ކ. ހުރާ: އެ ރަށުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުޑަކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަށް އާއިލާއިން ބުނޭ..-- ފޮޓޯ: ހުރާ ކައުންސިލް
15 ނޮވެމްބަރ 2016 - 11:52
މި މަހުގެ ފަސް ވަނަ ދުވަހު ކ. ހުރާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުޑަކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ޓްރަކެއްގެ ދަށުވެ ތިން އަހަރުގެ މުހައްމަދު ނާލް އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި ލިވާ ފަޅައިގެން ދިއުން ހިމެނެ އެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު މާ ބޮޑަށް ސީރިއަސްވާތީ އޭގެ އަނެއް ދުވަހު ވަނީ އިންޑިޔާ އަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.
އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވި ގޮތުގައި އިންޑިޔާގައި ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
"ސާޖަރީއަކާ ނުލައި ވެސް ފަރުވާދިނީމަ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނި،" އީސާ ވިދާޅުވި އެވެ.
ނާލް ދަށުވި ވެހިކަލަކީ އެ ރަށުގައި ކުޑަކުދިން އަރުވައިގެން އާންމުކޮށް ހަވީރު ގަޑީގައި އެ ރަށުގެ ވިޔަފާރިވެރިއަކު ދުއްވާ އެއްޗެކެވެ. ފަންސާހަކަށް އަހަރުގެ އެ ފިިރިހެން މީހާ ވަނީ މި މައްސަލައިގެ ތަހުގީގަށް ހައްޔަރު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަކޫ
15 November 2016
5000 ހާހަކަށް. ޢެބުނި އެއްޗެއް ނޭގުން