ކުރީގެ ރައީސް އަބްދުﷲ ޔާމީން: އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ހާލު ހުރި ގޮތުން ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ/މިހާރު
10 މާޗް 2021 - 20:47
ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭ މައްސަލައިގެ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ގާނޫނާ ޚިލާފު ކަމެއް އެކަމުގައި ނެތް ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ. އޭނާ ގޭބަންދަށް ބަދަލުކުރަން ޖެހުނީ ނިދަން ބޭނުންކުރާ މެޝިން ޖަލުގައި ބެހެއްޓޭނެ ގޮތެއް ނެތުމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ޔާމީންގެ ލިބިފައެއް ނެތެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ޔާމީނަށް އެރުވި ކަމަަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ޔާމީން ބޭނުން ނުކުރެއްވީ ކަމަށެވެ.
"އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީން ފަރުވާއެއް ހޯދުމަށްޓަކައި އަދިއެއް އަޅުގަނޑަކާ ހިސާބަކަށް ނާދޭ، އެދިފައި އޮތް ކަމެއްވިއްޔާ އެ ކަމެއް ވާނީ ކޮށްދީފައި،" ރައީސް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ޝަރީއަތަށް ސާބިތުވެގެންނެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަމަށް ޝައްކުވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލްސާއެއްގައި.
މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިވާ ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ. އެކަމަކު އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި އެވެ.
ޔާމީންގެ ޕާޓީ، ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރާ ގޮތުގައި އެ މަނިކުފާނު ޖަލަށް ލީ ސިޔާސީ މަގްސަދެއްގަ އެވެ. ޔާމީންގެ ވަކީލުން ވެސް ވިދާޅުވި ގޮތުގައި އަސާސީ ހައްގުތަކާއި މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް ޔާމީންގެ ހައްގުތައް ވެސް ދަނީ ނިގުޅައިގަންނަމުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވައި ޔާމީން އެކަނި ޖަލަށް ލައިގެން އުޅުމަކީ ވެސް ސަރުކާރުން އެމަނިކުފާނާ ދޭތެރޭގައި ނުހައްގުން އަމަލުކުރަމުންދާ ކަމެއް ކަން ހާމަވާ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވެފައި ވަނީ އަދީބަށް ޣައިރު ގާނޫނީ ލުއިތަކެއް ދިނީ ސަރުކާރުން އަދީބާ އެކު ހެދި ސިއްރު އެއްބަސްވުމުގެ ދަށުން "ހަދިޔާއެއް"ގެ ގޮތުގައި ކަމަށެވެ. ޣައިރު ގާނޫނީ އެ ލުއިތަކުގެ ބަދަލުގައި، އެ އެއްބަސްވުމުގެ ދަށުން އަދީބު ކުރައްވާ ކަމަކީ ޔާމީނާ ދެކޮޅަށް ހެކި ބަސް ދެއްވުން ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިއްޕުޅު
11 March 2021
މާދަމާ ނޫންކަންނޭގެ ގަޓްރައީސް ތަނެއްގައި ރިއްސާގަންނާނީ..........
ސައިބޯނިބޮކި
11 March 2021
ތީ ހަމަ ހީވާ އެއްޗެއް. ގަޓްރައީސް ކިޔަނީ ކިޔަންވެގެން. ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގައި ރިއްސަނީއޭ ކިޔައިގެން ފިލަން ދުވާނެ މީހެއްނޫން އެއީ.
ކަނިއްޕުޅު
11 March 2021
މިހާރުވެސް ރިއްސައޭ. އެކަމު ހަމަ ޖަލުގަ އެހުރީ ގަޓްކަމުން.
ހަކޫނާ މަޓާޓާ
11 March 2021
ޑަކްޓަރުގެ ކޮން ލިޔުމެއް މަދުވެގެންތޯ އަހަރެންގެ ބޭބެ ގޭބަންދަށް ދޫނުކޮށް އެހުރީ؟ އެއީ ފުއްޕާމޭ މައްސަލަ ހުރި މީހެއް. ހަކުރުބަލީގެ މީހެއް ކިޑްނީ މައްސަލަ ހުރި މީހެއް. ލޮލުގެ ފެނުން ދައްވެފަ ހުރިމީހެއް. ނުކުރާ ކަމަކަށް ފްރޭމްކޮށް ޖަލުގަ އެއްގޮޅިން އަނެއްގޮޅިން ތަޅުވަނީ. ކޯޓުގައި ގޭބަންދުގައި ނަމަވެސް ބަހައްޓަދޭން ބުނީމާ ކޯޓުން ބުނީ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް. މުޖުތަމައަށް އެންމެ ރައްކާތެރި މީހުންތޯ ގޭގަ ބައިތިއްބާފަ އެތިބީ. މެޝިނެއްގެ އެހީގަ ނުނިދޭ މީހުން ކަމަށްވަންޏާ ތިޔަ މެޝިނެއް ބެހެއްޓިދާނެ ޖަލުގަވެސް ހަމަ. ނިކަމެތިންނަށް ނިކަމެތި ގޮތް. މި ރާއްޖެއަކުން އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ނުލިބޭނެ އެއްކަމެއްގަވެސް ނިކަމެތިންނަކަށް. ވޯޓު ހޯދަން މަގޭ ކައިރިއަށް ނާންނާތި!
އަރުތަ
11 March 2021
ރ ޔާމީނު ޖަލުން ގޭބަންދަށް ހަމަ ބަދަލުކުރީ، ހުރިހާ އިންސާފެއް ޤާއިމުވެ އިތުރުވެސް ވާނެ އުތަ.
ރަދީފްއޮފިޝިއަލް
11 March 2021
''ސޯލިހު ގޭ ބަންދަށް ބަދަލަލުކުރަން ޖެހޭ ލިޔުމެއް ނެތް''. 2024 ވަނަ އަހަރު ނޫސްތަކުން ފެންނާނެ ސުރުހީއެއް.އިންޝާﷲ.ވ.ވެދުން
އަރުތަ
12 March 2021
ނަޝީދު ހައްޔަރު ކޮށް ޖަލަށްލީ ގާޒީއެއް ހައްޔަރުކުރި މައްސަލައިގަ، ރ ޔާމީނު ހައްޔަރުކޮ ޖަލަށްލާފަ އެހުރީ ދައުލަތުގެ ފައިސާގަ ޖެހިގެން، ދެން އިބޫ ހައްޔަރު ކުރާނީ ކީކޭ ކިޔާފަބާ!
ހށނ
11 March 2021
ޔާނު ގަޓު ހުންނާނެ. ހު ކުމް ތަންފީޒުވަންދެން ޖަލުގަ އޮންނާނެ. ބުރަ ށިގަ ރިއްސައޭ ގެއަށް ބަދަލު ކޮށްދޭށޭ، ލުއިދޭށެ ކޭ ނުބުނާނެ. ގަޓު ރައީސު.
އަރުތަ
12 March 2021
ދުނިޔޭގަ ތިބި ބަޔަކަށް ތިއެއް ފެންނާނެ، ޖަހަން ހުރި އެއްޗިހި ކުރިއަށް ހުރީ، ޖަލު ހުކުމެއް އިއްވުމުގެ ސަބަބުން ނަޝީދަށްވެސް 2018 ގެ އިންތިޚާބުގަ ވާދަނުކުރެވުނު، ހީވަނީ ރ ޔާމީނަށްވެސް ޖެހޭނީ ހަމަ އެދަތުރުހެން، އުއްމީދަކީ ރައީސް ޔާމީނުގެ ޖަލުހުކުމް ނިންމާ މިނިވަންވެގެން ނުކުމެ އިންތިޚާބުގަ ވާދަކުރުން، ކުރެވުނު ދުވަހަކުން.
1234
10 March 2021
ރައިސް ޔާމީން 5 އަހަރެއް ނޫން 40 އަހަރުވެސް ޖަލުގަ އޮންނަވާފާނެކަން މިހާރު ޤަބޫލުކުރެވޭ އެއްވެސް ބޮޑައެއް ނުހާކާ.. އެހެން މީހުން މައިބަދައިގަ ރިއްސާތީ ގޮނޑި ދުއްވަން ފިލާ، ލޮލުގަ ރިއްސާ، ބޯއަނބުރައިގެން ގޮޅިއަށްވެއްޓި، އަނެއބަޔަކު ގައިކަހާތީ ޖަލުގަ ނޯވެވޭ..
ޖިނާ
11 March 2021
ނޯވެވޭނެ..
އަރުތަ
12 March 2021
އެހެންވެގެންދޯ ރ ޔާމީނު މިނިވަން ނުކޮށްގެން ދެއިރު ދެދަޅައަށް އުކުނޑިކޮށްޓާހެން މުޒާހަރާކޮށް ސްޓްރެސް ފްރީކުރަން ގެއަށް ބަދަލު ނުކޮށް ދީގެން ބަޔަކު އުއްތަރަވަނީ............
ޢަހައްމަދު
10 March 2021
ގައުމު ދޫކޮށްލައްވާފަ ވަޑައިނުގަންނަވާނެ ހަމައެކަނި ބޭފުޅަކީ ޔާމީންކަން މިހާރުމިވަނީ ކަށަވަރުވެފަ. ގޮނޑުގަ އޮތަސް މުތެއްވަނީ ހަމަ މުތަކަށް. ޢަލިކަމެއް ނުކެނޑޭނެ
އަރުތަ
12 March 2021
ކިތައްމެ ބޮޑު މަންޒަރެއް ރައްޔިތުންނަށް ދެއްކި ނަމަވެސް، ރައްޔިތުންގެ ބޭތުލްމާލު ދަވާލީމަ ދެން އެވާހަކަ ދައްކާނެ، ދެއްކި ބޮޑު މަންޒަރުން ރައްޔިތުންގެ ހިތްތަކަށް ލިބުނު އުފަލާ ހިތްހަމަ ޖެހުމަށްވުރެ ރައްޔިތުންގެ ވޭނާ ކެކުޅުން މާބޮޑުވާނެ. ބަޔަކު މީހުނަށް ނުހައްޤު މުއްސަނދިކަމެއް ލިބިގެން ތަނަވަސްކަންމަތީ އުޅެމުންދަނިކޮށް އެހުރިހާ ކަމެއްބީވީމަ ދެން ވަރަށް ތެޅޭނެ، އެއީ ތިވެގެން އުޅޭ ގޮތަކީ.
އަރުތަ
10 March 2021
ހޯހޯހޯ، އެއްގޮތަކަށްވެސް ކުރީގެ ރައީސް ޔާމީނު ގެއަށް ބަދަލު ނުކުރާތި، ވީހާ ގިނަދުވަހަކު ހިމާޔަތް ދީފަ ޖަލުގަ އޮތުން ޔާމީނަށް މާބޮޑަށްވެސް ރައްކާތެރިވާނެ.
ބަރުތަ
11 March 2021
ޔާމީން ގެއަށް ކިހިނެތް ބަދަލުކުރާނީ؟ ވެރިކަން ވެއްޓިދާނެތީ ފުލުހުން މިހާރުވެސް ތިބެންޖެހެނީ ޕީޕީއޮފީހުގެ 2 ދޮރުކަނީގަ ހިފަހައްޓައިގެން. ޔާމީން ގެއަށް ބަދަލުކޮށްފިއްޔާ އެމަގުން ދުއްވާވެސް ނުލެވޭނެ. އެ ގޭގެ ދޮރުކަނީގަ ފުލުހުން އެލިގެން ތިބެންޖެހޭނީ އެ މަގު އަބަދަށް ބަންދުކޮށްގެން.
ބިންސާ
10 March 2021
ޔާމީންއަކީ މިސަރުކާރު ފައިބުޑަށް ވެއްޓޭނެ މީހެއްނޫން..
އަރުތަ
12 March 2021
އެހެންވެގެންތަ އަދުރޭމެން ރައީސް މީހާއާ ބައްދަލުކޮށް ޔާމީނު ގެއަށް ބަދަލުކޮށްދޭން އާދޭސްކުރަނީ، ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރަން އާދޭސް ކުރަނީވެސް އެހެން ވެގެން އުތަ، ފައިބުޑަށް ނުވެއްޓުނަސް ޖަލުގެ ގޮޅިބުޑަށް ވެއްޓިއްޖެތާ..........
ގަބޭ
10 March 2021
ތިމަންނަޔަށް ކޮއްގެން އުޅެނީ ބޭއިންސާފު ހުކުމެކޭ ކިޔައިގެން ގޮތްދޫނުކުރަން ހިފަހައްޓަނީ. އެހެން ނޫނަސް މަތިމައްޗަށް ދައުވާތައް އުފުލާފަ ހުރިއިރު، މިއަދު ގެޔަށް ބަދަލްކުރިޔަސް މާދަން އަނެއް ހުކުމުގަ ޖަލަށް ދާންޖެހޭނެކަން އެގޭއިރު ކިއްކުރަން ލިޔުމެއް ހޯދައިގެން އެއްދުވަހަށް ގެޔަށް ބަދަލްވާންވީ.
އަލީ
10 March 2021
ސަރުކާރަކައް މެސިނެއް ނުބެހެއްޓިގެން ތިއުޅެނީ. ދެން ކޮންކަމެއް ތި މީހުންނައް ކުރެވޭނީ. ލަދުން ބޯ ހަލާކުވާ ވަރުގެ ވާހަކައެއްތީ. ދެންވެސް އިތުރައް ފަލީހަތްނުވެ އިސްތިއުފާދީ އިބޫ.ވާ މިއޮތީ ސަރުކާރެއް
އަރުތަ
12 March 2021
އަބަދަކު އިސްތިއުފާ ނުދީގެން ނެގިނެގިފަ ތިޔާޖެހެނީ، އިސްތިއުފާ ދިނީމަ އަނެއްކާވެސް ޔާމީނު އެމަޤާމަށް ލާންއުތަ، ހޯހޯހޯ ދެން އެކަމެއް ނުވާނެ، ފަސް އަހަރުގެ ވެރިކަމެއް ކޮށް ނިންމާލިއިރު ބުރިޖާ ފްލެޓާ އެއަޕޯޓުތައް އަޅާފަ ދެން ފޫދުއްވާލީ ރައްޔިތުންގެ ތިޖޫރި، އެކަމަކުވެސް އަނެއްކާ އެމީހާ! ދެން ތިކަމެއް ނުވާނެ.