ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި. އެކަމަކު ރިވިއުކޮށް ނިންމީ މައްސަލައިގައި ދައުވާނުކުރަން.
ރަައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް އަދި (ކ-3) އަދި އޭސީސީގެ ރައިސް ޝިއުނާ (ވ-2) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
26 މާޗް 2021 - 13:50
ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، ލިބުނު އާ މައުލޫމާތަށް ފަހު ވެސް ދައުވާ ނުކުރަން ނިންމީ، ކުރިން ހޯދާފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރޭ ބުނެފި އެވެ.
ވެންޓިލޭޓަރުތައް ގެންނަން ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ މިދިޔަ އަހަރު ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފަ އެވެ.
އަމީން އިސްތިއުފާ ދެއްވީ ވެސް އެ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ.
މައްސަލަ މުރާޖައާކުރަން އެންގުމުން އެކަމަށް ބޭނުންވާ އިތުރު ތަފްސީލު ހޯދުމަށް ޕީޖީ އޮފީހުން ފުލުހުންނަށާއި އޭސީސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މުއައްސަސާތަކުން ފޮނުވި މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕޮރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.
އެ ކޮމިޓީގައި ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ވަރަށް އަވަހަށް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިރާސާކުރަމުން މި ދަނީ އެ [ވެންޓިލޭޓަރު] މައްސަލައިގައި ފަހުން ލިބުނު މައުލޫމާތުތައް. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން އެބަހުރި ބައިވަރު އިތުރު މައުލޫމާތުތައް ލިބިފައި،" ޝަމީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ރޭ ވިދާޅުވީ އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ބެލިއިރު، އާ މައުލޫމާތާއި އެކަމާ ގުޅިގެން ކުރިން ހޯދި ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ އާއި މައްސަލައިގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެ ގޮތުގައި ދެމިއޮތްކަމަށް ފެންނާތީ، ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ.
ދުބާއީދުގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދާށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް، އެއްބަސްވުމުގައި ސޮއި ވެސް ނުކޮށް ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތި ރައްޔިތުން
27 March 2021
ޕީޖީ އަށް މިމައްސަލައިގެ ލާރި ލިބުނުވަރު ބަލަން ކޮންމެވެސް މީހަކު އެސީސީ އަށް މައްސަލަ ވައްދަން ފެނޭ، ރަގަޅަށް ބަލައިފިއްޔާ ކިތަންމެ ފައިދާވެފަ ހުންނަނީ، އެނޫންނަމަ މިވަރަކުން ނޫޅޭނެ، މީނުން މައްސަކަތަށްވެސް ޕީޖީއަށްދޭ، ކޮންމެހެން ފަންސުރެއް ގަލަމެއް ސުކުނެއް ހަމަވެގެނެން ނޫން ދައުވާ ކުރަނީކީ.
ޙަބީބު.
27 March 2021
ނަޝިދުތީ މޮޔަވެފަ ހުރިމީހެއް އަސްލު މިފަހަރުވެސް ހަމައަތައްގޮވާނީ ބަލަންތިބޭތި ފައްޔާޒާވެސް ދިމާކުރި އަތައްގޮވީ ސޮއެނުލިބިގެން އިބުރަހިމު ނުޖެހޭ ކޮންމެހެން ނަޝީދު ބުނަހާ ކަމެއް ކުރާކައް މިހާވަރުން ފުއްދަލާ
ޕޯސްޓްމަން
27 March 2021
ފަހުން ލިބުނު ބައިވަރު މައުލޫމާތުގައި ޕާޓީ ކުދިންކޮޅެއްގެ ކަމެއް ހިމެނެނީތަ އަނެއްކާ؟ އެހެންނަމަ ކުރިއަށް ނުދާނެކަން ޔަގީން.
ޖައިސާމް
27 March 2021
ބަލަގަ ޝަމީމޫ، ސާބިތުވޭތޯ އިނގޭނީވެސް ދައުވާ ކުރީނަ ނޫންތޯ؟
ކުދުބެއްޔާ
27 March 2021
ތިޔަ ވެންޓިލޭޓަރުތައް ނުލުބުނުކަމަށް ކަޑައަޅާފަ ދެއްކި ފައިސާ އަބުރާ ހޯދޭނެ ގޮތެއްވެސް ތިޔަ އެގްރީމެންޓް ގަ ނެތީބާ؟؟؟؟ ދައުވާ ކޮށްގެން ވިޔަސް ތިޔަ ފައިސާ އަބުރާ ހޯދަދީ!!!!! ތީ ހަމަ މަމެންގެ ފައިސާ
ދެރަ
27 March 2021
ދެން ވެންޓިލޭޓަރުތައްކޮބާ? ފައިސާތަށްކޮބާ? ޒިންމާ އުފުލަންޖެހޭ މީހުންކޮބާ? އަޖައިބުވެ އަންތަރީސްވޭ.
މާޝާ
27 March 2021
އެންމެ ރަނގަޅު. ދެންވެސް މިގޮތަށް ފައިސާތަކެއް ގެއްލުވާލަން އެހެން މީހުންނަށް މީ ފިލާވަޅެއްތާ. އެއްފަހަރުވެސް ދެންނެވިންތޯ މިކަހަލަ ކަންކަން ދެންފަހަރަކުންވެސް ނުކުރެވޭނެ ގޮތެއް ހަދަން ކުރާނެ ކަންކަން؟ ނޫނީ ދެންހަމަ މިގޮތަށް ފައިސާ ފޭރެން ފުރުސަތު ދޭންވީތޯ؟ ޒީރޯ ޓޮަލަރެންސްގައި ޒީރޯ މިންވަރު އެބަފެނޭ، 30 މިލިއިން ރުފިޔާ ގެއްލި، ދައުވާ ނުކުރެވޭ، އަދި ރަނގަޅު ކުރަން ކުރާނެ ކަންކަންވެސް ކިޔައެއް ނުދެވޭ! ނުވަންޏާ ފައިބަބަލަ. ބަނޑަށޭ މިތިބީ!
އިބްރާ1
27 March 2021
ވެންޓި ލޭޓަރ ގެ ކޯރަޕްޝަން ގަ ހިމެނޭ ހުރިހާ މިނިސްޓަރުން ނާއި މެމްބަރުން ގެ ނަންތައް ހާމަކޮށްލަން އެކަކަށް ވެސް ނުކެރޭ. އާދައިގެ މީހާއަށް ދައުވާ ކޮށް ދިނުމަށް މި ފޮނުވަނީ. ޕީޖީ އެބުނަނީ އެވާހަކަ!
އުންސުރު
27 March 2021
ތިޔަ އުންސުރު އާއި ފަންސުރު އޮތް ތަނެއް ޕީޖީ އަށް ނޭޖެންޏަ އަވަހަށް އިސްތިއުފާދީ، ބަލަ ޖިނާއީ މައްސަލަތަކުގައި ތިޔަ އުންސުރު އަދި ފަންސުރު ހޯދަން އެންގުމުގެ ބާރު ޕީޖީއަށް ލިބޭކަން ޕީޖީ ހަދާންނެތިދާނެ ކަމަށް ބޭބެނެމް ޝައްކެއް ނުކުރަން، އެހެނީ ޒިންމާދާރު މަގާމެއް ލިބުނީމަ އުޅެނީ ވަގުތުދެވެނީ ޓްވީޓް ކުރުމާ ފެތުމާ ދުވުމާ، ދެން އުންސުރެް ނުފެންނާނެ، ބޮޑު މުސާރަ ލިބެޔެއްނޫން
ޝަފީރު
27 March 2021
އެއްވެސް ޝައްކެއް ނެތްވަރަށް ސާބިތުވާކަންކަން އެބަހުރިތަ. ފައިސާ ޓްރާންފަކުރީ ކާކުދިން ހުއްދައަކަށް. ޢެހުއްދަ ދިނީ އުޞޫލުގެތެރެއިންތޯ. މިވަރު ސާބިތުވޭތޯ.