މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 19 ގައި ރިލީޒްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރު" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމަކީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލު ކުޅެފައިވާ ބްލެކް ކޮމެޑީއެކެވެ. އަދި މިއީ ދެ ތަރިން އެކީގައި ކުޅުނު ތިން ވަނަ ފިލްމެވެ. އަރުޖުން 2012 ގައި ބޮލީވުޑަށް ނުކުތީ ޕަރިނީތީ ބަތަލާގެ ރޯލު ކުޅުނު "އިޝަގްޒާދޭ" އިންނެވެ. އަދި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2018 ގެ "ނަމަސްތޭ އިންގްލެންޑް" އިންނެވެ.

ދިބާކަރް ބެނަޖީ ޑައިރެކްޓްކޮށްފައިވާ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަކީ ކުރިން 2018 ގައި ރިލީޒްކުރަން އުޅުނު ފިލްމެކެވެ.

މި ފިލްމު އޭގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސިނަމާތަކަށް އަންނަ އިރު، ޕަރިނީތީގެ "ސައިނާ" މި މަހުގެ 26 ގައި ރިލީޒްކުރާނެ އެވެ. އެ ފިލްމަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ރޯލުން ޕަރިނީތީ ފެންނާނެ ފިލްމެކެވެ.

"އިންޑިއާ ކީ ލޮކްޑައުން" ނިންމާލައިފި

ޑައިރެކްޓަރު މަދޫރް ބަންޑާކަރް ޖެނުއަރީ މަހު ޝޫޓިން ފެށި ފިލްމު "އިންޑިއާ ކީ ލޮކްޑައުން" ގެ ޝޫޓިން ނިންމާލައިފި އެވެ.

މަޝްހޫރު ނޫން ކާސްޓަކާ އެކު ގެނެސްދޭ މި ފިލްމަކީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ވިދިގެން އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު އާންމުންގެ ދިރިއުޅުމަށް ކުރިމަތިވި ކަންތައްތައް ވަރަށް އަސްލާ އެއްގޮތަށް ގެނެސްދޭނެ ފިލްމެކެވެ. މަދޫރަކީ އަބަދު ވެސް ހަގީގީ ހާދިސާތަކުގެ މައްޗަށް ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރަކަށްވާތީ "އިންޑިއާ ކީ ލޮކްޑައުން" އަކީ ޔަގީނުން ވެސް ބެލުންތެރިން ވަރަށް އިންތިޒާކުރާނެ ފިލްމެކެވެ.

"ފެޝަން" އާއި "ޗާންދުނީ ބާ" އަދި "ޕޭޖް 3" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "އިންދޫ ސަރުކާރު" އެވެ.

އާމިރު "އައިޓަމް ލަވައި" ގެ ޓީޒާއެއް

މި މަހުގެ 26 ގައި ރިލީޒްކުރާ ސައިކޮލޮޖިކަލް ތުރިލާ "ކޮއީ ޖާނޭ ނާ" އަށް އާމިރު ޚާނާއި އެލީ އަވްރަމް އެކީގައި ކުޅުނު "އައިޓަމް ލަވައި" ގެ ޓީޒާއެއް ދައްކާލައިފި ދައްކާލައިފި އެވެ.

ފޯރި ގަދަ ނެށުންތަކެއް ފެނިފެންދާ ލަވައިގައި އާމިރު ފެންނަނީ މަޑު ނޫކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ޖެކެޓަކާއި މަޑު މުށި ކުލައިގެ ފަޓްލޫނެއްގަ އެވެ. އެލީ ހުރީ ވިދުން ގަދަ ކުރު ދަނބު ކުލައިގެ ހެދުމެއްގަ އެވެ. ދެ ތަރިން އެކީގައި ފެނިގެންދާ ލަވަ މާދަމާ އާންމުކުރަން ނިންމާފައިވާ އިރު ލަވައިގެ ނަމަކީ "ހަރު ފަނު މޯލާ" އެވެ. މި ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ބޮސްކޯ އެވެ.

"ކޮއީ ޖާނޭ ނާ" އަކީ އާމިރުގެ އެކުވެރި އެކްޓަރު އަމީން ހާޖީގެ އަލަތު ޑައިރެކްޝަނެވެ. ފިލްމުގެ ލީޑް ތަރިންނަކީ ކުނާލް ކަޕޫރާއި އަމީރާ ދާސްތޫރެވެ.

"ލޫޕް ލަޕޭޓާ" އޮކްޓޯބަރު 22 ގައި

މި އަހަރު ރިލީޒްވާން ހުރި ބަތަލާ ތާޕްސީ ޕައްނޫގެ ފިލްމުތަކުގެ ތެރެއިން "ލޫޕް ލަޕޭޓާ" އޮކްޓޯބަރު 22 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ 1998 ގެ ޖަރުމަންހެ ފިލްމު "ރަން ރޯލާ ރަން" އަަސްލަކަށް ބަލައިގެން އާކާޝް ބާޓިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ލޫޕް ލަޕޭޓާ" ބަތަލަކީ މިހާތަނަށް މުޅިން ވެސް ސަޕޯޓިން ރޯލުތަކުން ފެނިފައިވާ ތާހިރު ރާޖް ބާސީން އެވެ. "މަރުދާނީ" އާއި "ޗިޗޯރޭ" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގްގެ "83" ވެސް ހިމެނެ އެވެ.

"ލޫޕް ލަޕޭޓާ" ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު ތާޕްސީގެ "ހަސީން ދިލްރުބާ" ޕްރިމިއާކުރާނީ ނެޓްފްލިކްސްއިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޝަބާޝް މިތޫ" އާއި "ރާޝްމީ ރޮކެޓް" އަދި "ދުބާރާ" ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454