ސުޕްރީމް ކޯޓު: ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނާޅަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
14 މާޗް 2021 - 12:46
ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމައިފި އެވެ.
ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ގާނޫނުގެ އެ މާއްދާ ބާތިލް ކުރަން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ދާދިފަހުން ނިންމާފައިވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށާއި އެ މާއްދާ ބާތިލް ކުރެވެން ނެތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އޭނާ ކުރިން ބުނެފައިވެ އެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައިިވަނީ ސުޕްރީމް ކޯޓަށް ދިއުމަކީ ބޭކާރު ވަގުތުތަކެއް ހޭދަކުރުން ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
އަންހެނުންނަށް ގޮނޑި ޚާއްސަކުރުމަކީ އިންތިޚާބީ ހައްގަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ މޫސަގެ ފަރާތުން އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ވެސް ސުޕްރީމް ކޯޓަށެވެ. އެކަމަކު މިދިޔަ އަހަރު އެ ކޯޓުން އެ މައްސަލަ ބަލައިނުގަނެ، އެންގީ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމަށެވެ. ހައި ކޯޓުން އެ މައްސަލަ ނިންމެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި 380 އަށް ވުުރެ ގިނަ ދާއިރާއަށް އަންހެނުން އިންތިޚާބު ކުރަން ޖެހެ އެވެ. އެ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާޒިމާ
15 March 2021
ތިއީ އުފެދުމުގައި ވެސް ބާޠިލް ޤާނޫނެއް. ތިހާ އަންހެނުންގެ ޙައްޤަށް ރައްކާތެރިވާނަމަ، މަޖިލިސްގެ 33 އިންސަތަ އަށް ވާ 28 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ޤާނޫނު ހަދާބަލަ. ނުހަދާނެ ނުހަދާނެ ނުހަދާނެ!
ބަޓް ވައި
14 March 2021
އަންހެން ބޭކަނބަލުންނަށް އެންމެ %33 ދޭންވީ. %50 ދީގެން ދެއްތޯ ހަަަމަމަ ވާނީ. ކީއްކުރާނީ ހަމަނުޖެހޭ ގާނޫނު މިހައްދަވަނީ ބެޑެތި މާސިންގާ މުސާރަ ނަންގަވައިގެން. %33 އަންހެން ބޭކަނބަލުންނަށް ދޭން މަޖުބޫރު ކުރިގޮތަށް ކީއްވެތޯ ބާކީ %67 ފިރިހެން ބޭފުޅުންނަށް ގާނޫނަކުން ކަށަވަރުކޮށް ނުދެވެންވީ. ކޮބާ ފިރިހެނުންގެ ހައްގުތައް. ހަމަހަމަ ކުރަން%50 ނުދީ %33 ދިނުމަކީ އަންހެނުންނަށް ހައްގުވާ މިންވަރެެއްނޫން. ޖާބެ ވެސް ވަގްތުން ވަގްތައް މިކަހަލަ އިސްލާޙެއްލާނަމަ
ނަލަބެ
14 March 2021
ފިރިހެނަކަށް އެގޮޑިތަކަށް ކުރިމަތި ނުލެވޭގޮތަށް ހަމަ އެކަނި އަންހެނުންނަށް އެގޮޑިތައް ހާއް ސަ ކުރުމަކީ އަންހެނުންނާ ފިރިހެނުންގެމެދުގާ ތަފާތު ކުރުމެއްކަން ޔަގީން. މިއީ ހަމަހަމަކަން ގެއްލިފައިވާ ކަމެއް.
ޝަފީރު
14 March 2021
ޙުކުމް ކުރާނީ ތިމާމެންގެ މަސްލަހަތު ރައްކާތެރިކޮށްފައި. ޢަންހެނުންނަށް ޚާއްޞަ ބައެއް ލުމަކީ ޤާނޫނު އަސާސީއާއި ޚިލާފަށް އޮތް ހުކުމެއް ކަމަށް މަވެސް ޤަމޫލިކުރަން.
ވޮންޑާ
14 March 2021
މީޑްރާމާ ޖައްސަން އުޅޭބޭފުޅެއް. އެބޭފުޅާ ހިތުން ދެރަކަމަކައްވީ ސްޕްރީން ކޯޓުން އެކަމުގެ ރަގަޅުހުކުމެއް ނެރެފާނެތީ. ގަޓެއްވެސް ނެތީ.
1235
14 March 2021
ތިހެންނަހަދަ ބުރޯ.. ނެތެއްނު ދިރިއުޅުމަށް އަނެއްހެން ކުރާނެކަމެއް
ގުދުގުދު ބެއްޔާގެ ތެދުބަސް
14 March 2021
ވަކިބަޔަކަށް، ވަކިނަސްލަކަށް، ވަކިޖިންސަކަށް ކަންކަން ޚާއްސަކުރުމަކީ ޑިމޮކުރަސީގެ ރުކުންތަކާ ޚިލާފުކަމެއް. މިކަމާ ބަހެއްބުނެލާނެ ޑިމޮކުރަސީގެ މުފައްކިރެއް ނެތީތޯ؟
ޖައިސާމް
14 March 2021
ހާލަތާ ގުޅިގެން ހާއްސަ ކުރުމަކީ ތަފާތު ކުރުމެއްނޫން. ބަލަވަކިބަޔަކަށްބޭރަށްދައުލަތުގެ ހަރަދުގައި ބޭހަށްދެވޭ.