް 92،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ފެށުނު އިރު ކުރިމަތިވި ކޮވިޑް ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހަތަރު މަހެއްހާ ދުވަހަށް ފަހު ހުޅުވި އިރު ރާއްޖެވީ އެންމެ ފުރަތަމަ ބޯޑަރު ހުޅުވައިލި އެއް ގައުމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ ފަސް ލައްކަ ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
05 February 2021
160ޓޫރިސްޓުން ކޮރޯނާ އެތެރެ ކުރީމާ ކިތަށް ދިވެހިންނަށް ކޮރޯނާ ޖެހޭކަން ކަލޭމެނަށް ސާފު ކޮށްނުދެވި " އަދި" ކިއަސް ދެކޮޅެއް ނުޖެހޭނެ !
ރާވެރިބޭބެ
05 February 2021
160 ÷ 36 ދުވަސް ... ދުވާލަކަށް އެވްރެޖްކޮށް އެއްމެ 4 ނުވަތަ 5 ފަތުރުވެރިން ...
ފަހުދު
05 February 2021
މިއަހަރު އަދި ފާއިތުވީ 35 ދުވަސް. އެހެންވީމަ އެއީ ކޮންމެ ދުވަހަކު 5 ޓޫރިސްޓުން
ދިވެހީން
05 February 2021
ރިސޯޓް ތަކުގެ މިސްކިތްތައް ބަންދު ކޮށްގެން އެޗްޕީ އޭ ގެ މަގްސަދު ހާސިލް ވޭތޯ؟ ކޮބާ އަހަރުމެންގެ އިންސާނީ އަދި އިސްލާމީ ހައްގު ތައް؟
މިއަހަރު
05 February 2021
މި އަހަރު "އަދި".. "އަދި" އޭ ކިޔާ ވަރަށްވުރެން މި އަހަރުން އަދި ދުވަސްތަކެއް ދިޔަހެނެއް ހިޔެއްނުވޭ. 1 މަސް ތެރޭ 160 ޓުއަރިސްޓުން ޕޮޒިޓިވް ވުން އެއީ ދެރަވަރުކަމެއް. މާނައަކީ ބަލިޖެހި ހުރެ ރާއްޖެ އެތެރެވެވުނުކަން ރެކޯޑުކުރެވިފައިވަނީ 160 މީހުންނޭ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ މީހެއްގެ ފުށުންވެސް އެތައްސަތޭކަ ނުވާތަ ހާހެއްހާ މީހުންނަށް ބަލިޖެފިފައިވާކަންވެސް ފާހަގަވޭ.
އަހުމަދު323
05 February 2021
ވަރަށް ރަނގަޅު ވާހަކައެއް!!
ނުއަހަރު
05 February 2021
އެޗްޕީއޭއިން ބުނާ ގޮތުންނަމަ ފަތުރުވެރިން ރާއްޖެއިން ފުރާއިރު ހަދާ ޓެސްޓުން ގިނައިން ޕޮޒިޓިވްވަނީ. އެހެންވީމަ އެމީހުން ބަލި ހިފައިގެން އަންނަނީތޯ ނޫނީ އެމީހުން އަންނަ ރިޒޯޓްތަކުގަ ކޮވިޑް އޮވެ ފަތުރުވެރިންނަށް ޖެހެނީތޯ އެއީވެސް ސާފުވާކަމެއް ނޫން. މިގައުމުގައި ބަލިޖެހޭ މީހުންގެ އަލާމާތްނެތް މީހުން އެހާ ގިނަވީމަ ރިޒޯޓެއްގަ ކޮވިޑް އޮތަސް ނޭނގިދާނެ.