ޚަބަރު / ހައްދުފަހަނައެޅުން

ކުދިން ސްކޫލަށް ނުފޮނުވުމާއި ވެކްސިން ނުދިނުން ކަންބޮޑުވާ ދަރަޖައަކަށް!

ދަރިވަރުންތަކެއް ހިނގާފައި ދަނީ: ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރިފައި ވަނީ ނުރައްކާތެރި ދަރަޖައަކަށް ކަން ކަމާބެހޭ އިދާރާތަކުން އާއްމުކުރި މައުލޫމާތުން އެނގޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ މުއައްސަސާތަކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތާ އެކު ކްރޮސް ރޯޑްސްގައި ބާއްވާ ކޮންފަރެންސްގައި އެމްއެންޑީއެފާއި ފުލުހުން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރުގެ މައުލޫމާތު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މައްސަލަ އަކީ ދީނުގެ ނަމުގައި ފަތުރާ ފިކުރުތަކުން ކުޑަކުދިންތަކެއްގެ ހައްގުތައް ނިގުޅައިގަތުމެވެ.

ހަރުކަށި ފިކުރާ ގުޅޭ ގޮތުން ދެއްވި ޕްރެޒެންޓޭޝަންގައި އެމްއެންޑީއެފްގެ ކާނަލް ނައީމް ވިދާޅުވީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 250 އަށް ވުރެން ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ދަރިން ތައުލީމުން މަހްރޫމް ކުރަނީ، "ކިޔަވައި ދިނުމަކީ ހުޅަނގުގެ ފިކުރެއް"ގެ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ދަރިންނަށް ވެކްސިން ނުދިނުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެއީ، ދުރާލައި ބަލިތަކުން ރައްކާތެރިވުމަކީ، ﷲ އަށް ވަކީލުކުރުމާ ދެކޮޅުވުން ކަމުގެ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ދެކޭތީ އެވެ.

މީގެ އިތުރުން، އެ ފިކުރަށް ތަބާވާ މީހުންގެ އަނބިން ޑޮކްޓަރަށް ނުދެއްކުމާއި ޚާއްސަކޮށް، ފިރިހެން ޑޮކްޓަރަކު އަންހެނުން ބެލުމަށް ދެކޮޅު ހެދުމާއި ކުޑަ އަންހެން ކުދިން ޅަ އުމުރުގައި ކައިވެނި ކުރުވުން ފަދަ އިހުމާލުގެ ގިނަ ކަންބޮޑުވުންތަކެއް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރާއި އެކަމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ދީން ހުއްދަ ނުކުރެއޭ ކިޔައި ދަރިންނަށް ވެކްސިން ނުދީ ބޭތިއްބުމަކީ އަޅާނުލައި ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ވޭތުވެދިޔަ ދިގު މުއްދަތުގައި އެކަމާ އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ނަތީޖާ އަކީ އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދެވިފައިވުން ކަމަށް ވިދާޅުވި އެވެ.

މިކަން ބަދަލުކުރަން، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ހަމަޖެއްސީ ރަނގަޅު ނިޔަތެއްގައި ކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ފިރިހެނުންނަށް ނުވަދެވޭ ނުވަތަ ވަނުން މަނާކޮށްފައިވާ ގެތައް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގެތަކުގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު އެނގޭނީ ކައުންސިލްތަކުން އަންހެނުންނަށް ޖާގަ ދީގެން ކަމަށެވެ.

44 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 10%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟޮޕްލިފްޓަރ777

17 December 2019

ވެކްސިން ގަސްތުގައު ނުޖަހާމީހުންގެ ސަބަބުން ސިއްހީކަމަކުން ވެކްސިން ނުޖެހޭ ކުދިންގެ ފުރާނައަށް ނުރައްކަލަކައްވެ! މުޖުތަމައުގެ ހައްގުގައިވެސް ތިހެންނުހައްދަވާ! ﷲ އަށްޓަކާވެސް މައުސޫމު ކުދިންނަށް ތިޔަފަދަ ދެރައެއް ދޭކައްނުވާނެ!

The name is already taken The name is available. Register?

17 December 2019

ލާދީނީ ފިކުރަށް އަހަރެމެންވެސް ދޫދޭކަށްނެތިން. ނަޝީދުގެ ބަސްމަގު ތަންކޮޅެއް ޕޮލައިޓްކޮށް ރައީސް ވެސް ވިދާޅުވީ. ޙަމައެކައްޗެއް.

The name is already taken The name is available. Register?

ބޮޑުމީހާ

17 December 2019

ކަލޭމެން އައިފަހުން ފެންނަނީ ހަރުކަށި ފިކުރު. ހިސާބެއް ދެއްކެނީކީ ނޫން. މިގައުމުގެ މަސްތުވެގެން މަގުމަތީގަ ބިތްޖެހިފަ ތިބޭ ކިތައްމީހުން އެބައުޅޭ. އެމީހުން އިސްލާހުކުރަނީ ކާކު. ބޯހިޔާވެހިކަމެއް ނުލިބި ކުލިދައްކާ ދައްކާ އުމުރު ހުސްކުރާ ކިތައް ދިވެހިން އެބައުޅޭ. މިކަމަށް ހައްލު ގެންނަނީ ކާކު. ތައުލީމޭ ކިޔާއިރު ހުރިހާ އެއްޗެއް މާލެއަށް ޖަމާކޮށްގެން ދިވެހި އެންމެހާ ރައްޔިތުން މިތަނަށް ޖަމާވާން ހަދާފަ، ކަމެއް ގޯސްވާއިރަށް ދީނީ މީހާ ފަހާ ދުވަނީ

The name is already taken The name is available. Register?

ރާއްޖެ

16 December 2019

ހިސާބުތަކުން ދައްކާ ގޮތުން ދަރިންނަށް ވެކްސިން ނުދިނުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ކޮބާ ހިސާބު އަދަދު؟ ބެ ޑްޝީޓް ދަށުގަތަ؟

The name is already taken The name is available. Register?

އެބާ

16 December 2019

ބައެއް މީހުންގެ ދަރީން ދީނުގެ ނަމުގައި ސްކޫލްތަކުގައި ކަނޑައަޅާފަ އޮންނަޢުސޫލްތަކާ ޚިލާފަށް އެބައުޅޭ. އެސެމްބްލީގަ ބައިވެރިނުވުން. ކުރަޙާފަ ހުންނަ ޓެސްޓްޕޭޕަރު ނަހަދާ.ޓީޗަރުންނާދިމާއަށް ކާފަރުންނަށް ގޮވަމުން. ގައުމީ ސަލާން, ސްކޫލުލަވަ ހަރާންކަމަށް ގޮވަމުން. ވައިރަހެއް ގޮތަށް ދަރިވަރުން ލައްވައި ދަރިވަރުން އެބަހަލާކުކުރޭ.

The name is already taken The name is available. Register?

ނާސިހު

16 December 2019

ޖަލުން ދީން ކިޔެވީމަ ވާގޮތް. ޖަލަށް ދާންޖެހެނީ ކީއްވެތޯ ވެސް ބަލަން އެބަޖެހޭ. އެވަރުގެ މީހަކަށް ދީން ކިޔަވާދެވޭނެތޯ؟ ދީނަށް އުޅުން ނަމަ ޖަލަށް ދާން ޖެހޭނެތޯ؟

The name is already taken The name is available. Register?

ބަސްހުއްޓި

16 December 2019

އޯކޭ ހަމީދޫ؟ އިބޫކައިރި އަހާބަލަ މިވޭތުވެދިޔަ ފަސްމަސްތެރޭ ހުންއައިސްގެން ބޮލުގައި ރިއްސައިގަނެގެން ސިއްހީމަރުކަޒައް ނޫނީ ހޮސްޕިޓަލަށް ދިޔައީމަ ޖަހާނެވެކްސިން ނެތިގެން މާލެފޮނުވާލީމަ މާލޭގެ އެމެޖެންސީބައިގައި އެނދުނެތިގެން ގޮނޑިތަކުގައި ބައިތިއްބައިގެން ހޮޑުލެއްވީ ކިތައްމީހުންތޯ؟ ޖަހަން ބޭނުންވާމީހުންނަށް އެހަށް ހަމަކުރަންވީނު ޖަހަންބޭނުންނުވާ މަދުމީހުން އެހަށްބައިތިއްބާފައި ،

The name is already taken The name is available. Register?

900 ޑިގުރީ

16 December 2019

މާރިޔާ އަށް ދަންނަަން އޮތީ އެމް ޑީޕީއާއި އަދާލަތު ގޫޅިގެން 2007 ވަނަ އަހަރު މިގައުމުގައި ހިންގި ކަންތަށް ގަން ޑުގެ އަސަރު މިފެންނަނީ

The name is already taken The name is available. Register?

ބެކްސިން

16 December 2019

ވެކްސިން ޖެހުމަކީ ހިޔާލުތަފާތު މައްސަލައެއް އެއީ ކޮންމެހެން ދީނީ ވެގެން ނޫން

The name is already taken The name is available. Register?

ހދހދ

17 December 2019

ކޮބާ މައްސަލައަކީ؟ މެންޑެޓަރީ ވެކްސިން ޖަހައިގެން ކިތައް ބަލި ނައްތާލެވުނު؟

The name is already taken The name is available. Register?

އަހުމަދު565

17 December 2019

ބެކްސިން... ތިބޭފުޅާ އަށް ހެޔޮވިސްނުން ދެއްވާށި،.. ވެކްސިން ޖެހުމަކީ އެއްވެސް ހިޔާލުތަފާތުވުން އޮތްމައްސަލައެއްްނެއް.މެޑިކަލް ކޮމުނިޓީގައި އެއްވެސް ހިޔާލުވުންތަފާތު އޮތްކަމެއްނެއް..މެޑިކަލީގޮތުން ވެކްސިންނުދެވޭކުދިން (އެޔައް އެލާރޖިކްވާކުދިން) ވަރަށް ވަރަށްމަދުވާނެ އެފަދަކުދިންނަށް ވެކްސިންނުދެވުމުން އެކުދިން ނަށް ރައްކާތެރިކަން ފޯރުކޮށްދެނީ ވެކްސިންޖެހޭ ބޮޑު ޕަސަންޓޭޖުން އެކުދިންގެ ފުރާނާގެ ހައްގުގައިވެސް ދެންތިބި މީހުން ވެކްސިންޖެހުން މަޖުބޫރު

The name is already taken The name is available. Register?

ދޮންތި

18 December 2019

ތީ ތެދެއް. އެމރިކާގަ ދީނީ ބަޔަކު ނޫން ވެކްސިން ނުޖަހަން އުޅެނީ.

The name is already taken The name is available. Register?

ކުރީގެގާގަ ޑު

16 December 2019

އިހުޒަމާނުގަ ދުނިޔޭގެ އެންމެ މައްޗަށް ކިޔަވައިގެން ތިބި މީހުން ކިޔެވީ ހޯމް ސްކޫލް ހަދައިގެން

The name is already taken The name is available. Register?

ޑަމީ

17 December 2019

ޢިހު ޒަމާނުގާ ސައިކަލު ބަދަލުގަ ދުށްވާ އުޅުނީ ޖަމަލު.

The name is already taken The name is available. Register?

17 December 2019

އިހު ޒަމާނުގަ އަސް ދުއްވީ..... މިއަދު މުނިފޫހިފިލުވަން އަސް ދުއްވާ... ހިސްޓްރީ ނޭގުނަސް ބޮޑުވަރު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454