ފުލުހުންގެ ވެހިކަލެއް ދުއްވާފައި އަންނަނީ: ހަރުކަށި ފިކުރުގެ އަމަލެއް ފާހަގަވާ ނަމަ އެކަން ފުލުހުންނަށް އަންގަން އެންސީޓީސީން ވަނީ އެދިފައި. -- ފޮޓޯ: މިހާރު
25 ފެބުރުއަރީ 2021 - 16:26
ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ބައިބައިވުން އުފައްދަން ބައެއް ދިވެހިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ހަރުކަށި ފިކުރު ފެތުރޭ ގޮތަށް ބަޔަކު އަމަލުކުރާކަން އެނގޭ ނަމަ ފުލުހުންނަށް އަންގަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު އެދެފި އެވެ.
އެންސީޓީސީ އަށް ފަސް އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ސުލްހަވެރިކަން ދެމި އޮންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މަދު ބަޔަކު ކުރަމުން އަންނަ ކަންކަމުގެ ސަބަބުން ދިވެހިންގެ ސަގާފަތުގައި ހިމެނޭ ރިވެތި އުސޫލްތައް ގެއްލި، ބައިބައިވުން އުފެދޭ ކަމަށާއި އެކަމާ އާންމުން ހޭލުންތެރިވާން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
އެ ފަދަ އަމަލުތައް މަދުކުރަން އެންސީޓީސީން ކުރަމުން އަންނަ މަސައްކަތަށް މުޖްތަމައުގެ އެންމެންގެ އެއްބާރުލުމަށް ވަނީ އެދިފަ އެވެ. އަދި ހަރުކަށި ފިކުރާ ގުޅޭ ކަމެއް ނުވަތަ އެކަމަށް މަގުފަހިވާ ކަމެއް ހިނގަން އުޅޭ ނަމަވެސް ފުލުހުންނަށް އަންގަން ވެސް ވަނީ އެދިފަ އެވެ.
ހަރުކަށި ފިކުރުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރަން އެ ސެންޓަރުން މިހާރު ވެސް ޕްރޮގްރާމްތައް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމާ
26 February 2021
ނޫސްތަކުގައި ފަލަ ސުރުޚީ ލިޔެ ނަމާއި ވަނަވަރު ހާމަ ކުރީމަ ވެސް ތިކަންކަން ބަލަން ހަވާލުވެ ތިބޭ ބަޔަކަށް ފެންނަ އިވޭ ކަމަކަށް ނުވޭ. ދެން ކޮންކަމެއް ރިޕޯޓްކުރުމަކުން ވާނީ.
1828
26 February 2021
ކީއްވެތޯ ހަމަ އެކަނި ހަރުކަށި ފިކުރުގެ ވާހަކަ ދައްކަނީ؟ 100% މުސްލިމް ޤައުމެއްގައި މިނިވަންކަމާއެކު މަޑިކަށި ފިކުރުގެ މީހުންނަށް ދީނާއީ ދެކޮޅު ވާހަކަ ދައްކާފައި މިނިވަންކަންމަތީ އުޅެވުމަކީ ލަދުވެތި ކަމެއް.
މުރަނަކަށިފިކުރު
25 February 2021
ކޮބާތޯ ތި ބުނާ ހަރުކަށި ފިކުރުގެ ޑެފިނީޝަން އަކީ؟