އިދިކޮޅު މުޒާހަރާއެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ: އިންތިޚާބީ ހައްގު ހަމަހަމަކޮށް ނުލިބޭތީ ހުށަހެޅި މައްސަލަ ހައި ކޯޓުން ވަނީ ބަލައިނުގަތުމަށް ނިންމާފައި --- ފޮޓޯ/މިހާރު
06 އެޕްރީލް 2021 - 13:12
އިންތިޚާބީ ހައްގުތައް ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ޕީޕީއެމުން ހައި ކޯޓަށް އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހުށަހެޅީ ދައުލަތުގެ އިދާރާތަކުން އެ ޕާޓީ އަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ އެވެ.
އިންތިޚާބީ ހައްގުތައް ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމުން ވެސް އެ ޝަކުވާތަކަށް ހައްލެއް ލިބިފައިނުވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
ޕީޕީއެމުން އެ މައްސަލާގައި އެދުނީ އެ ޕާޓީގެ އިންތިޚާބީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އެފަދަ ޝަކުވާތައް ހައި ކޯޓަށް ހުށަހަޅަން ޖެހޭނީ އެކަށީގެންވާ ހެއްކާ އެކު ކަމަށް ވާއިރު، ޕީޕީއެމުން ހެކީގެ ގޮތުގައި ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅި ޝަކުވާއަކާއި އެ ބިއުރޯ އިން ދީފައިވާ ޖަވާބެއް ކަމަށެވެ. އެ ލިޔުމަށް ބަލާއިރު، ޕީޕީއެމަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ނުވަތަ އިންތިޚާބީ ހައްގުތައް ހަމަހަމަކޮށް ނުލިބޭ ކަން އެނގެން ނެތް ކަމަށް ހައި ކޯޓުގެ ނިންމުމުގައި ވެ އެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެގެން ނެތް ކަމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
06 April 2021
ތިޔަ ފެންނަނީ އިސްސާފުވެރި އިންތިޚާބާއި މިނިވަން މުސްތަޤިލް އަދުލު އިންސާގެ ނިޒާމު ކޯދުލާފައި އޮހޭމަންޒަރެވެ. ތިޔަ ކަމުން އެނގިގެން ދަނީ، މިޤައުމުގައި އިންސާފާއި އަދުލުވެރިކަން ލިބޭނީ ބޮޑެތި ވަގުންނާއި ރޭޕިސްޓުނާއި މުޖުރިމުންނަށް އެކަނި ކަމެވެ. މިވަރުންގޮސް ރަށްވެހި ފަތިހަށް އަލިވުލުނީމާއި މާރަނގަޅު ވާނެކަމަށް އެ ބުނަނީ ކޮން ގޮތަކުން ރަނގަޅުވާ ވާހަކަ ހެއްޔެވެ؟
ކޮރަލް
06 April 2021
އިންތިޚާބީ ހައްގުތައް ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. ޝަރުއީ ނިޒާމް މިނިވަން ނުވެ އެވެ.
ރަދީފްއޮފިޝިއަލް
06 April 2021
ހަމަހަމަ ކަމެއް ނެތް.ރަސޫލުން އަދި ނަބިއްޔުންގެ ފަހުން ދުނިޔެއިން އެކަން ވަނީ ނެތިގެން ގޮސްފަ.
ޙާލަތުއްޟަރޫރާ
06 April 2021
ކޮންކަމެއްތޯ ހަމަ ނުވީ ކެންޕޭނު ކުރަން މިއޮތީ ހުޅުވާފަ ގެއިން ގެއަށް ހިނގިޔަސް ވޯޓު ދޭނެ ބަޔަކު ނުވުން އެއީ ޕީޕީގެ މައްސަލައެއް