24 މާޗް 2021 - 06:33
ސޯޝަލް މީޑިއާގައި ޕޮލެންޑްގެ ރައީސް އެންޑްރޭ ޑޫޑާ އަކީ "ގަމާރެއް" ކަމަށް ބުނި އެ ގައުމުގެ މަޝްހޫރު ލިޔުންތެރިޔަކު ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފޮތް ވެސް ލިޔެފައިވާ އަދި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖަކޫބް ޒަލްޒީކް، 37، އަށް ތިން އަހަރުގެ ޖަލު ހުކުމެއް އައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޖޯ ބައިޑެން ކާމިޔާބުކުރެއްވި ނަމަވެސް ޕޮލެންޑްގެ ރައީސް އެ ކާމީޔާބީ ގަބޫލު ނުކުރައްވައި ކުރައްވަމުން ގެންދެވި ޓްވީޓްތަކަކާ ގުޅިގެންނެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓާ ގުޅުވައިގެން ޑޫޑާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބައިޑެން "ކާމިޔާބު ކެމްޕޭނެއް ކުރެއްވި ނަމަވެސް" އިންތިހާބު ކާމިޔާބުނުކުރެވޭ ކަމަށެވެ. އެކަމަކު ފަހުން ޑޫޑާ ބައިޑެން އަށް މަރުހަބާ ވިދާޅުވެ ޓްވީޓް ވެސް ކުރެއްވި އެވެ.
ރައީސްގެ ވާހަކަތަކާ ގުޅިގެން ޖަކޫބްގެ ފޭސްބުކް ޕޯސްްޓެއްގައި ބުނެފައި ވަނީ އެމެރިކާގެ އިލެކްޓޯރަލް ޕްރޮސެސް އޮންނަ ގޮތް ޕޮލެންޑްގެ ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ އަކީ "ގަމާރެއް" ކަމަށެވެ.
ޕޮލެންޑްގެ ރައީސް ޑޫޑާ.
ފޭސްބުކްގެ ޕޯސްޓްގެ މައްސަލާގައި ޖަކޫބަށް ދައުވާކުރީ އާންމު ތަންތަނުގައި ވެރިންނަށާއި ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ ޕޮލެންޑްގައި މަނާކޮށްފައި އޮންނަ ކަމަކަށްވާތީ އެވެ. އެގޮތުން ގައުމުގެ ރައީސަކީ "ގަމާރެއް" ކަމަށް ބުނި މައްސަލާގައި ޕްރޮސެކިއުޓަރުން ވިދާޅުވީ ޖަކޫބްގެ އެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އަބުރަށް ވެސް އަރައިގަތުން ފަދަ ކަމެއް ކަމަށެވެ.
ޖަކޫބަކީ ވަރަށް މަގުބޫލުވި ވާހަކައެއް ކަމަށްވާ "ބްލައިންޑެޑް ބާއި ދަ ލައިޓްސް" ގެ ލިޔުންތެރިޔާ އެވެ. އެ ވާހަކަ އަށް ބިނާކޮށް އެޗްބީއޯ އިން ޓީވީ ސިލްސިލާއެއް ވެސް ގެނެސްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންސާނީ ހައްގ
24 March 2021
ކޮބާ އެއްކަލަ އީ.ޔޫ؟
ހެއްވައޭ
24 March 2021
ބައިޑަންއަށް ހެރަސްވާ ވަރަށް ޑޫޑާ ކިތަންމެ ޓްވީޓެއް ކުރިއަސް އެކަން ނުވޭތަ ކަމަކަށް؟