ނަޝީދު ވިދާޅުވީ ބިން ހިއްކަން އައިއެންޖީ ބޭންކުން ލޯނެއް ނަގަަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް.
ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ހިއްކާ ނިންމާފައި. މާލޭ މީހުންނަށް ގޯތިދޭން އާ ބިމެއް ހިއްކަން ސަރުކާުރުން އަންނަނީ މަސައްކަތް ކުރަމުން
10 މާޗް 2021 - 11:24
މާލޭ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ހައުސިން މިނިސްޓަރު އަސްލަމް ދެއްވި ޖަވާބެއްގައި ވިދާޅުވީ ގޯތި ދޫކުރުމާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ހިމެނޭ މަޝްރޫއު އިއުލާނު ކުރައްވާނީ ރައީސް ކަމަށެވެ.
ނަމަވެސް އެއީ އިތުރު ބިމެއްގެ ވާހަކަ ކަމަށް އަސްލަމް ވިދާޅުވި އެވެ. ގޯތި ދޫކުރުމުގެ ވާހަކަ ވަކި މަޝްރޫއެއްގެ ގޮތުގައި ރައީސް އަދި އިއުލާނު ނުކުރައްވަނީ، އަސްލަމް ވިދާޅުވި ގޮތުގައި، އަދި އެ ހިސާބަށް އެ މަސައްކަތް ކުރިއަށް ނުދާތީ އެވެ.
"އެހެން ނަމަވެސް ވަކި ހިސާބަކަށް އާދެވުނީމާ އެ ވާހަކަ އެ ވިދާޅުވެފައި އެ އޮތީ. އެހެންވީމާ މާފާ އެކީ ދަންނަވަން. އެހެންވީމާ އިތުރު ބިމެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ބިމާ އެކީގައި އިތުރު ގޯތީގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އަސްލު،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ހައުސިން މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
އަސްލަމްގެ ޖަވާބަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ ބިން ހިއްކަން އައިއެންޖީ ބޭންކުން ލޯނެއް ނަގަަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިއެންޖީ ބޭންކަކީ ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ބޮސްކާލިސް އެ ގައުމަކަށް ނިސްބަތްވާ ނެދަލޭންޑްސްގެ ބޭންކެކެވެ. ބޮސްކާލިސް އަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރައީސަކަށް ހުންނެވި އިރު ގުޅިފަޅާއި ރާއްޖޭގެ ބައެއް ރަށްރަށް ހިއްކުމުގެ މަޝްރޫއުތައް ހަވާލުކުރި ކުންފުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ.
"ހިއްކުމަށްޓަކައި ބޭނުންވާ ލޯނު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އެ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ. އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކޭނެ ކަމަށް ވަނީ. ހިއްކުނީމާ ހަމަ ބިން ކަނޑާފައި އިރާދަކުރެއްވިއްޔާ ދެވޭނެ ކަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.
މާލޭ މީހުންނަށް ގޯތި ދޭން ބިން ހިއްކަން ނިންމާފައި މި ވަނީ މާލޭ މީހުންނަށް ގޯތި ނުލިބޭ މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ތިލަފުއްޓާއި ގުޅިފަޅު މާލެއާ ގުޅުވާލައި ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ސަރުކާރުން މިހާރު ހިންގާ މަޝްރޫއުގައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ވެސް ބޮޑު އަގަކަށް ހަވާލުކޮށްފައި އޮތީ ބޮސްކާލިސް އަށެވެެ. ޑަޗް އައިއެންޖީ ބޭންކުން ލޯނު ނަގާއިރު އެގައުމުގެ ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ޝަރުތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
11 March 2021
މާލޭ އެންމެނަށް ވާވަރަށް މާލޭގެ ބިން އެބަހުރި، އެކަމަކު އެބިމުގަ 2 ލައްކައެއްހާ ބިދޭސީން އުޅެންވީމަ ދިވެހިން ވަނީ މަގުމަތި!
ކާޑިނަލް
11 March 2021
އެންމެންގެ ޓެކްސް ލާރީގައި ވަކިބަޔަކަށް ނަންކަޑައަޅާ ބިންހިއްކައިގެން ނުވާނެ. ޕޮޒިޓިވް ޑިސްކްރިމިނޭޝަން ޖެހޭނީ އެއަށް އެންމެ ބޭނުން ޖެހިފައިވާ މީހުނަށް ދޭން.. އެވެސް ނަސްލީ ތަފާތަށް ބެލުމެއް ނެތި. ކޮބާ މިހާދުވަސްވަންދެން މާލެ މީހުން ރާއްޖެތެރޭމީހުން އަތުން ފެލިހާ ލާރި. މުކާތަބު އަޅަކަށްވެސް އެނގޭނެ އޭނާ މިނިވަން ވާނެ ދުވަސް އޭނާ ހޯދާ ލާރި އޭނާގެ މިލްކަށް ވަންނަން ފަށާނެ ދުވަސް. ރާއްޖެތެރޭ މީހާ އަށް މި ޖެހެނީ އެއަށް ވުރެވެސް ދަތި ހާލެއް.
މަތާރަ
11 March 2021
އަދިވެސް މާލޭގެ މީހުންނަށްތަ ބިން ހިއްކަންވީ؟؟؟ މިސަރުކާރުން ކުރި އެންމެ ބޮޑު މޮޔަކަންތަކަކީ ހޯރަފުށީގަ އެއަރޕޯޓު އެޅުން!! ބަލަގަ ހޯރަފުށީގަ އެއަރޕޯރޓު އެޅުމުގެ ބަދަލުގަ ހޯރަފުށްޓާ އިންވެގެން އޮންނަ ބޮޑުސިންގާ ވިލާއި ހުވަހަންދޫ އެއްކޮށް ހިއްކިނަމަ ގައިމު ތިލަދުންމަތީގެ ދެބައިކުޅަ ފަސްބައި ރައްޔިތުންނަށް ގޯތި ދޫކުރެވޭވަރުގެ ބިން އޮންނާނެ!! މިކަހަލަ މަޝްރޫއު ނުޖައްސާ ވީ އަދިވެސް މާލޭ މީހުންނަށް ބިން ހިއްކަންތަ؟؟؟
ރޮކެޓްސައިންސް
10 March 2021
ނޫން އަސަލަމް އެއްގޮތަކަށް ވެސް ބިން ހިއްކުން އެއީ ރަނގަޅުކަމެއް ނޫން ހަދަންވީ ފޮލޯޓު ކުރާގެތަކެއް ނޫނީ ވޯޓަރ ބަންގަލޯތަކެއް. ހަމައެކަނި ހިއްކަން ޖެހޭނީ ފަރެސްމާތޮޑާގެބިން. އެއީ 1500 މީހުން ހަމަނުވާ ފަރެސްމާތޮޑާގެ މީހުންނަށް ގޯތި ދޫކުރަން. ހަވަރު ތިނަދޫގަ ޔާމިނު ސަރުކާރުން ހިއްކާފަ އޮތް 12 ހެޓަރުގެ ބިމުން ގޯތި ދޫނުކޮއްގެން އުޅެނީ ހިއްކިބިމަކަށް ވާތީޔޯ އަސްލަމް ބުނީ ތިނަދޫ މީހުން އުޅޭނީ ވޯޓަރ ބަންގަލޯގަޔޯ ދެން ތިނަދޫ އެމްޑީޕީ ކުދިން އަތްޖަހާ
ފޫޅު އަލިބޭބެ
10 March 2021
ދުވަހަކުމެ ކޮޅުންލާނެކަމެއް ނޫން. މައުމޫނު ނޫނީ ނެތް ނިކަމެތި މީހާ ގަނޑަށް ގުރުއަތުން ގޯތި ދިން މީހެއް. ތިޔޮށް ހުޅުމާލެ ސެކަންޑު ފޭސްގަވެސް ގޯތި ގަނެފައި އެހެރީ ކޮލިގޭ ކުދިންނާ ދެންވެސް ތިބި މަހުޖަނުން. ކިތަންމެ ވަރަކަށް ބިން ހިއްކިޔަސް އަހަރުމެން ނިކަމެތި މީހާއަށް ގޯތި ނުދެންޏާ ތިމައްސަލަ ހައްލުވާނެތަ؟ ތިތަން ހިއްކާފަ ވެސް ބުނާނެ އަސްތާ މިއީ ބިލިޔަނުން ޚަރަދުކުރި ޕްރެޖެކްޓެކޭ މިތަނުން ގޯތި ލިބެންވާނީ ފުތު އަލިފުޅު ތުއްތުގެ ދަރިކޮޅު މީހުންނަށޭ
ކ ކުކުނniޞޮ
11 March 2021
އެގޭތަވގުރުއަތުލީ ކިހިނެއް ކަން ހަހަހަ ދަނޑުމެދުގަ ފޮށިބަހައްޓާގެން ކުޑަ ކުއްޖަ ކުލައްވަ ކަރުދާސް ނަގާގެން ނަން ކިޔަނީ މަތިން އައިސްއޮތް ލިސްޓުން ހަހަހަހަ
ގުދުގުދާބެއްޔާ
10 March 2021
މިއައްކިޔަނީ ވޯޓް ހޯދަން ކަޑަ ޖެހުން! ވޯޓްލާނިމުނީމަ އެނިމުނީ! ތިޔަހެން ނުހެއްދޭނެ އަހަރުމެންނެއް! މީގެ ކުރިންވެސް ތިޔަ ކަހަލަ އަވާމެންދުރު މާލޭ ރައްޔިތުންނަށް ދެއްކި! ވީކަމެއް ހަރާމުން ހަރާމް! މިފަހަރު ވޯޓެއް ނުލިބޭނެ! ފުރަތަމަ ވީވައުދު ފުއްދާ! ނޯވޯޓް ނޯގޯތި.
އަރުތަ
10 March 2021
ގޯތި ދިނީމަ ވޯޓުލާ ގޮތަށް ހަދާނަމަ، ދެން ކުރިޔަށް މިއޮތް ދެއަހަރުވެސް ބިންހިއްކައިގެން ގޯތި ދެވިދާނެހެން ހީނުވޭ، އެހެންވީމަ ކައުންސިލް އިންތިޚާބުވެސް ޖެހޭނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްލަންތާ. ހާދަހާ ދެރަ ވަޑާމެކޭ.........
ރަށުމީހާ
10 March 2021
ނޯގޯތި ނޯވޯޓު
އަރުތަ
10 March 2021
އެކަމަކު ކުރިއަށް މިއޮތް މަސްދުވަސްތެރޭ ބިމެއް ހިއްކައިގެން ގޯއްޗެއް ނުދެވޭނެ ނޫންބާ، އެހެން ވީމަ ބިމެއް ހިއްކައިގެން ގޯތި ދެވެންދެކަށް ކައުންސިލް އިންތިޚާބު ފަސްކުރަންވީނު....
ކަކުނިބޯ
11 March 2021
އަރުތަ ތިބުނީ ރަނގަޅުވާހަކައެއް މިހާރުވޯޓުނަގާނީ މާލެސިޓީގެ ކައުންސިލް ރަށެއްހިއް ކާ ގޯތިދޭހާ މުއްދަތްދީފަ އަލުން ވޯޓުނަގަން ފެންނަނުފެންނަ
ވާހަކަ
10 March 2021
މި ކުޅުދުއްފުށީގެ ވެސް ބިންފުރި ގޯތި ދޫނުކުރާތާ އެތަށް ޒަމާނެއްވެއްޖެ ކަނޑާ ހަމައަށް ހިއްކާފަ ހިއްކާނެ ޖާގައެއްވެސް ނެތް.. އަހަރެމެންނަށް ކީއްވެ ޖެހިގެން އޮތް ރަށާ ކައިރީގަ އޮތް ފަޅު ނުލިބެނީ؟؟ މާލެ މީހުންނަށް އެކަނިތަ އެގޮތަށް ލިބެނީ؟؟ އަބަދުވެސް އަޑު އިވޭ މާލޭ މީހުންނަކަށް ރާއްޖޭގެ އެހެން ރަށްރަށަކުން ނުލިބެއޭ ފުލެޓެއް ބިމެއް.. ކަނޑައެޅިގެން ދޮގެއް ހދ.ހަނިމާދޫ ލ.ގަމަށް ބަލާ ކިތަށް ގޯތިތީ އޮތީ ނާލޭ މީހުންގެ. މިހާރުވެސް އެފުރުސަތު އޮވޭ.
އަރުތަ
10 March 2021
ރަނގަޅު ވާހަކައެއް، ކ.ތުލުސްދޫގަވެސް އެބައޮތް ކުރީގެ މިނިސްޓަރު ޢަބްދުﷲ ޙަމީދުގެ ވަރަށް ބޮޑު ގޯއްޗެއް، ދެބުރި އިމާރާތެއް ހަދާފަހުރި މިގޯތި ހަމީދުބޭބެއަށް ލިބުނީ ކިހިނެއް ކޮން އުސޫލަކުން ކަމެއް ބުނާކަށް ނޭގެ، އެރަށު ރައްޔިތުންވެސް ތިބެނީ އެތަނަކީ ވުޖޫދުގަވެސް ނެތްތަނެއްގެ ގޮތުގަ ދެކިގެން، އެތަނުގެ ނަންވެސް ނުގަނެ ބިރުން ކަމަށްވެސް ވެދާނެ.
ހަސަނު1
10 March 2021
ރައްޔިތުންނަށް އޮޅުވާނުލަމާ.. މާލޭ ސަރަހައްދަކުން މާލޭ އެންމެންނަށް ފުދޭވަރަކަށް ގޯއްޗެއް ނުދެވޭނެ. ފުރަހަނި ޝުއައިބުމެން ހުޅުމާލޭގައި ގޮޅި އަޅާލާފައި މިއޮތީ 10.000 ގޯއްޗޭ ބުންޏަކަސް މީކީ އެހެން ވާ ކަމެއް ނޫން. އޭރުން އެތަންވެސް ނިމޭނީ މާލެ މިއޮތް ހާލަތުގަ. ހިލޭ ގޯތިދޭ ޒަމާން މާޒީވެ ހިނގައްޖެ. އެކަމެއް ނުވާނެ. އެދަޅަށްއަށް ހެއްލިގެން ވޯޓު ދެންޏާ ދޭންވީ. ދެން އެކަމު ފަހުން ނިކުމެ އިސްތިއުފާއޭ ނުގޮވާތި.
އަރުތަ
10 March 2021
ޝުޢައިބުމެން އިބްރާހިމްރަޝީދުމެން އެއުޅެނީ .. ކޮށިއަރައިގެން، ހުޅުމާލެއިން ގޯތި ކުރިންވެސް ވިއްކީ ދެންވެސް ވިއްކާނީ، ހުޅުމާލެ ބިންހިއްކަންފެށީ ބޯހިޔާވަހިކަމެއް ނެތް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގަ ނަމަވެސް ވިޔަފާރީގެ އުސޫލުން އެތަނުގެ ބިން އެދަނީ ބޭނުންކުރަމުން، އެކަން ދާނީ އެގޮތަށް ކޮންމެ ވެރިކަމެއް އޮތަސް.
މީމަގޭހިޔާލު
10 March 2021
ބޮޑުކޮށް މާލޭމީހުންނޭ ގޯތިނެތޭ ކިޔާއިރު މާލޭ މީހުންގެ ގޯތިތަކުގަ އުޅެނީ މާލޭ މީހުންތޯ ބަލާބަލަ މާލޭމީހުންނަށް ގޯތި ދޭންވީ އިންޑިއާއިންނާ މެލޭސިއާއިންނާ ލަންކާއިން އެތަންތަނުގަ މާލޭމީހުން ކުށްޔަށް އުޅެނީ ދުވަސްކޮޅަކުން މާފުށީމީހުންވެސް ކުރާނީ މިސަކުވާ އެމީހުންވެސް ބަންޑާރަގޯތި މަހަކަު 5 ހާސް ޑޮލަރަށް ކުއްދީގެން ދެން ވަންނާނެތަނެއް ނެތިގެން އެއުޅެނީ ލ ގަމުގަވެސް 100 އަށްވުރެ ގިނަ މާލޭމީހުންގެ ގޯތި އެބައޮތްމިހާރުވެސް އެވެސް ފަޅަށް