ހައި ކޯޓުގެ ފަނޑިޔާރު ސަލީމް: އޭނާގެ ޝަރުތާ މެދު ޖޭއެސްސީގެ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފައި
27 މެއި 2025 - 18:12
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުންގެ މެދުގައި ބަހުސެއް ހިނގައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ ދެ މަގާމަށް ގެންނަން ޖޭއެސްސީ އިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މިއަދު އޮތް ބައްދަލުވުމުގައި ނިންމާފައިވެ އެވެ.
ނަމަވެސް، އޭގެކުރިން އެ ބައްދަލުވުމުގައި ފަނޑިޔާރު ސަލީމްގެ ޝަރުތާ މެދު ހޫނު ބަހުސެއް ހިނގާފައިވެ އެވެ. ޖޭއެސްސީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެ އެވެ.
އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދީފައިވާތާ ވެސް މިހާރު 15 ވަރަކަށް އަހަރު ވެއްޖެ އެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ.
އޭނާއަކީ ގާނޫނީ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި އެއްވެސް އިރަކު ވަކާލާތު ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ޖޭއެސްސީގެ ބައްދަލުވުމުގައި މިއަދު ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވެފައިވެ އެވެ. އިންޓަވިއުގައި ފަނޑިޔާރު ސަލީމް ވެސް އެގޮތަށް ބަޔާން ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖޭއެސްސީން އިންޓަވިއުކޮށް އެންމެ ގިނައިން މާކްސް ދީފައިވަނީ ފަނޑިޔާރު ސަލީމަށާއި ހަމީދަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އެ ދެ ނަން އެންމެ ކުރިއަށް ގެނެސް، ރައީސަށް ލަފާ ދޭން ވަނީ ފާސްކޮށްފަ އެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާލްހ
29 May 2025
ފަނޑިޔާރު ކަމުގައި 07އަހަރު އުޅެފައިވާ މީހެއް ކަމަށް ވާން ޖެހޭއިރުގައި 03 އަހަރު ފަނޑިޔާރު ކަމުގައި އުޅެފައިވާ މީހަކު ޝަރުތު ހަމަވާނީ ކިހިނަކުންތޯއެވެ.
ސުސާ
28 May 2025
ނާގާބިލު މީހުން ތަންތަނުގެ ވެރިންނަށް ލުމަކީ ގިޔާމަތުގެ އަލާމާތެއް.
އަފްރާސިޔާބު
28 May 2025
އެއީ ބަހުސެއް ހިނގާވަރުގެ ކަމެއްނޫން. ޖޭއެސްސީން ޝަރުތު ހަމަވޭ ބުނީމާ ނިމުނީ. ސެޓްފިކެޓް ނެތަސް ނުވަތަ ކަމުގެ ތަޖްރިބާ ނެތަސް އެމީހަކަށް އެކަންކުރެވޭނެ ގޮތެއް ހެދިމާ ނިމުނީ. ތަޖިރިބާ ލިބޭނީ ވެސް ކަމެއް ކޮށްގެންތާ. ދެން އަނެއްކަމަކީ އަހަންމައިދި އަތުގައިވެސް އެހުއްދަ އެބޮތް. ފަނޑިޔާރު ސެޓްފިކެޓް އޮތީމާ ނުކުރިޔަސް އެމީހަކީ ޝަރުތު ފުރިހަމަވިމީހެކޭ ކަނޑައަޅައިފިނަމަ އިތުރު ސުއާލުކުރުމެއް ބޭނުން ނުވޭ. ބަހުސެއްނެތި ޝަރުތު ފުރިހަމަވީ.
ޔަގީންޓާރ
28 May 2025
ރާއްޖޭގެ އެންމެ މަތީކޯޓަށް މިހާ ތަޖުރިބާ މަދު އަދި ހަމައެކަނި ރާއްޖޭގެ ކުއްލިއްޔާއިން ޑިގްރީ ނިންމާލާފައި ހުރި ބޭފުޅަކަށް ދޭން ޖޭއެސްސީން (ސަރުކާރުން) ނިންމުމުން ދޭހަވަނީ ރާޢްޖޭގައި އިތުބާރު ހުރި ކޮލެޓީ ހުކުމް ނެރެން ސަރުކާރުން ބޭނުން ނުވާކަން
މިހާލަތު
28 May 2025
ތިއީކީ ބަހުސެއް ހިންޖަންޖެހޭ ސަބަބެއް އޮތްކަމެއް ނޫން. އަބްދުﷲ ޝައީދު އުއްތަމަ ފަޑިޔާރުކަމަށް އަންޔަން ކުރީ ކޮން ކޯޓެއްގައި ކޮން އިރަކު ވަކާލާތު ކޮށްގެންތޯއެވެ. އެހެންވީމާ ކުރިން މިއޮތީ މިކަމަށް ޕްރެސިޑެންސެއް ގާއިމްކޮށްފައެވެ. ދެން ސަލީމް ސްޕްރީމް ކޯޓްގެ ފަޑިޔާރުކަމަށް އަންޔަން ކުރި ސަބަބު އެއީ މުޅިން އެހެން ކަމެކެވެ. ޔާމީނުގެ މައްސަލަ ނުނިމި ހައިކޯޓްގައި ދިގުދައްމާލުމާ މިކަމާ ގުޅުވާ ދައްކާ ވާހަކަ ދައްކާނެއެވެ.
ތައްހާނު..
28 May 2025
ޝަރުތާއި ގާބިލް ކަން އެއްކިބާކޮށްފަ، މިފެންނަނީ ސަރުކާރަށް ވަފާތެރިވާނެ ފަޑިޔާރުން އިސްކުރާތަން. ފާއިތުވި ފަސް އަހަރު ރާއްޖޭގެ ސަޕްރީމް ކޯޓު ހިގަމުން ދިޔައީ ވަަރަށްރަގަޅަށް. މިހާރު މިފެންނަނީ ޔާމީނު ސަރުކާރުގަ ސަޕްރީމް ކޯޓޫ ސަރުކާރުގެ މުށުތެރެއަށްލި މަންޒަރު ތަކުރާރު ވާތަން.
ހުޒޭމު
29 May 2025
ސާބަސް... ވޭތިވި 5 އަހަރު ވެސް ހަމަ ކުރި ކަމަކީ ފަނޑިޔާރުން ވަކިކޮށް ބަދަލުގައި ސަރުކާރަށް ލޯޔަލް މީހުން ހޮވުން. ވަރަށް ސަލާމް
ހެސެނބެއްޔާ
29 May 2025
ތިޔަ ބުނީ އިބޫ ސަރުކާރުން ސުޕްރީމު ކޯޓު ފައިކޭޓަށް ނުލައޭތޯ.
ސަދޫމް
28 May 2025
މީ ގާބިލް ، ތަޖުރިބާކާރު މީހުން ތަންތަނަށް ލާނެ ކަމަށް ބުނި މީހުން ،، ނަމެއްގައި ތިންބާރު ވަކިވެފައި އޮތް ރާއްޖެއެއް މީ ،، އަހަރެން ކަހަލަ 7 ގެ ފެންވަރު މީހަކަށް މި ވަރު އެނގުނު އިރު މިގައުމުގެ ކިޔައވައިގެން އަންނަ ޒުވާން އާބާދީ އަށް ހާދަ ރަނގަޅަކަށް އިނގޭނޭ.. ކޯޓެއްގެ ކުނިކަހަން އުޅެފައި ލޯޔަރ ކޯސް ހަދައިގެން ފަނޑިޔާރު ކަމަށް އާދެވިދާނެ ކަމުގެ މިސާލެއް..
ހުޒޭމު
29 May 2025
ޖޭ.އެސް.ސީ ގައި ތިބޭ މީޙުންނަކީ އެ މީހުން އަމިއްލަ ނިންމުންތައް ނިންމޭނެ މީހުން. ދެން ކީކޭ ތި ކިޔަނީ؟ ހަމަހޭގައި ހުރެބަލަ. އަންނި ބުނާހެން އަބަދު ހިނދުކޮޅު ނުގެނސްބަަލަ
ތުނޑު ހަސަނު
28 May 2025
ސުވާލަކީ، ގާނޫނީ ވަކީލަކީ ހަމައެކަނި ކޯޓެއްގައި ވަކާލާތު ކުރާ މީހާއަށް ކިޔާ ނަމެއްތޯ؟ އެކަން އޮތީ އެހެންނެއް ނޫން. ގާނޫނީ ވަކީލުކަމުގެ ފާސް ލިބިފައިވާ ކޮންމެ މީހަކީ ގާނޫނީ ވަކީލެއް. ގާނޫނީ ވަކީލުކަން ކުރުމަކީ ވެސް ހަމައެކަނި ކޯޓެއްގައި ވަކާލާތު ކުރުމެއް ނޫން. ލީގަލް އޮފިސަރުގެ ޝަރުޠުތަކުގައި ގާނޫނީ ވަކީލަކަށްވުން ހިމެނޭނަމަ އެ މަގާމުގައި ވެސް އެކުރަނީ ގާނޫނީ ވަކީލެއްގެ މަސައްކަތެއް. 12 އަހަރުގެ ތަޖުރިބާ ގުނުމުގައި މިކަން ހިމެނޭނެކަމަށް ބުރަވެވޭ.
އަފްރާސިޔާބު
28 May 2025
ލީގަލް އޮފިސަރު އިނދެދާނެ މީހުންލިޔާ އެއްޗެހި ޓައިޕުކުރަން 12 އަހަރު. އޭނާ އަތުގައި ޤާނޫނީ އެއްވެސް ސަނަދެއްތިވެސް. އަހަރެމެން ތަނުގައި ތިބޭ ގާނޫނީ ވަކީލުން ތިބެނީ މައްސަލައެއް އައީމާ އޭގައިބުނާ ލިޔެކިއުން އެކިތަންތަނުން ހޯދުން. އެއީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތަކަށް ކަމަށް ހެދީމާ އެކުދިންވެސް ބޮޑު ފަނޑިޔާރަށްވީ.
އިސްތަފާ
28 May 2025
ޒާތީ ވިޔަސް, ތަނެއް ދޮރެއް ނޭނގުނަސް ބޮޑުވަރެއް. ވަކީލުކަމަކީ ހަމައެކަނި ޚަސްމުން ތަމްސީލުކުރުން އެކަންޏެއްނޫން. ވަކާލާތުކުރުމުގެ ހުއްދަ އޮތުމާއެކު ފަންނުގެ ގާނޫނު ދަނޭ މުއްސަސާތަކާ ކުންފުނިތަކުގަ ލޯޔަރުންގެ ގޮތުގަވެސް ވަކީލުންނަށް އުޅެވޭކަން. ސަލީމް ހައިކޯޓު ލީގަލްއަކަށް 12 އަހަރު އުޅުނު އިރު އޭނަ ވަކީލެއްގެ ގޮތުގަ 5 އަހަރު ނުވާކަމަށް ސުވާލު އުފެއްދި މީހުން ޖޭއެސްސީއަށް ޝަރުޠު ހަމަވޭބާ?
އެހެން
28 May 2025
ތިތާނެތް އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ކޯޓައް ޟަރުތު ހަމަވާ އެކަކުވެސް، އެއީ އިސްލާމީ ފިގުހުގެ ކަމެއްގަ ލަފައަކައްވެސް އެންމެފަހުން ދާން އޮންނާނީތިތަން، އިސްލާމީ ޝަރީޔާ ކިޔަވައިގެންތިބި ތަޖުރިބާހުރި ދިރާސާކުރެވޭވަރުގެ އިލްމުވެރިންތިތާ ތިބެންޖެހޭނީ