ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ލޯކަލް އިންތިޚާބު: އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ކައުންސިލްގެ ގޮނޑި ކަށަވަރުވެއްޖެ

އައްޑޫ ސިޓީ ކައުންސިލް ހިތަދޫ ކޮރުވަލު ދާއިރާ އަށްވާދަކުރާ އިބްރާހީމް ޝިނާޒް މޫސާ(ކ) އާއި ހުޅުދޫ ދާއިރާ އަށް ނުކުންނަ ހުސެއިން ފައިޒުއްރަހްމާން

ނުބޭއްވި ދިގުލައިގެން ލަސްވެފައިވާ މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ އެވެ.

އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގޮނޑި ކަށަވަރުވީ އެމްޑީޕީގެ ޓިކެޓްގައި ހިތަދޫ ކޮރުވަލު ދާއިރާ އަށް ވާދަކުރާ އިބްރާހީމް ޝިނާޒް މޫސާ އާއި ހުޅުދޫ ދާއިރާ އަށް ނުކުންނަ ހުސެއިން ފައިޒުއްރަހްމާނެވެ.

އެ ދެ މީހުންނަށް ގޮނޑި ކަށަވަރުވީ އެ މީހުން ވާދަކުރާ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުންނެވެ.

ޝިނާޒް ވާދަކުރާ ދާއިރާގެ ގޮނޑި އަށް އޭނާ އަށް ކަށަވަރުވީ އެ ދާއިރާ އަށް ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޖިނާން (ޖިންކޯ) ނަން ގެންދިއުމުންނެވެ. ފައުޒު ވާދަކުރާ ދާއިރާގެ ގޮނޑި އޭނާ އަށް ކަށަވަރުވި އިރު އެ ދާއިރާ އަށް ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ދެ ކެންޑިޑޭޓަކު ވާދަކުރި އެވެ.

LC Inthihaab ge campaign MDP in Addu gai mi fashanee MDP ah kashavaru vefaivaa council ge 03 gondi aai eku. Iraadha...

Posted by Ali Nizar on Sunday, February 14, 2021

ޝިނާޒަކީ ކުރިން ކައުންސިލްގެ ދަށުން ހިތަދޫ އަވަށު ބޯޑްގެ ރައީސްކަން ކޮށްފައިވާ މީހެކެވެ.

ޝިނާޒާއި ފައުޒުގެ އިތުރުން ކުރިން ވެސް ކައުންސިލަށް ވާދަކުރާ އެހެން ދާއިރާގެ ގޮނޑި ކެންޑިޑޭޓަކަށް ކަށަވަރުވެފައިވެ އެވެ. އެއީ ހިތަދޫ ބޭރުމަތި ދާއިރާ އަށް ވާދަކުރާ މަރިޔަމް ސައީދެވެ.

އައްޑޫ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމުން އެ މަގާމަށް ނުކުންނަނީ މުހައްމަދު ލަތީފު (ވޮލީ ލަތީފު) އެވެ.

މިހާރު ހަތް މެމްބަރުން ތިއްބަވާ އައްޑޫ ސިޓީ ކައުލްސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބުކުރާނީ 13 ކައުންސިލަރުންނެވެ.

18 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 6%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭއެން

15 February 2021

އަރުތަ އޯކޭތަ

The name is already taken The name is available. Register?

ސިމެންތި

15 February 2021

ލަރީގެ ހުރި ބާރުގަދަކަން މިފެންނަނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 February 2021

ކައުންސިލްތަކުގެ ޤާނޫނުގައިހުރި 21 ވަނަ ޤަރުނަށްނުފެތޭ މިފަދަ "ހޮޅިކަންކަން" އިސްލާޙްކުރާން ޤާނޫނުއަސާސީ ކޮށާ މަށާން ނަހަދާ ލާމަރުކަޒީޤާނޫނު އެއްކޮށް މުޅިން އާއެއްޗަކަށް ހަދާންޖެހޭ. # މިގޮތުން އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށްހިންގުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެ ހިމަނައި)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ 3 ސަރަޙައްދު ތަކަށް ޤަވަރުނަރުން އިންތިޙާބު ކުރަން ފުރުސަތު ދެއްވާ

The name is already taken The name is available. Register?

ޖަމަލި

15 February 2021

މިކަަހަލަ ހާލަތުގައި ފެންނަށް/ނުފެންނަށް ވޯޓެއް އޮތުން މުހިއްމު.

The name is already taken The name is available. Register?

އަހުމަދު ފަތުހު

15 February 2021

މީ އަމާބުނީތީ ފަރައްދާ އުސޫލުން ގާނޫނުތައް ހެދީމަ ވާގޮތް. އެއްކެޑިޑޭޓް ހުރިއްޔާ ދާއިރާ މީހުންގެ ފެންނަ ނުފެންނަ ވޯޓް ދޯ ނަގަންޖެހޭނީ. ހަމަ އެދާއިރާގެ އެންމެންގެ ރުހުން ނުލިބެއްޖެނަމަ އަލުން ހުޅުވާލާގޮތައް ދޯ އޮންނަންޖެހޭނީ. މިޙަރު 1 ކެޑިޑޭޓް ވިއްޔާ ދާއިރާ މީހުންގެ ރުހުން ނެތަސް ގޮޑިކަށްވަރުވީމަ ރައްޔިތުންގެ ބައިވެރިވުމެއް މިޔަކު ނެތް. މޮޔަމީހުން ހަދާ ގާނޫނުތައް މީ

The name is already taken The name is available. Register?

ފޭލިދޭމީހާ

15 February 2021

މަރުހަބާ ޝިނާޒް. 2003 ގަ އެމްޑީޕީ އުފެދުނީއްސުރެ ބޭއްވި ކޮންމެ ކައުންސިލްގެ، އަދި މަޖިލިސްގެ އިންތިހާބެއްގައި އަދި އޭގެ ޕްރައިމަރީގައި ވާދަކޮށް ރައްޔިތުންގެ ވޯޓުން ދަނީ ފަހަތުން އެއްވަނައަށް. މިފަހަރު ތިއޮތީ ވޯޓެއްނެތި ހޮވިފައި. ހެޔޮ ގޮތުގައި މަޤާމުގެ ބޭނުން ކުރަން ނަސޭޙަތްތެރިވަން.

The name is already taken The name is available. Register?

އެހެ

15 February 2021

80% ލިބޭނެކަމަށް ބުނާ ގޮތުގެ އެއް މިސާލު އެ ފެންނަނީ.

The name is already taken The name is available. Register?

އެޗްއެމް

15 February 2021

އައްޑޫގަ ރީދޫ ކުލަ ޖެހުނީ މައުމޫނިޒަމް ނައްތާލަން އުޅުމުގަ. މިހާރު ދެން ވަކި ކުލައަކަށް ތައީދު ކުރެވޭނީ ނަތީޖާ ނެރޭވަރަކުން. ރީދޫ ކުލަ ފަނޑުވާން ފަށާފަ އޮތް މިދަނޑިވަޅުގަ ވާދަކުރާނެ ކެންޑިޑޭޓުން ނެތުމަކީ ދެރަކަމެއް. އަބްދުއްރަހީމުމެން ޕާޓީނަގާ ކޮޅައްޖެހުމުގެ ބަދަލުގަ ޖަލުގަ އޮތްމީހަކު ސަލާމަތްނުކުރެވިގެން ތިއުޅެނީ. އެކެއްގެ ވަށައިގެން އެނބުރޭ ޕާޓީތައް އެމީހަކާއެކީ ނިމިގެންދާނެ.

The name is already taken The name is available. Register?

ދަރީ

15 February 2021

ސުޕްރީމްކޯޓުން ބަޔަކަށް ވެރިކަން ދިންތަނާ، ދެން ފެށިގެންދިޔަ ފިތުނަގަނޑުވެސް އަޅުގަނޑުމެންދެކުނީމުއެވެ! ވަކި ކުރި ނައިބު މިއަދު އޭރުގެ ރައީސްގެ ވަކީލަކަށް ވެހުރެ މިއަދު ސުޕްރީމްކޯޓުގައި އެ ބުނީ އޭރުގަ ރައީސް ކަންކުރީ ރަނގަޅަށް ނޫނެވެ! ދެން މީނާ އެ ރައީސް ސަލާމަތްކުރަން އަޅެފަހެ އުޅޭނެކަމަށް ޤަބޫލުކުރާނެމީހުން އުޅޭތީ މަހަމަ ހައިރާނެވެ! ގަމާރީ މަދޯއެވެ... ރ.ނަޝީދާ ރ.މައުމޫން އެއްގަލަށް ނާރާ ކަމެއް މިހާރަކު ނެތެވެ!

The name is already taken The name is available. Register?

ބޮލުރޮނދި

15 February 2021

ދެން ބުނޭ އެމްޑީޕީ އިން 100% ގޮޑި ކާމިޔާބުކޮށްފިއޭ. ބަލަ މިހެން ދިމާވެއްޖެނަމަ އެއްކެންޑިޑޭޓަކަށް ބުޅަލެއް ލާފަ އޮތަސް ގޮނޑި ލިބޭނެތާދޯ. މިއޮތީ މޮޅު ދެ އުޅިއެއްނުވާ ޕްރޮފެސަރުން ހަދާފަ ހުންނަ ގާނޫނުތަކުގެ ފޮނިމީރުކަން. މިކަމާ އެބުނާ މޮޅު ޑިމޮކްރަޓިކް ޕާޓީން ޗުއްޕުވެސް ނުބުނާނެ. އެއީ އެމީހުންގެ ނުކިޔަވާ އެކްޓިވިސްޓުންނަށް ގޮޑިތައް ހޯދާދޭން. ސުވާލަކީ މަހަކު ޓެކްސްފައިސާއިން 35 ރުފިޔާގެ މުސާރަދޭން ހަމަ މިގޮތަށް ރުހޭހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454