މިހާރު ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓް ނަމަވެސް އެ އަދަދު މި އަހަރު 300 މެގަބިޓަށް ބަދަލުވާނެ
24 ފެބުރުއަރީ 2021 - 07:38
ސެޓްލައިޓްތަކެއް މެދުވެރިކޮށް އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން ފަށާފައިިވާ ސްޓާލިންކްގެ ހިދުމަތުގައި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް އެ މަޝްރޫއުގެ މޭސްތިރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އެ އަދަދު 300 މެގަބިޓަށް ބަދަލުވުމަކީ ސްޕީޑް ދެ ގުނަ އަވަސްވުމެވެ. ހަމަމިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށް ވެސް އީލޮން ވިދާޅުވި އެވެ. މިހާރު އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގަ އެވެ.
Speed will double to ~300Mb/s & latency will drop to ~20ms later this year
— Elon Musk (@elonmusk) February 22, 2021
ހިދުމަތާ ބެހޭ ގޮތުން ޓްވިޓާގައި ކުރި ސުވާލުތަކެއްގެ ޖަވާބުގައި އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑު ބަޔަކަށް އަދި އަންނަ އަހަރު މުޅި ދުނިޔެ އަށް ސްޓާލިންކްގެ އިންޓަނެޓް ފުޅާވެގެންދާނެ ކަމަށެވެ. އަދި އާބާދީ މެދު މިނެއްގައި އޮންނަ ސަރަހައްދުތަކަށް އިންޓަނެޓްގެ ހިދުމަތް ދޭން އެންމެ ރަނގަޅީ ވެސް ސެޓެލައިޓް ވިއުގައެއް ކަމަށް ވިދާޅުވި އެވެ.
Most of Earth by end of year, all by next year, then it’s about densifying coverage.
— Elon Musk (@elonmusk) February 22, 2021
Important to note that cellular will always have the advantage in dense urban areas.
Satellites are best for low to medium population density areas.
ސްޓާލިންކަކީ ޖައްވަށް އެތައް ސަތޭކަ ސެޓެލައިޓް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ. މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިމޭ އިރު 12،000 ސެޓެލައިޓް ލޯންޗްކުރާނެ އެވެ. މި އަހަރު ނުވަތަ އަންނަ އަޖަރު ނިމޭ އިރު 1،440 ސެޓެލައިޓް ލޯންޗްކުރާނެ އެވެ. އަދި މިހާރު އިތުރު 3،000 ސެޓެލައިޓްގެ ހުއްދަ ހޯދަން ވަނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިއަން (އައިޓީޔޫ) އަށް އެމެރިކާގެ ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އަށް ހުށަހަޅައިފަ އެވެ.
ސްޓާލިންކްގެ އިންޓަނެޓްގެ ޕްރި-އޯޑަރަށް މި މަހުގެ ކުރީކޮޅު ހުޅުވައިލި އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.
ސްޓާލިންކް ވެބްސައިޓް މެދުވެރިކޮށް އިންޓަނެޓް ހިދުމަތަށް ޕްރި-އޯރަށް އީމެއިލް އެޑްރެސް އާއި އެޑްރެސް ޖެހުމުން އެ މީހަކު ބޭނުންވާ ތަނަކަށް އިންޓަނެޓް ހިދުމަތް ލިބޭ ނަމަ އެނގޭނެ އެވެ. ހިދުމަތުގެ ޕްރި-އޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި ވަގުތު މި ހިދުމަތަށް މަހަކު 99 ޑޮލަރު ނަގާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިމް
03 March 2021
ދިރާގު އުރީދޫ މަރުހަބާ!
އިނާން
26 February 2021
އިލޯންމޮސްކް މިވަގުތު ދުނިޔޭގަ ހުރި އެންމެ މުއްސަދި މީހާ... އޭނަ އިންނާނެ ޓުވީޓްކޮއްފަ ބިޓްކޮއިން ގަންނަން... ކުރިޔަށްއޮތްތާ ޑިޖިޓަލް ކަރަންސީ ހިނގާނީ..
ކަރުކުރު
24 February 2021
. އިނގިދާނެތާ. ސްޕީޑް 10 މބޕސ ވިޔަސް ބޭނުންވަނީ ފެއާ ޔޫސޭޖް އޭ މިކިޔާ އެއްޗަކުން މިންޖް ވާން. މުޅި އުމުރު މިދަނީ ފެއާ ޔޫސޭޖް ވެގެން.
މުހައްމަދު އިބްރާހީމް
24 February 2021
އިރުކޮޅަކުން މިނިސްޓަރ ބަދަލު ކުރާނެ. އިންޓަރނެޓް އަގުހެޔޮ ކުރާށޭ ކިޔާފަ . ރައްޔިތުން ތިބޭނެ ވޯޓް ދޭން . އަތް ޖަހަޖަހާ
53333
24 February 2021
ދިރާގު އުރީދޫއިން މިހަރު އަގު ތިރިކޮށް ސްޕީޑް ނުދީފި ނަމަ ދެން ދުވަހަކުވެސް ނުވާނެ. މިފަހަރު ކޮންޕެޓިޝަން ފެންނާނެ.
1828
24 February 2021
މި ޚިދުމަތް ރާއްޖެއަށް ލިބޭކަމަށްވާނީ ނަމަ ކިތައްމެ ހާއްވެސް ރަނގަޅު
މަގެ
24 February 2021
މަށަކަ ހިޔެއް ނުވޭ ލިބޭނެ ހެނެއް. ތީގެންވެސް ކާނީ ސަރުކާރުން
ޕިކްސް
24 February 2021
މިއީ ރާއްޖެއާ އެންމެގުޅޭ ހިދުމަތް. ސަރުކާރުން ކިތަންމެ ބޭނުންވިއަސް ރާއްޖޭގެ ހުރިހާ ރަށަކަށް ފައިބާ މެދުވެރިކޮށް ހައިސްޕީޑް އިންޓަނެޓެއް ނުދެވޭނެ. އެހެން ވީމަ ސަރުކާރުންވެސް ބަލަންވީ ސްޓާލިންކް ނެޓްވޯކް ބޭނުންކޮށްގެން މުޅިރާއްޖެއަށް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތްދޭން. އޭރުން ކަނޑުމަތީގަ ހުއްޓަސް އަދި ފިނޮޅެއްގަ ހުއްޓަސް ހައިސްޕީޑް އިންޓަނެޓް ޔަގީންވާނެ.
ސަރީފު
24 February 2021
ރާއްޖޭގައި އިންޓަނެޓް ގެ އުފަލެއް ތިޔަކަމަުން ނެތް...ސަރުކާރުން ނިންމާފައި އޮތީ ދިރާގާއި އުރީދޫއަށް ގެއްލުންވާނެ ހިދުމްތެއް ރާއްޖެއަށް ތައާރަފް ނުކުރަން...ދިވެހިނަށް ތީ ހަމަ ހުވަފެނެއް..،ސްޓާލިންކްގެ އިންޓަނެޓް ހިދުމަޓް އަވަސް ވެފައި 100 ގުނަ އަގު ހެޔޮވިޔަސް ސަރުކާރަށް ކުންފުންޏަކަށް ގެއްކުންވާކަމަކަށް ސަރުކަރުން ހުއްދައެއްނުދޭނޭ.
ހެލޯއިޓްސްމީ
24 February 2021
އެހިދުމަތް ރާއްޖެއަށް ލިބޭނެ ސަރުކާރުން ކަމެއް ކުރިއަސް ނުކުރިއަސް އެއީ ޑިސްއެއް މެދުވެރިކޮށް ސެޓް ލައިޓާގުޅި އިންޓަނެޓުލިބޭތީ. އެއާޓެލްއިން ޓީވީ ބަލާގޮތައް ހަމަ އެކަންވާނެ.
ޅަބޭ
24 February 2021
ތިހިދުމަތް ރާއްޖެއައް ލިބިއްޖެޔާ ދިރާގު ބަނގުރޫޓުވާނެ. ވީމާ ތިހިދުމަތް ރާއްޖެއަކައް ނުލިބޭނެ.