ހައި ކޯޓު: ސުޕްރީމް ކޯޓުގެ އެންގުމާ ޚިލާފަށް މުވައްޒަފުން މަސައްކަތަށް ނެރޭ ކަމަށް ބުނެ ޖޭއެސްސީ އާއި މަޖިލީހަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
15 މާޗް 2021 - 12:28
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުން އަމަލުކުރަން ސުޕްރީމް ކޯޓުން އަންގާފައިވާ ގައިޑްލައިނާ ޚިލާފަށް ހައި ކޯޓުގެ މުވައްޒަފުން މަސައްކަތަށް ނެރެފައިވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހައި ކޯޓުން މި މަހު ވަނީ އެ ކޯޓުގެ ހުރިހާ މުވައްޒަފުން މަސައްކަތަށް ނުކުންނަ އަންގައިފަ އެވެ. ގައިދުރުކަން ބަހައްޓައިގެން މަސައްކަތް ކުރާނެ ޖާގަ އެބަ އޮތް ކަމަށާއި އެހެންވެ، އިއްޔެއިން ފެށިގެން އެ ކޯޓުގެ ހުރިހާ މުވައްޒަފުން އޮފީހަށް ނުކުންނަން ވަނީ އަންގައިފަ އެވެ.
ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން ކާކުކަން ނޭނގޭ ގޮތަށް ޖޭއެސްސީ އާއި މަޖިލީހަށް ހުށަހެޅި ޝަކުވާގައި ވަނީ ހައި ކޯޓުގެ މެމޯގައި އެގޮތަށް އެންގީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަނާ ޚިލާފަށް ކަމަށެވެ. އަދި އެއީ އެ ކޯޓުގައި މަސައްކަތްކުރާ 100 އެއްހާ މުވައްޒަފުންގެ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާ ފަދަ ކަމަކަށް ވާތީ އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައިދޭން ޖޭއެސްސީ އާއި މަޖިލީހުގައި ވަނީ އެދިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ބޮޑަށް ކޮވިޑް ފެތުރޭ ތަންތަނުގެ ތެރޭގައި އޮފީސްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭރޭ
15 March 2021
ތީ ފެއިލްވެފަ އޮތް ތަނެއް. ޒާތީ ހަސަދަލުމާ މުވައްޒަފުން ލައްވާ ހިތުހުރިހާ މަސައްކަތެއް ކުރުވުން އެއީ ތިތާ ވެރިންގެ އާދަ. މުޅި ތަނުގެ ވެރިން ބަދަލު ނުވަނީސް ރަނގަޅެއްނުވާނެ.
ވެރިމީހާ
15 March 2021
މަޖިލިސް ރައީސް ބުނެގެން މައްސަލަތައް އަވަހަށް ނިންމަން ވެގެން ހުރިހާ މުވައްޒަފުން ނެރުނީ..ދެން މަޖިލިސް ރައީސް ތިކަމުގަ ކުރެވޭނެ ކަމެއް ނެތް..މަށައް ދެރައީ މައްސަލަ ހުށަހެޅި މީހާ..ހައްހައް
މުހައްމަދު އަހްމަދު
15 March 2021
ހުރިހާ މުވައްޒަފުން ނެރެ ނުރައްކަލަށް ހުށަހަޅާފައި ޖައުޒާ ޗުއްޓީގަ
މަދަނީ އަބުޅޯ
15 March 2021
މީގެފަހުން ބަލިވިޔަސް މަދާނީ މަޖުލީހަށް. މަޖުލީހުން "ފަރުވާ"ނުލިބޭ ބައްޔެއް ނޯންނާނެ.
އެޖެންޑާ ނަވާރަ ޖަޒީރާ
15 March 2021
ކޯޓުންތަކުން މަޖިލީހުން ބުނާ ބަސްއަހައިގެން ނިކަން ބާރތްޑޭ ކޭކް ފަޅާބަލަ
ޖޫވީ
15 March 2021
ހައިކޯޓު އެކަނިތަ! ޖުވެނައިލް ކޯޓުންވެސް ކޮންމެ ދުވަހަކު ހުރިހާ މުވައްޒަފުން ނެރޭ. މުވައްޒަފުން ރިސްކަށް ވައްޓާލައިގެން އެހެންހަދަން ނުވާނެދޯ. ކުޑަކުދިންދާ ތަނެއްވީމައި ބޮޑަށް ބަލަންޖެހޭނެކަން ނޭނގޭތަ؟
ފުލޯކު
15 March 2021
ތީ ޔަގީނުން ދޮގެއް. ޢަޅުގަނޑު މިހިރީ މިއަދުވެސް ވޯކް ފްރޮމް ހޯމް ހަދައިގެން.
ޢާއިޝަތު ފައިހާ
15 March 2021
ކޮވިޑްގެ އުސޫލަތަކަށް އެންމެ ރަނގަޅަށް ކަމޭހިތާ ކޯޓަކަށް މަށަށް ފެނުނީ ޑްރަގް ކޯޓު. އެތަނަށް ދާ މީހުންނަށްވެސް ވަރަށް ރަނގަޅަށް ގައިޑުކޮށްދޭ. އަދި ގިނައިން އަޑުއެހުންތައް ބާއްވަނީ ވީޑިއޯކޮށް. މުވައްޒަފުންވެސް ނެރެނީ ޑިޔުޓީ ބަހައިގެން އެއްވަގުތެއްގައި ވީހާވެސް މަދު މުވައްޒަފުން ތިބޭ ގޮތަށް.
އާރިފު
15 March 2021
ކޮވިޑްގެ އެންމެ ނާޒުކު ހާލަތުގައި މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުން ނެރުމަށް އެންގުމަށްފަހު، އެހެން ތަނަކުން ނެރުނީމަ މައްސަލަބަލަން ހުށައެޅީމަ ހުތުރުދޯ
ރުފިސާ
15 March 2021
ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ހަމަޔަކަށް އެޅެންދެން ތިމައްސަލަ ޕާކް ކޮށްލާނީ... ކޯޓުތަކުން ވެސް ކަންކުރަނީ ސިޔާސީ މަސްރަހުގައި އެވަގުތަކު ވެރިކަމިގައި ތިބޭ މީހުން ހިތްހަމަ ޖެހޭގޮތައް..
ވީން
15 March 2021
ތިއީ ޖުޑިޝަރީ ރަނގަޅުކުރަން އައި އެމްޑީޕީގެ މޮޅެތި ނިންމުންތައް ތި ފެންނަނީ. ހައިކޯޓު އެހެން ނޫނަސް މިހާރު ވަރަށް ހައި ވެއްޖެ. ސުޕްރީމް ކޯޓުން ތަހުވީލު ކުރާ މައްސަލަތައްވެސް އެބަ ބޮލާލާ ޖަހާ ވިއްޔާ. ހައިކޯޓަށް ހީވާ ކަހަކަ ސުޕްރީމް ކޯޓުގެ ޕީޑީއަށް އަމަލުނުކޮށް މޮޅުވާނޭ!