ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް އެންވަރަޔްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ ތިލަފުށްޓަށް އެދެވޭ ހައްލެއް ލިބޭނީ 203 ގައި ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
03 މާޗް 2021 - 11:04
ތިލަފުށީގެ ކުނިގޮނޑުގައި އަލިފާން ރޯވުމާއި މެހި އާލާވުން ފަދަ މައްސަލަތައް ކުރިމަތިނުވާ ގޮތަށް ގޮނޑުތަކުގެ މައްްސަލަ ރަނގަޅަށް ހައްލުވާނީ 2023 ވަނަ އަަހަރުގެ ފަހު ކުއާޓަރުގައި ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހުސައިން ރަޝީދު ވިދާޅުވީ ތިލަފުށީގެ ކުނިގޮނޑަކީ މިހާރު އަމިއްލަ ޒާތުގައި ހުޅުރޯވެ އަނދަމުންދާ ތަނެއް ކަމަށާއި އެކަން ހައްލުކުރަަން ހާއްސަ މެޝިނަރީތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެފަދަ މެޝިނަރީ ނުހޯދައި އެތަނުގެ އަލިފާން މިހާރު ނިއްވައިނުލެވޭނެ ކަމަށާއި އެގޮތަށް މަސައްކަތް ކުރަން އުޅެފި ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތިލަފުށީގެ ކުނިގޮނޑުގެ މައްްސަލަ ހައްލުކުުރުމަށް، ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމްކުރާނެ ބަޔަކު ހޯދަން ބައިނަލްއަގުވާމީ ބީލަަމަށް ހުޅުވާލުމުން ލިބުނު ބިޑްތަކުގެ ޓެކްނިކަލް އިވެލުއޭޝަން މިހާރު ވަނީ ނިމިފަ އެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ އެ މަޝްރޫއަށް ލިބުނު ބިޑްތަކުގެ ޓެކްނިކަލް އިވެލުއޭޝަނަށް ފަހު އެކުލަވައިލި ރިޕޯޓް އޭޑީބީއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިނުވެ، މިނިސްޓްރީން ޕްލޭން ކޮށްފައިވާ ގޮތަށް، ތިލަފުށީގެ ކުނި މެނޭޖްކުރާ މަޝްރޫއު ކުރިއަށް ގެންދެވިއްޖެ ނަމަ 2023 ވަަނަ އަހަރުގެ ފަހު ކުއާޓާގައި ތިލަފުށީގެ މި ކުނީގެ މައްސަލައަށް އިރާދަކުރެއްވިއްޔާ އެދެވޭ ހައްލެއް ލިބޭނެ،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ހަދަނީ އެކަމާ ހަވާލުވާ ކުންފުންޏަކުން އަމިއްލައަށް ޑިޒަައިންކޮށް، ބިނާކޮށްގެން ހިންގާ އުސޫލުންނެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓްގައި އަންނަ މެއި މަހު ސޮއިކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
މިނިސްޓަރާ ޖާބިރު މިއަދު ކުރެއްވި ފުރަތަމަ ސުވާލަކީ ތިލަފުށިން ދުން އެރުމާއި އެތަނުގައި މެހި އާލާވުމުގެ މައްސަލަ ހައްލުނުވެ އޮތީ ކީއްވެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ތިލަފުށީގެ ގޮނޑުން ދުން އެރުމާއި މެހި އާލާވުމުގެ މައްސަލަ މިދިޔަ އަހަރު ހައްލުކުރަން ސަރުކާރުން ޕްލޭންކުރި ނަަމަވެސް އެކަން ނުކުރެވުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ސަބަބުން ކަމަށެވެ. ތިލަފުއްޓަށް ބޭނުންވާ މެޝިނަރީ ހަދާ ކާރުހާނާތަކުގެ މަސައްކަތް ބަލިމަޑުކަމުގެ ސަބަބުން ހުއްޓުނު ކަމަށާއި އެހެންވެ މެޝިނަރީ ނުގެނެވުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހާރު މީގެ ތެރެއިން ގިނަ މެޝިނަރީ ވަނީ ރާއްޖެއަށް ގެނެވިފައި. އަދި ބާކީ ހުރި ތަކެތިވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ގެނެވޭނެ،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިލަފުށީގެ ގޮނޑުގައި އަލިފާން ރޯވުމާއި މެހި އާލާވުން ހުއްޓުވަން ބޭނުންވާ މެޝިނަރީ އޮޕަރޭޓްކުރަން މީހުން ވެސް ތަމްރީނު ކުރަން ޖެހެ އެވެ. އެކަން ވެސް ކުރިން ޕްލޭން ކުރިވަރަށް ވުރެ ލަސްވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަފުއްޓަކީ މާލެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް (ޒޯން 2) ގައި ހިމެނޭ އަތޮޅުތަކުގެ ކުނި މެނޭޖްކުރާ ފެސިލިޓީ ގާއިމްކުރަން ހަމަަޖެހިފައިވާ ތަން ކަމަށާއި އެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފެސިލިޓީ ގާއިމްކުރަނީ އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އޮތް ގޮނޑު ހިމެނޭ ގޮތުން 25 ހެކްޓަރުގެ ސަރަހައްދެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެލަގަ
04 March 2021
އަވަހަށް އެމް.ޑީ.ޕީ އަށްވަދޭ. ގޮގެއްލިދާނެ އަމިއް ކުރަންޖައްސައިފި. މަޚްލޫފު ކިހާގަދަ. ބައަށްވަނީމާ ކަމެއްކުރަންޏާ ދެންދައްކާނީ ދަޅަ. ޢިމްރާނަށްވެސް އޮތީ އެގޮތް.
ކުދިޖަޒީރާތަކޭ
04 March 2021
ހާދަ ހީވެއޭ މުޅި ގޮޑުވެސް ގޮޑުދޮއްވެސް މިފަހަރު ކާލާނެހެން..
މުހުސިނާ ޝަކީބު
03 March 2021
ހަހަހަ .ދެންވީ ދެވަނަ ދައިރަކަށް ހޮވަންދޯ؟
ބޮޑުމީހާ
03 March 2021
ކަންކަން ކުރުމުގެ ގާބިލުކަމެއް ހުރެގެން ކަންތައްތައް ހައްލުވާނީ. 2 އަހަރު ބައިން ހައްލުނުވި ކަމެއް ނުވާނެ. މިސަރުކާރަށް ވާނީ ނާޗަރަންގީ ކުޅުމާއި، ޑްރާމާކުޅުން، ދެން މޮޅެތި ކެމްޕޭންކުރުން. މިހާރުވެސް ރަށްވެހިފަތިހެކޭ ކިޔައިގެން އެތަައް ބަޔަކު ވާވައްދާފި
ނަޝީދު.
03 March 2021
އެއީ އަލުން އިންތިހާބު ބެއްޖިއްޔާތަ؟ ކެމްޕެއިން ވައުދެއް ދެއްތޯ ...
ފެއިލިއަރ
03 March 2021
2023 ހުގެ ފަހު ކުއާރޓަރޭ، އެހެންވީމާ ތިވިދާޅުވަނީ މިދައުރަކު އެކަން ހައްލެއް ނުކުރެވޭނޭއޭ ދެއްތޯ؟ ދެން ގްރީން ފަންޑާއި، ގްރީން ޓެކްސް އާއި ނަގާގެން ކީއްތޯ ތިކުރައްވަނީ.
ހަސަނު1
03 March 2021
ގުރީން ޓެކުހުން ބަނދަރު ހަދައި ބިންހިއްކައި ތިމާވެށި ހަލާކުކޮށްފައި ބާކީ ހުރިއެއްޗެއް ނިކަމެތި މެމްބަރުންގެ މުސާރައަށް ޚަރަދު ކުރަނީ.. ސާފުތޯ؟
ހަސަނު1
03 March 2021
ތިކަން ހައްލުކުރާކަށް އެކަކުވެސް ނޫޅޭ. އެހެންނަމަކާ ބިލިއަނުން މިސަރަހައްދުގައި ބްރިޖު އަޅާށާ ބިންހިއްކާކަށް އިސްކަމެއް ނުދޭނެ.