ގއ. ދެއްވަދޫ. -- ފޮޓޯ: ދެއްވަދޫ/ފޭސްބުކް
03 މާޗް 2021 - 00:02
ކޮވިޑް-19 ގެ ހާލަތު އޮތް މިންވަރުން ދިވެހިން ހޭލަންވެއްޖެ ކަމަށާއި މިހާރު މި އޮތީ ކިރިޔާ ހިފެހެއްޓޭ ހިސާބުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ބައެއް ރަށްރަށުގައި ކަރަންޓީނާ ހިލާފުވެ، މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި އެންމެ އުނދަގޫ ވަނީ ކޮވިޑަށް ޕޮޒިޓިވް ނަތީޖާ ލިބޭ ހިސާބުން އެ މީހަކު ކަރަންޓީނާ ހިލާފުވިކަން އެނގުމުން ކަމަށެވެ.
ރަށްރަށުގައި ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ގެންދަނީ އެ ރަށެއްގެ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހަކުންނެވެ.
ޑރ. ނަޒްލާ ވެސް ވިދާޅުވީ ޓާސްކްފޯހުގެ އެންމެ މުހިއްމު މަސައްކަތަކީ ކަރަންޓީނުގައި ތިބޭ މީހުން އެ އަށް އަމަލުކުރޭތޯ އަދި އެ މީހުން ތިބޭ ގެއަށް އެހެން މީހުން ޒިޔާރަތްކުރޭތޯ ބެލުމެވެ.
ރަށްރަށުގައި ބަލި ފެތުރިގެން ދަނީ އެ ގޮތަށް އަމަލުނުކުރާތީކަން ފާހަގަކުރެއްވި އެވެ.
ބައެއް ރަށްރަށުގައި ކަރަންޓީނާ ހިލާފުވެގެން ބޮޑު ކްލަސްޓާއެއް ވެސް ފެނިފައި އެބަހުއްޓެވެ. އެއާއެކު، މަހެއް ވަންދެން މޮނިޓަރިންގެ ހާލަތުގައި ވެސް އެ ރަށްރަށް ބޭއްވި އެވެ.
އޭގެ ތެރެއިން އެއް ރަށަކީ ގއ. ދެއްވަދޫ އެވެ. އެ ރަށުން ބޮޑު ކްލަސްޓާއެއް އުފެދި، އެތައް ބަޔަކަށް ބަލި ޖެހުނެވެ. މަސް ދުވަހަށް ފަހު މިދިޔަ މަހުގެ ތެރޭގައި ކަރަންޓީނުގެ ހާލަތުން ނެގި ފަހުން އަނެއްކާ ވެސް އިއްޔެ ވަނީ ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މޮނިޓަރިންނަށް ލައިފަ އެވެ.
"އެންމެ ރަށެއްގައި ނޫން މިހާރު މި ކަންތައް ދިމާވަނީ. އެންމެ ފަހަރަކު ނޫން މި ދިމާވަނީ. އެއް ރަށަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ދިމާވޭ. އަސްލުގައި އަޅުގަނޑުމެން ހޭލަންވެއްޖެ ހިސާބަކަށް ގޮސްފައި ކަންނޭނގެ އަޅުގަނޑަށް ހީވަނީ މި ވަގުތު މި އޮތީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ފުރަތަމަ ނޭނގިދާނެ. ނަމަވެސް، އެއް ފަހަރު ދެ ފަހަރު ތިން ފަހަރު، އެ އަށް ވުރެ ގިނަ ފަހަރު ވެސް މި ގޮތަށް އެކި ރަށްރަށަށް ދިމާވަންޏާ އެންމެންނަށް ވެސް އެނގޭނެ މީގެ ސަބަބުން ދިމާވާ ކަންތައްތަކަކީ ކޮބައިކަން."
އޭނާ ވިދާޅުވީ ކަރަންޓީނާ ހިލާފުވުމުން ރަށުގައި ތިބި އުމުރުން ދުވަސްވީ އަދި ހައިރިސްކު މީހުންނަށް ބަލި ޖެހުމުން އެ މީހުން ރަނގަޅު ވަނީ ފެސިލިޓީއަށް ގެންގޮސްފައި ފަރުވާދީ، ވަރަށް ރަނގަޅަށް ފަރުވާދީގެންނެވެ.
ބަލީގައި އެއްފަހަރާ އެތައް ބަޔަކު މަރުނުވާތީ ނުވަތަ ސިއްހީ ހިދުމަތްދޭ ތަންތަން ފުރި، ފަރުވާ ނުދެވޭ ހިސާބަށް ނުދާތީ ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް މީހުން ހިތަށް އަރާ ކަމަށާއި މި ލެވެލްގައި ހިފެހެއްޓެނީ ވެސް ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވަނީ ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް ސަމާލުކަންދިނުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
03 March 2021
ތިވާހަކަ ދައްކަންވީ މަޖްލިސް މެމްބަރުން ކައިރީ
މީހަގީގަތްތަ
03 March 2021
ޓެސްޓްތަކާ ކަރަންޓީންތައް ކޮށްކޮށްގެން މިބަލި ކޮންޓްރޯލްވާން ނެތްކަން އެއީ ހަގީގަތެއްނޫންތަ؟ ބަލިހުރި މީހަކާ އެންމެ ކައިރީގަ އުޅޭ އެއްބަޔަކަށްނުޖެހޭކަން އެއީ ހަގީގަތެއްނޫންތަ؟ މިގައުމުގައި ވޭރިއަންޓްތައް އުޅޭކަމަށް ނުބުނެ ތިބުން އެއީ ހަގީގަތެއްނޫންތަ؟ އެއްބަޔަކާމެދު ކަންކަމުގަ ފިޔަވަޅުނޭޅޭކަން އެއީ ހަގީގަތެއްނޫންތަ؟ އެޗްޕީއޭގެ ޚާއްސަ ހުއްދަދިނަސް ބަލި ފެތުރޭކަން އެއީ ހަގީގަތެއްނޫންތަ؟ ހެދި ސްޓަޑީގެ ނަތީޖާ ހާމަނުކުރާކަން އެއީ ހަގީގަތެއްނޫންތަ؟
އާއިސާ
03 March 2021
މީ ކޮވިޑެއްނޫން، މިޔަށް ކިޔަންވީ ގަސްތުގަ އެނގިހުރެ ނެތް ހާލަތެއް އުފައްދައިގެން ރައްޔިތުން ގުނބޯހައްދައިގެން ފުނޑާލުން.
ބަރުބާދު
03 March 2021
ހުރިހާކަމަކައް ހަރަދުކުރާވަރައް ހިލޭ އެހީލިބިއްޖެ، ރައިއްޔަތުންނައްވާވަރައް ހިލޭ ވެކްސިން އެބަލިބޭ، އެކަމަކު 3 ބިލިއަން ކޮވިޑައް ހަރަދު، އެކަމައް ހޯހޯ ގޮވާކައް ނުވޭތޯ؟. 3 ބިލިއަން ހަރަދުކުރިއިރު 1000 ޓެސްޓުން 5000 ޓެސްޓުހެދޭ ލެވެލްއައް 1 އަހަރު.
ބޯގަޅި
03 March 2021
ނުހިފެހެއްޓޭ ހާލަތުގަ ތިތާގަތިޔައިންނެވީ ބަނދެފައިނީމަތޯ؟. ޓެސްޓް ދިހަހާހައް ހައްދަވާ މިހާރުގެއަދަދު ޑަބަލްވާނެ، 170 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އައް ޕޮސިޓިވްވާ ރޭޓް އެއީ އިތުރުބަޔަކައް ޖެހުމެއްނޫން އެއްއަހަރު 1000 ޓެސްޓުން ދުވާލަކު 5000 ޓެސްޓް ހެދޭލެވެލްއައް އަންނަން ނެގިކަން. ބަލިޖެހޭ ރޭޓުހުރީ އިއްޔެ 2%ގަ.
ރަސީދާ
03 March 2021
ސަރުކާރުން ވިދާޅުވީ ތިބީ އެންމެ ރަނގަޅަށް ތައްޔާރު ވެގެންނޭ. ދިވެހި ރައްޔިތަކަށް އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭވަރަށް. އަދި ޖެހުނު ދިމާލަކުން ވެންޓިލޭޓަރ ވެސް ގުޅޭ ގޮތަށޭ. އަދި ފްލޯޓިންގ ހޮސްޕިޓަލް ވެސް އޮތީ ގޮވާލީމާ އަތް ފޯރާ ހިސާބުގައޭ. ދިވެހިންނާ ބިދޭސީންވެސް އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެއޭ. ނަމަވެސް 100 ވަރަކަށް މީހުން އެޑްމިޓް ކުރަން ޖެހުމުން ތިބޭފުޅުން ހޯހޯ ގޮވަން ފެށީ. ދިމަލެއް ނުވޭ ނޫންތޯ.
ނިން
03 March 2021
މުޅި ދުނިޔެ ގުއިރޯނުގަ. ލޮލް
އާއިސާ
03 March 2021
ތިދައްކާ ވާހަކަ ދިމައެއް ނުވޭ.. މާލޭގައި މިނިވަން ބަޔަކު ލައްވާ ޗެކްކޮއް ލެބޯޓަރީ ޓެސްޓްތައް ހަދަންފަށާބަލަ. ޢަދި މާލެ ތި ޗެކުކުރާ ގޮތަށް ކޮންމެ ރަށެއްގަވެސް ޗެކުކުރަން ފަށާބަލަ، ނުފެންނަ ރަށެއް އޮތްތޯ ބަލާލަން..
ހަސީނާ ދީދީ
03 March 2021
ކޮވިޑަށް 1 އަހަރު ވީއިރު އެންމެ ނުރައްކާ ހާލަތަށް ތައްޔާރު ނުވެވޭތަ އަދިވެސް . ގައިމު ކޮވިޑް ފެށުނުއިރު ސަރުކާރުން ކިޔަމުންދިޔައީ އެންމެ ވޯސްޓް ސިޓުއޭޝަނަށްވެސް ތައްޔަރުވެ ގެންނޭ މިތިބީ. ޗައިނާއިން ކޮވިޑް ނައްތާލީ އެސަރުކަރު ގެ ހަރުދަނާ ފިޔަވަޅުތަކުން. މިހާރު މި ރައްޖޭ ަަަަg ކޮވިޑް ބޭނުން ކުރަނީ ސިޔާސީ ހަތިޔާރަކަށް.
ބޮލުގާ ރިއްސާ
03 March 2021
ނޫން.. ހޭލަންވީ ވަގގުތުވެސް ފަހަނަޅައަޅާ ގޮއްސި.. މިއީ ހޭލެވުނުއިރަކުން ހޭލެވުނީމާ ފެންނަން އޮތްގޮތާއެއްކޮށް އުޅެން ދަސްކުރަންވީ ވަގުތު..
ފެންސު
03 March 2021
ހެނދުނު 7:30 ގައި ހޭލިގޮތަށް މިއުޅެނީ. ކިހިނެތްހަދަންވީ ދެން. ސަރުކާރުގެ "ކަންކަމުގަ" ދާ މީހުން ރަށްރަށުގަ ހޫރެނީ. ނަޒްލާ ހޭލާތޯ އަނެއްކާ؟