ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުން ފަދަ ކެޓަގަރީތައް ކަނޑައެޅީ ރަނގަޅު ނިޔަތެއްގައި ކަމަށް ވެދާނެ ކަމަށާއި އެކަމަކު އެގޮތަށް ހެދުމުން ޝަކުވާ ބޮޑު ކަމަށް ރައީސް ވިދާޅުވި
އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި. --ފޮޓޯ/ރައީސް އޮފީސް
08 މާޗް 2021 - 12:41
ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލުމަށް ހެދި ކްރައިޓީރިއާތަކަށް އާއްމުންގެ ހިޔާލު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލުމެވެ. އެގޮތުން އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލައި އެކަށީގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހަތަރު ބޭންޑެއް ކަނޑައަޅާނެ އެވެ.
އެއީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އާއި މިޑްލް އިންކަމްގެ އިތުރުން ހައި އިންކަމްގެ ކެޓަގަރީގެ މަޝްރޫއުތައް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި މާލެ ސަރަހައްދުގައި އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމުން ގިނަ ބަޔަކު މަހްރޫމްވެފައި ތިބުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. ބޯހިޔާވަހިކަމަށް ހުޅުވާލާނެ ކްރައިޓީރިއާތަކާ ގުޅޭ މަޝްވަރާތައްކޮށް ވަރަށް އަވަހަށް ހިޔާލަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.
އެ ކްރައިޓީރިއާތަކަށް އާއްމުންގެ ހިޔާލު ހޯދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި މާލޭ ސިޓީ ކައުންސިލަށް ފޮނުވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއަށް ކްރައިޓީރިއާތައް ކަނޑައެޅި ގޮތުން ގިނަ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުން ފަދަ ކެޓަގަރީތައް ކަނޑައެޅީ ރަނގަޅު ނިޔަތެއްގައި ކަމަށް ވެސް ވެދާނެ ކަމަށާއި އެކަމަކު އެގޮތަށް ހެދުމުން ޝަކުވާ ބޮޑުކަން ފެންނަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާނީ އެ މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް ކަމަށެވެ.
"އުއްމީދަކީ މި މަހުގެ ނިޔަލަށް ކްރައިޓީރިއާތައް ކަނޑައަޅައި ހައުސިން ޔުނިޓްތައް ފެށުމާ އެކު [އެތަންތަން] ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ފަށާފައިވާ ބައެއް ހައުސިން ޔުނިޓްތައް އަންނަ އަހަރު ނިމެންވާއިރަށް ހަވާލުކުރެވޭނެ އެވެ. މި ސަރުކާރުން ރާވާފައިވާ ހައުސިން މަޝްރޫއުތަކުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްތާ
09 March 2021
ކަމެއްގަ ޔާމީން ސަރުކާރުގެ ރަގަޅު ނިޔަތެއް އޮތިއްޔޭ؟ ތީ ކިޔާ ޖޯކެއްތަ؟ ކޯޓުގައި ތިޔަ ދައްކަނީ ޔާމީންގެ ނިޔަތް ނުބައިކަމަށް އެކަމު. ޑޮކްޓަރުންނާ ޓީޗަރުންނަށް ކެޓަގަރީ ކަނޑައެޅީ ކީއްވެކަން ވިސްނަން ނޭނގުނީމަ އެކަމުން އެނގެނީ މިސަރުކާރުގަ ހުރި ފެންވަރު. ޔާމީނާ ދެކޮޅަށް ބުޅަލެއް ނިކުތަސް ވޯޓްލާނެކަމަށް ބަޔަކު މިތަނުގައި ކިޔައި ވޯޓްލައިގެން ހޮވުނު ސަރުކާރެއްވީމަ އެކަހަލަ ކަންކަމުގެ ސަބަބު މިސަރުކާރަށް ނޭނގުމަކީ ކަންކަން ވާން ހުރި ގޮތް.
ތޯތަލް ރިކޯލް
09 March 2021
އަގައިން ހިފަހައްޓާލާ،، ދިވެހިން ގަމާރު، ވޯޓް އަޅާނެ.. 0 ތޮލެރެންސް
ޛވޖގޖގ
09 March 2021
ބަލަ ރައީސް ހިޔާވަހިކަމަށް ހިޔާލުހޯދީމަ ނިމުނީއެއް ނޫނޭ. އެހެން ހުރިހާކަމަކަށްވުރެ ބޯހިޔާވަހިކަން އަމިއްލަ ބޯހިޔާވަހިކަން ބޭނުންވެފަ ތިބިމީހުންގިނައީ. އެކަމް ރައީސް ބަލަނީ ތިވެސް ކުޅޭކުޅިވަރެއް ކަމަށް
ައަށް ގޮދާ
08 March 2021
ރައީސްއެވެ. ދައުރު ދެބައި ވަނީ އެވެ. އަދިވެސް ތިއުޅެނީ ރ.ޔާމީނު އެޅި ފުލެޓް ތައް ބަހަން ނޭނގިގެނެވެ. އެތަނަށް މީހުން ނުމެ ވަދެވިގެނެވެ. ވާނީވެސް އެހެންތާ އެވެ. މި ސަރުކާރަށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ބަހަންވެސް އަހަރެއް ހޭދަވިޔެވެ. ކުރާނެ ކަމެއް ނެތެވެ. ހަމަ ވާހަކަ ގިނަބަޔަކީއެވެ. އަމަލު ސުލޯއީއެވެ. ރައްޔިތުންނަށް އޮތީ އަވާމެންދުރު ބެލުމެވެ. އެއީ ހަގީޤަތެއް ނޫންކަން އެނގިތިބެއެވެ.
މަސްވެރިޔާ
08 March 2021
އީސީޝަރީފު ވިދާޅުވަނީ އެންޓިކެމްޕޭނު ނުކުރާށޭ. ޤައުމުގެ ރައީސު ވަކިމީހަކަށް ވޯޓްހޯދަން މަސައްކަތްކުރުން އެހެންކެންޑިޑޭޓުންނަށް ކުރެވޭ އެންޓިކެމްޕޭނަށް ނުވޭބާ.
ކަޑަ
08 March 2021
މަކަރުވެރި ސަރުކާރެއްގެ ބޭނުމަކީ ރައްޖެ އަވައްޓެރި ޤައުމެއްގެ ދަޝުކުރުން
ނޫރާނީ މާ
08 March 2021
ދިވެހިން މި ފަހަރު ހެދިއްޖީއްޔާ ރާއްޖޭގެ ދުވަސް ދިޔައީ
ބަޑީ
08 March 2021
ކލމނ އަލަށް ދެތްތޯ ރާއްޖެއަށް އައިސްގެން ތިއުޅެނީ!! އިގޭ އެއްކަމެއްވެސް ނެތް، އަނެއްކާ އިގޭބާ ރާއްޖެ މީ އެއްދީނަކަށް އުޅޭ އެއްބަހަކުން ވާހަކަދައްކާ ބަޔަކުއުޅޭ ޤައުމެއްކަން. އަނެއްކާ އެކަންވެސް ބަލަން ދިރާސާއެއް ހަދަން ބަޔަކާ ހަވާލުކުރަންޖެހިދާނެ. ނޭގެންޏާ ދުރަށްޖެހިލާ
ނެކްސްޓް
08 March 2021
ވޯޓުބޭނުންވަންޏާ ކަންކަން ކޮށްފަ ދައްކަންވީ ހުސްއަނގަކަމަކުނުދޭ. ކޮންމެ ވޯޓަކަށް އެއްވާހަކަކެއް
ޞނބޖބޖ
09 March 2021
ތެދެއްތިބުނީ ނެކްސްޓް. ބޯހިޔަލޭ ކިޔައިގެން ދިވެހިންގެ ލޮލުގަ މިހާބޮޑަށް އަނދުން އަޅުވާބައެއް ނޫޅޭނެ. އެހެންދޯވާނީ އަނދުން އުޅެނީވެސް އެޕާޓީގަވިއްޔަ. ރާއްޖެތެރޭ މީހުންނަށް އިޒްރޭލްއޭބުނެ މާލެ މީހުންނަށް ފަލަސްތީނުގެ ނަންދޭބައެއް މިނޫނީ ނެތް
ހވސާ
08 March 2021
ކެމްޕޭން ދުވަސްވަރު ދެން ވަކި ބަޔަކަށް ވައުދުވަނީ ކީއްކުރަން.. ސަކުވާ ބޮޑެއްނޫންތަ. މުޅި އެންމެނަށް ވައުދުވީމައި ވީނު. ހަމަ ރައްޔިތުން ޔޫސްކުރަނީ.