ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ: އޭނާއަށް ފެނަކައިގެ އިސް މަގާމެއް ވަނީ ދީފައި
07 މެއި 2025 - 22:42
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބެލި ސުލޫކީ މައްސަލައިގައި ބަޔާން ދެއްވި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފަށް ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމެއް ދީފި އެވެ.
"މިހާރު" އަށް ޔަގީންވެފައިވާ ގޮތުގައި ހަނީފަށް ދީފައިވަނީ ފެނަކައިގެ ލީގަލް ޑިޕާޓްމެންޓްގެ އިސް މަގާމެކެވެ. އެ މަގާމަށް ވަޑައިގެންނެވުމަށް ހައި ކޯޓުގެ ވަޒީފާ ދޫކޮށްލެއްވުމަށް ހަނީފް ނޯޓިސް ދެއްވާފައިވާ ކަން އެ ކޯޓުގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި އެވެ.
ހަނީފަކީ ހައި ކޯޓުގައި ގިނަ ދުވަސްވީ މުވައްޒަފެކެވެ.
ސަރުކާރު ކުންފުންޏެއް ކަމަށްވާ ފެނަކައިގެ އިސް މަގާމެއް ހަނީފަށް ދީފައި ވާއިރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރާ ދެކޮޅަށް ޖޭއެސްސީއަށް ބަޔާން ދެއްވާފައިވަނިކޮށެވެ.
މިހާރު ޖޭއެސްސީން ބަލަމުން ދަނީ ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި މައްސަލަ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.
އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމަ އެވެ.
ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލްއަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށް ދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާ ކުރުމަށް އެދުމުން އެކަން ނުކޮށް ލަސްވެ އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް މައްސަލަ ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިލް
10 May 2025
ކޮރަޕްޝަން... މިހާރު ވެސް އެތަށް ބައިވަރު ތަނަކަށް ނުފޫޒު ފޮރުވާ... ޔުނިވަރސިޓީ އެއްގެ މަޖުލީހެއްގައި ވެސް އުޅޭ...
ދޯރި،
09 May 2025
އަތްބޭނުން ނިމުނީމާ މިކަހަލަ ކިތައްމެ ކަމެއް ކުރަންޖެހޭނެއެވެ.
ނަސޭހަތެއް
08 May 2025
މޮޅުކަމެއް ވެގެން ވަރަށް ހިނިއައިސްފަ ދޯ ތިއިނީ. އެކަމަކު ބުނަންތަ ތިދެވެނީ ވަރަށް ނުބައި މަގަކުން.
އަހުމަދު އަލިމަނިކު
08 May 2025
މިސަރުކާރުން ކޮރަޕްޝަންގެ ޢަމަލެއް ނުހިންގާނޭ ބުނީމަ ޤަބޫލު ކުރޭ. އެއީ އޭނާ ހަމަ ޤާބިލްވީމަ ތަނަށް ރަނގަޅަކަށް ހަމަ ޖެއްސި މަޤާމެއް. ދެން އަތްޖައްސަވާ
ހަމަ އަހާލީ
08 May 2025
ބޭނުންވާ ގޮތަށް ހެކިބަސް ދިނީމަ މިހާ ފަސޭހައިން ބޮޑެތި މަގާމުތައް ލިބޭކަމަށް ވާނަމަ، މިފަދަ ޤައުމެއްގައި ރިޝްވަތާއި ކޮރަޕްޝަނާއި ނާޖާއިޒު މަންފާ ހޯދުމުގެ ވާހަކަ ކޮންމެހެން ހުކުރު ޚުޠުބާގައި ލިޔުމުގެ ބޭނުމެއް އެބައޮތްތޯ؟ މިހުރިހާ ކަމެއް މި ހިނގަނީ ހާކިމާގެ ފަރާތުންކަމަށް ވީމަ ކީއްކުރަންތޯ ދެން ނިކަމެތި ރައްޔިތުންނަށް މިބާވަތުގެ ނަސޭހަތް ދޭންވީ.؟
ފިތުނަ ނުކުރޭ
08 May 2025
ބަލަ ހަނީފް އެ މަޤާމަށް ކުރިމަތިލާފައިވަނީ ފަނޑިޔާރުން ވަކިކުރުމުގެ ޙާދިސާ ހިނގުމުގެވެސްކުރިން. ފަނޑިޔާރުން ހަޑިހުތުރުކޮން މުވައްޒަފަކާ މުޢާމަލާތް ކޮށްފިއްޔާ އެޝަކުވާ ޖޭއެސްސީއަށް ހުށަހެޅުމަކީ ޖުޑީޝަރީގެ ކޮންމެ މުވައްޒަފަކަށްމެ ލިބިގެންވާ ޙައްގެއް. އެޙައްގުގެބޭނުން ހަނީފް ކުރީ. ހަނީފް ނޫނަސް ކިތަންމެ މުވައްޒަފަކު ފަނޑިޔާރުންގެ ޝަކުވާތައް ކޮމިޝަނަށް ހުށަހަޅައިގެން އެ ފަނޑިޔާރުންގެ މައްސަލަތައް ބަލާފަ އެބަހުރި. އަދި ބައެއް ފަނޑިޔާރުން ވަކިވެސްކުރި.
ބަބްސް
08 May 2025
" ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރާ ދެކޮޅަށް ޖޭއެސްސީއަށް ބަޔާން ދެއްވާފައިވަނިކޮށެވެ. " ... ބޮޑު ވަޒީފާ ލިބުނު ގޮތް މިއޮތީ އާޓިކަލްގައި ލިޔެފަދޯ.
ފެޓް ލަޔަން
08 May 2025
އިއްތިފާގުގެ ވޯލްޑް ރިކޯޑު މުގުރާލައިފި!
ާއޭޝް
08 May 2025
ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ
ކޮތަރު
08 May 2025
މަށަށްވެސް މަތީވަފާއެއްދޭންބުނެފިއްޔާ މިއަދުގެ ރައީސުމީހާއަކީ ދިވެހިރާއްޖޭގެ ރަސްގެފާނުކަން ދެނެހުރީމޭބުނެ ހެކިބަސްދީފާނަން !!