މާލެ: ޖޫން 15، 2020: ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަނެއްގައި ތިބި ބައެއްގެ ރެންޑަމް ސާމްޕަލް ނަގަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު
06 ފެބުރުއަރީ 2021 - 22:39
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް މާ ބޮޑަށް އިތުރުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރިތާ ހަތަރު ދުވަސްވީ އިރުވެސް ކޭސްތައް މަދުނުވެ، މިދިޔަަ 24 ގަޑި އިރުގެ ތެރޭގައި ވެސް 109 މީހަކު އެބައްޔަށް އަލަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ،އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 109 މީހަކު އެބައްޔަށް ޕޮޒިޓިވްވި އެވެ. އެއީ 3،220 ސާމްޕަލެއްގެ ތެރެއިންނެވެ.
އެޗްޕީއޭއިން ބުނިގޮތުގައި އޭގެ ތެރެއިން 78 މީހުންނަަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. މީހުން އުޅޭ އެހެން ރަށްރަށުގައި ތިބި 11 މީހަކާއި ރިސޯޓްތަކުގައި ތިބި 20 މީހަކު ވެސް މި 24 ގަޑި އިރުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ.
މިއަދުގެ ކޭސްތަކާ އެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،039 އެވެ. ހޮސްޕިޓަލްތަކުގައި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 207 މީހުންނެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 16،656 އެވެ. އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދަކީ 54 އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގަމުން އަންނަ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މިއަދު 2،575 މީހަކު ވެކްސިން ޖެހި އެވެ. ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ މިހާރު 6،854 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
07 February 2021
6854 މީހުނަށް ވެކްސިން ދެވިއްޖެ. މިވަރަށް ވެކްސިން ދިންއިރު މިހާތަނަށް މައްސަލައެއް ޖެހިގެން އެއްވެސް މީހަކު ޝަކުވާ ކުރިތަ؟ ނުވަތަ ނުކުރަނީތަ؟ މީޑިއާއިންވެސް މިފަދަ ޚަބަރެއް ނުއިވޭ.
މޫސާފުޅު
07 February 2021
މި ޒަމާނުގައި ތިޔަކަހަލަ ޚަބަރެއް ނުއިވެނީ ވެކްސިންޖެހި މީހުންނަށް މާބޮޑު މައްސަލައެއް ނޫލޭތީ ކަމަށް ބެލެވެނީ! ކަމެއް ވީނަމަ ސޯސަލްމީޑިއާ ފުރިފައި އޮންނާނީ އެވާހަކައިން.