ހަބޭސް ބޮޑުބެރު ގްރޫޕުގެ މެމްބަރުން.-- ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް
10 ނޮވެމްބަރ 2016 - 06:09
ހަބޭސް ބޮޑުބެރު ގްރޫޕުން ވިދާލި އެތައް ލަވަކިޔުންތެރިންނަކާއި ބެރުޖެހުންތެރިންނެއް އެ ގްރޫޕު ދޫކޮށް ހިނގައްޖެ އެވެ. ނަމަވެސް އާ ބައިވެރިންނާ އެކު ރާއްޖޭގެ އެއް ނަމްބަރު ބޮޑު ބެރު ގްރޫޕްގެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ.
މިދިޔަ މަހު ހަބޭސް އިން ވަކިވި މެމްބަރުންގެ ތެރޭގައި، އެ ގްރޫޕުގެ ލީޑް ވޯކަލިސްޓް ހަސަން މުސްހަފު (މުސީ) ވެސް ހިމެނެ އެވެ. ލިބުނު ހުސްކަން އިތުރު ފުރިހަމަކަމާ އެކު ފޫބައްދައިދިނީ ބޮޑުބެރު ޗެލެންޖް މުބާރާތުން އެންމެ މޮޅު ލީޑް ވޯކަލިސްޓުގެ މަގާމް ހޯދާފައިވާ އިބްރާހިމް ޝާއިރު (ތާރޭ) އަދި 2011 ވަަނަ އަހަރު ވޮއިސް އޮފް މޯލްޑިވްސްގެ އެއްވަނަ މަގާމް ހޯދި ހަސަން ތޮލާގެވެ.
މޯލްޑިވިއަން އައިޑޮލްގެ ގަދަ ހަ ވަނަ މަގާމް ހޯދި "ރޮކްސްޓާ" އިބްރާހިމް މުއައްޒިން ވެސް ވަނީ ހަބޭސް ގްރޫޕާ ގުޅިފަ އެވެ.
ހަބޭސް ބޮޑުބެރު ގްރޫޕުގެ ޒުވާނުން މިއުޒިކް ޝޯއެއް ދެނީ: މި ގްރޫޕުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު". --ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނަނީ ހަބޭސް ކުރިއަށްވުރެ "މިހާރު މާ ހަބޭސް" ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގްރޫޕަށް ޒުވާން ވަރުގަދަ ލަވަކިޔުންތެރިންތަކެއް ގުޅިއްޖެ. ހަބޭސް ކުރިއަށްވުރެ މާ ހަބޭސްކޮށް ވަރުގަދަ ޝޯތަކެއް ދެމުން ކުރިއަށްދާނީ،" އައްޔަ ބުންޏެވެ.
އޭނާ ބުނީ ހަބޭސް ގްރޫޕަށް އަލަށް ގުޅުނު މެމްބަރުންނަށް ޓްރެއިނިންތައް ދެމުން އަންނަ ކަމަށާއި ކުރިއެރުންތަކެއް ފެންނަ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު ސްރީ ލަންކާގައި ބާއްވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) ހަފުލާގައި ވެސް ހަބޭސް ބޮޑުބެރު ގްރޫޕުގެ ރީތި ހުށަހެޅުންތައް ފެނިގެންދާނެކަމަށް އައްޔަ ބުންޏެވެ.
ހަބޭސް ބޮޑުބެރު ގްރޫޕުގެ މެމްބަރުން.-- ފޮޓޯ: ހަބޭސް ބޮޑުބެރު ގްރޫޕް
މެލޭޝިޔާގައި ވެސް މިއަހަރުގެ ތެރޭގައި ހަބޭސްގެ ޝޯއެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޔަ ބުންޏެވެ.
ހަބޭސް ގްރޫޕުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ މިސްރުގައި ބޭއްވި "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޯ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ޝޯއެއް ދީފަ އެވެ. އަދި ސައުންޑްސް އޮފް މޯލްޑިވްސް އިން އަންނަ އަހަރު ސިންގަޕޫރުގައި ބާއްވާ ފެސްޓިވަލްގައި ވެސް ޝޯއެއް ދިނުމަށް ފުރުސަތު ލިބިފައިވާކަމަށް ކަމަށް އައްޔަނ ބުންޏެެވެ.
ސްރީލަންކާގައި ބާއްވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ހަފުލާގައި ހަބޭސް ބޮޑުބެރު ގްރޫޕު ހުށަހެޅުމާގުޅޭ ބެނާއެއް
އަންނަ އަހަރު ހަބޭސްގެ ތިން އަލްބަމަކާއި މޯބައިލް އެޕްލިކޭޝަން ވެސް ލޯންޗުކުރަން ވަނީ ނިންމައިފަ އެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ފައިސާ ހޯދަން ވެސް ވަރުގަދަ ޝޯތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައްޔަ ބުންޏެވެ.
"ހަބޭސްގައި މިހާރުތިބި މެމްބަރުންނާ މެދު ވަރަށް ހިތްހަމަޖެހޭ. މިއަހަރުގެ ތެރޭގައި އަދިވެސް މި ގްރޫޕުގެ ސަޕޯޓަރުންނަށް ގިނ ޝޯތަކެއް ފެނިގެންދާނެ،" އައްޔަ ބުންޏެވެ.
ހަބޭސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. މިހާރު މެދުވެރިކޮށް ހަބޭސްގެ ސަޕޯޓަރުންނަށް، ހަބޭސް ގްރޫޕާ ގުޅޭ ފަހުގެ ޚަބަރުތައް ލިބެމުން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެކޭޖް
12 November 2016
ބޮޑުބެރު ގަވެސް ޕެކޭޖެއް އުޅޭ ވާހަކަ އަޑު އަހައިފިން.. އެކަނ އިނގޭ ކުޖެއް އެބަހުރިތަ؟؟ ޕެކޭޖް ގައި ހިމެނެނީ އެޝޯގެ ވީޑިއޯ ހިލޭ، ފޮޓޯ ހިލޭ، މާލެ ވިޔަސް ރާއްޖެ ތެރެވިޔަސް ރާއްޖެއިން ބޭރު ވިޔަސް އެތަނަކަށް ދިޔުން ވެސް ހިލޭ،، ފީ ނަގަނީ ހަމައެކަނި ބެރު ޖެހުމަށް.. އެވެސް 2000 ރުފިޔާކަމަށް..
އަސްލު
12 November 2016
އަސްލު މިާރު ގެޓޫވޭ ހަގީގަތް.. ކުރިން ދުވަހަކުވެސް ހަބޭސް ޕޭޖް އަކުން ނުދެކެން މަންޑޭމެނަށް ވިޝްކޮށް ހަދާތަނެއް.. އައްޔަގެ ޕްރޮފައިލްއަކުން ނުދެކެން މަންޑޭމެން ޝިނާ އަދި އެކީގަ ހަބޭސް ސްޓޫޑިއޯގަ މަޖާކޮށް ފޮޓޯނަގާތަނެއް.. ވަރަށް އުފާވޭ ރާޢްޖޭގެ އެންމެ މަޝްހޫރު ދެ ގްރޫޕްމީހުން އެހާ އެކުވެރިކޮށް އުޅޭތަން ފެނުނީމަ.. ގެޓް ވި އެއްޗަކީ ހަބޭސްއިން ކެނޑިގެން ދިޔަ މީހުންނާ ހެދިކަން ހަބޭސް އާ ހަރުބީ އެހާ ރުޅިވެރިކޮށް އެޅެން ޖެހިފަ އޮތީ...
ހަޖަމް
12 November 2016
އޅެ މަ ހިތައް އަރަނީ އެހެން ނޫހެއްގަވެސް ތިކިޔާ އަޑުއިވޭ 1438 ކޯ ކިޔާ ގްރޫޕްގެހަބަރެއް ޖެހި.. ބަޔަކަށް ހަޖަމް ނުވެގެން އެއަށް ކޮމެންޓްކުރާތަން ނުފެނޭ.. ހަބޭސް ގެ އާޓިކަލްއެއް ޖެހީމަ ބަޔަކު ހީވަނީ ފިތިގެން އުޅޭހެން.. ތިހެން ނޫޅެބަލަ ކުދިންނޭ.. މީސް މީހުންނަށް ލިބޭ ފުރުޞަތުގެ ސަބަބުން އެކަމާ ޖޭ ނުވެބަލަ..
ބިސްކޮޅު
11 November 2016
ހަބޭސް ގަ އެތިބީ ހަމަ އެންމެ ހަބޭސް ކުދިން މިހާރު.. މިހާރު މަ ދަންނަ ކުދިންވެސް އެބަތިބި.. ކުރީގަ އުޅުނު ގިނަ މީހުންނެއް ނޭގެ.. 1438ކަށްވެސް ގުޑްލަކް އެކަމު ބުނަން ހަބޭސް ވަރެއް ނުވާނެ.. ފުރަތަމަ "1438" ތީ އެހާ އަޅައިގަންނަ ކަހަލަ އެޓްރެކްޓިވް ނަމެއްވެސް ނޫން.. ތިއަށްވުރެ ސަޅި ނަމެއް ދިން ނަމަވެސް ތަންކޮޅެއް ރަގަޅުވީސް.. ސާބަހޭ ހަބޭސް..
ސާފީ
11 November 2016
ހަބޭސް ހަމަ ހަބޭސް
ފަރީ
10 November 2016
އަދި ކިރިޔާ ހަބޭސް ކިޔާ ބަޔަކު އުޅޭކަން މިއެގުނީ ވެސް ލޮލް
ާއަސްލު
10 November 2016
މާ ރީއްޗެއް ނޫން ދޯ ހަބޭސް އަައްޔައާ އިއްސެ މިސްރުގަ ކުރި ކަންތަށް
ސޭކު
10 November 2016
ކީއްތަ އަޅެ ކުރީ؟؟؟ ކެރޭނެ ބުނަން؟؟؟
ަައާތު
10 November 2016
މަ ކުރިން ހަރުބީގަ އުޅުނިން. އެކަމް މަ ނުލާ މިސްރަށް ދިޔައިމަ މަ ދެން ދިޔައީ ހަބޭސް އަށް. ދިޔައިމަ ހަބޭސް ވެސް މިސްރަށް ދަމުން ނުގެންދިޔަ. މިހާރު ހަބޭސް ގަވެސް ހަރުބީގަވެސް ނޫޅެން. ދެން މިހާރު ހަބޭސް ވެސް ހަރުބީ ވެސް ލަންކާ އަށް އެދަނީ. ސިންގަޕޫރަށް ހަބޭސް ދަނީ. އަންލަކީ މީ.
ސައިފް
10 November 2016
އާތު އަކީ ބޭރުގެ އިވެންޓް ތަކަައް ގެންދާވަރު މީހެއް ކަމައް ގަބޫލު ނުކުރެވޭތީ ނުގެންދިޔައީ.
ޑޮން
10 November 2016
ކަލޯ އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ..
1438 ގެ ބޮސް
10 November 2016
އަހަރެން އެބަ ވިސްނަން 1439 އުފައްދަން. މިހާރުވެސް އަހަރުން ގުރޫޕު ތެރޭގަ މައްސަލަ ޖެހިގެން އުޅެނީ. ވަކި މީހަކު ބޮޑަކަށް ނުހުންނާނެ އޭ ބުނި ގުރޫޕު އުފައްދަން ވާހަކަ ދެއްކި ރޭ. އެކަމު މިހާރު މިގުރޫޕު ގަ ވަކި ބައެއް ތިބެނީ. އަދި އެ ސައިފު މޭންގެ ކަންތައް ވަކިން ބޮޑު. ހީވަނީ އޭނަގެ އަމިއްލަ ގުރޫޕެއްހެން. މިހާރު ދެރަވޭ ހަބޭސް ދޫކޮށް ލެވުނީމަ. ހަބޭސް އަށް ކުރިއެރުން ދެއްވާށި. އާމީން.....
ފޭން އެއް
10 November 2016
ޙަބޭސް އަކީ އައްޔަގެ މަސައްކަތުން އެންމެ ފުރަތަމަވެސް ކުރިއަރަމުން އަންނަން ފެށި ގްރޫޕް އެއް ..އެއީ އޭނެ މަސައްކަތުން ކުރިއެރި އަދި ކުރިއަރާ އަދި ކުދިން ތަކެއް އުފެއްދި ގްރޫޕްއެއް...އައްޔަ ކަހަލަ ލީޑަރެއް އެއްވެސް ބޮޑުބެރު ގްރޫޕެއްގައި ނުހުންނާނެ..ކެޑިގެން ދިޔަ ކުދިންނަށްވެސް އެކަން ހަމަ ރަގަޅަށް އިނގޭނެ...ކޮންމެ ކުއްޔަކަށް ކަމެއް ދިމާވިޔަސް އައްޔަ އެކުދިންނަށް އެހީވާނެ އެހީވެވެން އޮތް ގޮތަކުން..އެކަންތައް އެކުދިން މިހާރު ހަދާނެއް ނެތް!!! ޢެއީ ހިތާމަ އަކީ:..ކީކުރާނީ :...އަދި ވެސް ކުރިއަށް އޮތް ތާގަ އައްޔަ ކުދިން ތަކެއް އުފައްދާނެ...އިރާދަ ކުރެއްވިއްޔާ ހަބޭސް ގްރޫޕް ދާނީ ކުރިއަށްއަރަމުން....