ވިޔަފާރި / ޓްރެވަލް އެޖެންސީ

އޮފީހެއް ނެތަސް ޓްރެވަލް އޭޖެންސީ ހިންގޭ ގޮތަށް ގަވައިދެއް އެކުލަވާލައިފި

އެއާޕޯޓުގެ ރެޕުން ގެސްޓުންނަށް މަރުހަބާ ކިޔަނީ ،--.ފޮޓޯ:ނިޝާން އަލީ/މިހާރު

އޮފީހެއް ނެތަސް ޓްރެވަލް އޭޖެންސީތައް ހިންގޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވައިދެއް އެކުލަވައި އާންމުކޮށްފި އެވެ.

މި ގަވައިދުގައި ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވާލެވި އަލަށް މި ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފައިވެ އެވެ. ކުރީގައި އަމަލުކުރަން އޮންނަ ގޮތުން، ޓްރެވަލް އޭޖެންސީއެއް ހުޅުވޭނީ އޮފީހެއް ހުރެގެންނެވެ. އަލަށް އެފަދަ މަސައްކަތެއް ފަށާ ނަމަ ޓޫރިޒަމް މިނިސްޓްރީން ގޮސް ޝަރުތުތައް ފުރިހަމަވޭތޯ ވެސް ބަލާނެ އެވެ. އެ އޮފީހަކީ އީމެއިލްކޮށް ފެކްސް ކުރެވޭނެ އިންތިޒާމުތައް ހުރި ތަނެއްތޯ ވެސް ބަލަ އެވެ.

އެކަމަކު އަލަށް ގެނައި ބަދަލާ އެކު ޓްރެވަލް އޭޖެންސީއެއް ފަށާ އިރު ޓޫރިޒަމް މިނިސްޓްރީން އެ ތަންތަން އިންސްޕެކްޓެއް ވެސް ނުކުރާނެ އެެވެ.

ޓްރެވަލް އޭޖެންސީގެ އޮފީހެއް ކޮންމެހެން ނެތް ނަމަވެސް ހިދުމަތްދޭ ފަރަތާއި ގުޅޭނެ ނަންބަރެއް އަދި އީމެއިލް އެޑްރެހެއް އޮންނަންވާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި ކުންފުންޏަށް ޖަވާބު ދާރީ ވާނެ ފަރާތެއް އައްޔަނުކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހެއް އޮތުން ލާޒިމުކޮށްފައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ދަތުރު ރާވާ ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ނުވަތަ ރާއްޖޭ ބޭރުގެ ގައުމެއްގެ ރައްޔިތެއް ހިމެނޭ ކުންފުންޏަކަށް ނުދެވޭނެ އެވެ. މިހެން ވުމުގެ ސަބަބުން ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް ވިޔަފާރި ފުޅާކުރަން ބޭނުން ނަމަ އެކަން ކުރަން ޖެހޭނީ ދިވެހި ޓްރެވަލް އޭޖެންޓަކާ ގުޅިގެންނެވެ.

ރާއްޖޭގައި 400 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުން ތިބި އިރު ކޮވިޑާ ގުޅިގެން ގިނަ ޓްރެވަލް އޭޖެންސީތަކުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ދިވެހި ޓްރެވަލް އެޖެންޓުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ފަދަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

27 February 2021

ތިޔަ ބުނާ އެޖެންސީ ހަދާފަ މީހުން އަތުން އެދްވާންސް އަށް އެތައް ހާސް ޑޮލަރު ނަގާފަ ފިލީމަ ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. މިހާރު ވެސް މިއުޅެނީ ބޭންކްގެ ނަމުގަ އެކިނަންބަރުތަކުން ކޯލްކޮށްމީހުންނަށް ލަނޑުދޭ އިރު އެބަޔަކު ނުހޯދެ އެވެ. ބޭންކް އަށް އަދި ފުލުހުންނަށް ވެސް އެމައްސަލަ ނުބެލެ އެވެ.

The name is already taken The name is available. Register?

އެމްސް

27 February 2021

ބިދޭސީން މަދިކުރަން، ތިފަދަ ލުއިތައް އެހެން ވިޔަފާރިތަކަށްވެސް ދޭންޖެހޭ!

The name is already taken The name is available. Register?

ޝަފީރު

27 February 2021

ސަރުކާރަށް ކަންކަން ކޮންޓްރޯލް ނުކުރެވިގެން ކަންކަން ބޮއްސުން ދުއްވާލުން މިއީ. މިފަދަ ތަންތަން ބެލެހެއްޓުމުގެ ނިޒާމެއް ނުތުނުގެ އުދަގުލާ ދިމާވާނީ ޒިންމާ ވާނެ ފަރާތެއް ހޯދަން ޖެހޭފަދަ ނުރައްކާތެރި ޙާލަތަކަށް ދިއުމުން. މިސާލަކަށް މިހާރުވެސް ބަންގާޅީއަކު ނިޔާވުމުން އުފުލަންޖެހޭ ބޮޑު އުނދަގޫ ވިސްނާލިޔަސް ފުދޭނެ.

The name is already taken The name is available. Register?

ފާރިހަތު ޖަލީލު

27 February 2021

ފާރިގެ ނަޒަރުގައި މިއީ ރަގަޅު ނިންމުމެއް. ކުރީސަރުކާރުތަކުގެ މިކަހަލަ ގަވާޢިދުތަކުގެ ސަބަބުން ވަރަށް ގިނަ ކުދިވިޔަފާރިތަކަށް ލިބެންޖެހޭ ފުރުޞަތުތައްވަނީ ހަނިވެފައި. ގައުމެއްގެ އިޤްތިޞާދު ރަގަޅުކުރެވޭނީ ކުދިބޮޑު އެންމެންނަށް ހަމަހަމަ މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ލިބިގެން.

The name is already taken The name is available. Register?

Muraidhoo

26 February 2021

މީވަރަށް ބޮޑު އޮޅުވާލުމެއް

The name is already taken The name is available. Register?

ޙަސަނު

26 February 2021

އޮފީހަށް އައިސް ތަ ބުކިން ހަދަނީ ؟

The name is already taken The name is available. Register?

ހަސަނު

26 February 2021

ފުރޯޑަށް މަގު ފަހި ވާނެ ކަމެއް މީ

The name is already taken The name is available. Register?

ކަކުނިބޯ

26 February 2021

އޮފީހެއްހުރެގެންތަ ފްރޯޑްޕްރޫފްވަނީ. އަޖއިބެއްތީ އޮފީސްބަލާފަތަ ބުކިންހަދަނީ. ޓްއަރިޒަމް މިނިސްޓްރީގެ އެޕްރޫވްޑް އެޖެންސީއެއްކަމަށް ޗެކްކުރެވޭ ނިޒާމަކާއެކު ހަމަ ރަނގަޅުވާނެ

The name is already taken The name is available. Register?

ފިއުޗާ

26 February 2021

މީގަ ވިންވާނީ އެންޑުކަސްޓަމަރު އެކުއާކުރާބަޔަކު.. ފިއުޗާގަ އެކަންކުރާނީ ގޫގުލް ޓުރެވެލް ޕުލެޓުފޯމެއްކަށް ބެލެވެނީ.. ރިސޯޓުން ސީދާ ގޫގުލްއަށް... އެޖެންޓުން އަދި އިންޓަމީޑިޔޭޓުން ބޭނުމެއްނެތް ދުވަސް އަންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454