އިމިގްރޭޝަނުން ބުނީ އެންމެ ގިނައިން ޝަކުވާ ލިބިފައި ވަނީ ރިސޯޓުތަކުގައި މިއުޒިޝަނުންނާއި ފޮޓޯގްރާފަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލާގައި ކަމަށް.
ރާއްޖޭން ފުރަން ގޮސް އެއާޕޯޓްގައި ތިބި ބިދޭސީންތަކެއް.
05 މާޗް 2021 - 10:54
އެކި ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު، ދިވެހި އާޓިސްޓުންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރި 60 ބިދޭސީ އަކު ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނުން ނިންމައިފި އެވެ.
ޓޫރިޒަމް ދާއިރާގައި ދިވެހި މިއުޒީޝަނުންނާއި ފޮޓޯގްރާފަރުންނާއި އަދި މި ނޫނަސް ފަންނީ މަސައްކަތްތަކަށް ދިވެހިންގެ ބަދަލުގައި ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާ އަނެއްކާވެސް ބޮޑުވެފައި ވަނިކޮށް އިމިގްރޭޝަނުން އިއްޔެ ނެރުނު އިއުލާނުގައި ބުނީ އެންމެ ގިނަ ޝަކުވާ ލިބިފައި ވަނީ ރިސޯޓުތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގަ އާއި މިއުޒިކީ ފަންނާނުންގެ ގޮތުގައި ބިދޭސީން މަސައްކަތްކުރާތީ ކަމަށެވެ. ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު 60 މީހަކު ރާއްޖޭން ފޮނުވާލަން ނިންމާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ މައްސަލަތައް ބަލާނެ ކަމަށާއި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެއީ މި ގޮތަށް އަމަލުކުރުމުން ދިވެހިންނަށް ފުރުސަތުތައް ގެއްލި، މާލީ ގެއްލުންވާތީ ކަމަށް ވެސް ބުނެފައި ވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލުނު އިރު، އަމިއްލައަށް މަސައްކަތްކުރާ ފޮޓޯގްރަފަރުންނާއި މިއުޒިކީ ފަންނާނުންނަށް ވެސް އާމްދަނީގެ ދޮރު އެއްކޮށް ބަންދުވި އެވެ.
ރިސޯޓްތަކުން ދިވެހި ފަންނާނުންނަށް ފުރުސަތު ހަނިކުރާ ކަމުގެ ޝަކުވާ މި ފަހުން އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ. މިފަދަ މަސައްކަތުގައި ބިދޭސީން ގެންގުޅުމަކީ މަނާ ކަމަކަށް ވިޔަސް އެކި ނަންނަމުގައި ވިސާ ހޯދައިގެން ބިދޭސީން ގެނެސް، ފޮޓޯގްރާފަރުންނާއި މިއުޒީޝަނުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ އަބަދުވެސް ހިނގަމުން އަންނަ ޝަކުވާ ބޮޑު މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ-2
06 March 2021
ހޮޓާތަކާ ކަންމަތީ ފިހާރަތަށް ވެސް ހިންގަނީ ބިދޭސީން. ނަމުގަ އިންނާނެ ދިވެއްސެއް، ކުޑަ ފައިސާކޮޅެއް އޭނަޔަށް ލިބެނިކޮށް އޯކޭ!!
ޝަފީރު
06 March 2021
އަދި މާނުރައްކާ ކަމެއްގެވާހަކަ ދަންނަވަންތޯ. ދިވެހިން އެމީހުންގެ ވިޔަފާރިތައް އެހެން މަސައްކަތްތައް ކުރަން އައިސްތިބި ބޭރުމީހުންނަށް ކުއްޔަށް ދީގެން ހިންގާ ވިޔަފާރިތައް ބައިވަރު މިއޮތީ. ޜައްޖެތެރޭގެ ފިހާރަތައްވެސް މިއޮތީ ދީފައި. ހޮޓާތައްވެސް މިއޮތީ މިކަހަލަ މީހުންގެ ބާރުގެ ދަށުގައި. މަހުކުލި ވިހި ފަންސަވީ ހާސް ރުފިޔާއަށް ކުއްޔަށް ދިފައި. ޜަށްރަށު ކައުންސިލުތަކުން ބަލާވެސް ނުލާ. ޥޯރާ ވިޔަފާރިވެރިންނަށްވުރެވެސް ކުރީގައިތިބީ. ޤާނޫނެއް ނުހިންގޭ.
ކޮބާކޮބާ
05 March 2021
ކޮބައިތޯ ފިހާރަތަކުގައި ތިބޭހާ ބިދޭސީ ސޭޓުން. މިހާރު އެކަން މައްސަލައަކަށް ނުވަނީތޯ؟
އަސްލު1111
05 March 2021
ބިދޭސީންނަށް ފައިދާ ލިބޭގޮތަށް ނަމަކަށް ދިވެހިން ލައިގެން ހަދާފައި ހުންނަ ކުންފުނިތައްވެސް އުވާލަންޖެހޭ. ހުރިހާ ފައިސާއެއް ގެންދަނީ ބޭރަށް.
ތަކުރުބޭ
05 March 2021
ގާނޫނާއި ގަވާއިދާ ޚިލާފައުޅޭ މީހުން ހަމަތިގޮތަށް މަޑުމަޑުން ގައުމުން ފޮނުވާލަން ވީނުންތޯ ؟ އެހެން ގައުމުތަކުގައި ވެސް ބަލަނީ ވިސާއާއި އެހެނިހެން ޑޮކިއުމަންޓް ހަމަކޮށްގެން އުޅޭތޯއާއި ދެން ހަމަނުވާނަމަ ގާނޫނީ ގޮތުން ދޭންޖެހޭ އަދަބު ދެމުންނެވެ.
ހަސަނު
05 March 2021
ވަރުވަރުން މިނިސްޓަރީތައް ހަދާފަ ހުއްޓަކަސް ބޭރު މީހުން އައިސް މި ގަންނަ ގަނޑެއް ނުބެލެ..
އެމްސް
05 March 2021
މުޅި ރީޓެއިލް ޓްރޭޑް އޮތީ ބިދޭސީންގެ އަތްމަތީގަ، ދިވެހިން ތިބީ އެމީހުން ދަށުގަ!
އަލީ
05 March 2021
ތިކަމެއްނޫން ކުރަންވީ. ތިއައްވުރެ ބޮޑެތި މައްސަލަތައް ބަލަންވީ.
ހުރާ ފިއްޓޭ
05 March 2021
ކުޑަހުރާގަ ތިބި ލަންކާ ތިންބެރު ގްރޫޕް އެބައޮތް އަދިވެސް.