ކްރިމިނަލް ކޯޓު: އައްޑޫ ސިޓީގައި މަރާލި ޝިއާރުގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ވަނީ ސަލާމަތް ވެފައި ---ފޮޓޯ/މިހާރު
17 ފެބުރުއަރީ 2021 - 12:34
އައްޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.
ޖޫން، 2015 ގައި ސ. ހިތަދޫގައި ގްރޫޕަކުން ގޮސް ޝިއާރަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރީ ސ، ހިތަދޫ ހަނދުވަރު އިސްމާއިލް ރަޝީދާއި އެ ރަށު ޗާނދުމާގޭ އަލީ ސަމްއާނާއި ސ. މަރަދޫ އޮނުފީނުގޭ، މުހައްމަދު ނިފާޒާއި މަރަދޫ ގަނދަކޯޅިގޭ ،މުހައްމަދު އަޒާނު އަލީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައުވާ ލިބޭ މީހުން ޝިއާރަށް ހަމަލާދިން ތަން ފެނުނު ކަމަށް އެއްވެސް ހެކިވެރިއަކު ކޯޓުގައި އަދި ތަހުގީގުގައި ހެކިބަސް ދީފައި ނުވާ ކަމަށާއި ޑީއެންއޭ ނުވަތަ ފިންގަޕްރިންޓް ފަދަ ފޮރެންސިކް ހެއްކެއް ވެސް ހޯދިފައިނުވާ ކަމަށެވެ. މުޅި އެ މައްސަލަ ބިނާވަނީ ޝިއާރު މަރުވުމުގެ ކުރިން، އޭނާ އަށް ހަމަލާދިނީ ދައުވާ ލިބޭ މީހުން ކަމަށް ބުނެފައިވާ ބުނުމެއް "ޑައިން ޑިކްލަރޭޝަން" ގެ މައްޗަށް ކަމަށާއި އެކަމަކު އެއަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ މަރުވި މީހާގެ ބުއްދި ސަލާމަތުން ހުރުމަކީ ޝަރުތަކަށް ވާއިރު، ޝިއާރު މަރުމަތީގައި އޮވެގެން އެ ވާހަކަ ދެއްކިއިރު އޭނާގެ ބުއްދީގެ ހާލަތާ މެދު ޝައްކު އުފެދުން ކަމަށެވެ. އޭނާގެ ބުއްދީގެ ހާލަތު ރަނގަޅުކަން ސާބިތުވާ ފަދަ ރިޕޯޓެއް އޮތް ކަމަށް ދައުލަތުން ބުންޏަސް، އެ ރިޕޯޓު ހުށަނާޅާ އެތައް އަހަރެއް ވަންދެން ދައުލަތުން ތިބުމުން އެ އަށް އިތުރަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ހުކުމުގައި ބުންޏެވެ.
އެ ހާދިސާ ހިނގިއިރު، "ޑައިން ޑިކްލަރޭޝަން" އަށް ބުރަދަން ދެވޭ ގޮތަށް ރާއްޖޭގައި ގާނޫނެއް ނެތުމާއި މިހާތަނަށް މަރުގެ މައްސަލަތަކުގައި ރާއްޖޭގެ އެއްވެސް ކޯޓަކުން ޑައިން ޑިކްލަރޭޝަނަށް ބުރަދަނެއް ދީފައި ނެތް ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ، ޓެރަރިޒަމްގެ ދައުވާ އެ ހަތަރު މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ގާޒީ އިސްމާއިލް ރަޝީދު އިއްވެވި އެ ހުކުމުގައިވެ އެވެ.
އެކަމަކު ދައުވާ ލިބޭ އަޒާނު އެ ހާދިސާ ހިނގުމުގެ ދެ ތިން ދުވަސް ކުރިން ޝިއާރަށް މަރުގެ އިންޒާރު ދިންކަން ސާބިތުވާތީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާ 18 މަހަށް ޖަލަށްލީ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަހމެނދ
18 February 2021
ކީކުރާނީ ޤައުމުގެ ހާލަތު..
ހށނ
17 February 2021
މީހުން މަރާމީހުން ދިފާއުކޮށްދޭނީ އެމީހުނަށް ވުރެ ނުބައިވެގެންވާ ބައެއް. އެމީހުންގެ ސަބަބުން މުޖުތަމައު ފަސާދަވެ ޖީލު ހަލާކުވެގެން ދޭ.
ނަލަ
17 February 2021
ޒިއްމާދާރު ތަހުގީގެއް
ރަދީފްއޮފިޝިއަލް
17 February 2021
މަހުޝަރު މައިދާނުގަ "ޑައިން ޑިކްލަރޭޝަން" ފަދަ މޮޅެތި ބަސްތައް ބޭނުންކޮއްގެން ތިގޮތަށް ވާހަކަ ދެއްކޭނެ ބާ؟؟ މާތްﷲ އަށް ބިރުވެތިވުމަށް ގޮވާލަން.
ސުވާއު
17 February 2021
ތިގޭންގުތަކާ ޖެހުނީމާ ހުންނާނީ ކޯޓުތައްވެސް ފުލުހުންވެސް އަބަދުވެސް ފޫގޮއްސަ މިގައުމުގަ އަދުލުއިންސާފުކުޔާނެކަމެއްނެތް ހުރިހާ ތަންތައް އުވާލާފަ ޖަންގަލީގެ ގާނޫނު ހިންގަންވީ
ބައިރޯ
17 February 2021
އަޖައިބް
އަރުތަ
17 February 2021
ދެން ބާރަށް އަތްޖަހާ، މިޒާތުގެ ކަންކަން މިތާ ހިނގާތީވެ ފަޚުރުވެރި ވަނީ ފަޅައިގެން ދާވަރަށް................
ދިއްދޫމީހާ
17 February 2021
މިމައްސަލަ ބެލި ޤާޒީ ބަދަލް ކުރަން ޕީޖީން ނޭދުނީ ކީއްވެގެންބާ؟؟ އަދީބް މައްސަލާގަ ޕީޖީ މިޤާޒީއާ ބެހޭގޮތުން ދެއްކި ވާހަކައަ ރިއާޔަތް ކޮއްފަ މިހެން މިބުނީ،،
އަންދާގާނޫނު
17 February 2021
ޔެ އަންދާ ގާނޫނުހެ، ޔެ އަންދާ....... ގާނޫނުހޭ.
ހޭވިހަޑި
17 February 2021
ކުރާގިނަ ކުށްތަކަށޤ ރާއްޖޭގާ ބޮޑެތި އަދަބުތައް ނުދެވޭއިރު، ކިހިނެއްތަ މީހެއްގެ މަރުގެ ކަންކަން ސާބިތުކޮށްއދޭނީ. ނުވާނެ ތިކަމެއް. މަރުވިމީހާގެ އާއިލާގެ އެންމެން ރޮއި ހަނާވީމާ ނިމުނީ. ހަމައެއް އިންސާފެއް ނެތް ގާނޫނާ މިބައްދަލުކުރަނީ ހަމައެއް ލަމައެއް ނެތް ގާޒީން. އެމީހުންގެ ގިނަމީހުންނަކީ އެމީހެއްގެ ރައުޔަށް ނޫނީ ކަންކަން ނިންމާބައެއްނޫން. ރާއްޖޭގާ މަރާލާފާވާ މީހުންނާ، ގެއްލުވާލާފާވާ މީހުންގެ މައްސަލަތަކަށް އަދުލުވެރި އިންސާފެއް ލިބޭނީ ދެންއެކޮޅުން