އިންތިހާބާ ގުޅޭ ކަންކަން ހިއްސާކުރަން އެޗްއާރުސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
10 އެޕްރީލް 2021 - 13:21
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި މިއަދު ކުރިއށް ގެންދާއިރު، ވީހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް ގިނަ ބަޔަކު ވޯޓުލާން ދާން އެޗްއާރުސީއެމުން މިއަދު އެދިއްޖެ އެވެ.
އިންތިހާބާ ގުޅިގެން މިހާތަނަށް ފާހަގަކުރެވުނު ކަންކަން ހިއްސާކުރަން އެޗްއާރުސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރު އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ، މި ދަނޑިވަޅުގައި އިންތިހާބު ބާއްވަމުން އަންނައިރު ކޮވިޑް ނުފެތުރޭނެ ގޮތަކަށް އަމަލުތައް ބަހައްޓަން ޖެހޭނެ ކަމަށެވެ.
އެގޮތުން އެންމެން އެއް ވަގުތެއްގައި ވޯޓުލާން ދިއުމަކީ ކޮވިޑް ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމުން، މީހުން މަދު ވަގުތު ބަލައި އަވަހަށް ވޯޓުލާން ދިއުމަށް އެދިވަޑައިގަތެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ލިބެނީ އެއް ގަޑިއިރުކަމުން، އެ ނޫން އެހެން މީޙުން ވޯޓުލުން އަަވަސް ކުރުމަށް ވެސް އެޗްއާރުސީއެމުން އެދެ އެވެ.
ޝިފާއަތު ވިދާޅުވިގޮތުގައި، ވޯޓުލާ ސަރަހައްދުތަކަށް ބަލާއިރު އެޗްޕީއޭގެ ގަައިޑްލައިނަށް ނުބަލާއި މީހުން ތިބޭ މަންޒަރު ވަނީ ފެނިވަަޑައިގެންފަ އެވެ. އިޖުތިމާއީ ގައިދުރުކަމަށް ނުބަލައި ތިބޭ މަންޒަރު ފެނުނު ނަމަވެސް ގިނަ ބަޔަކު ތިބެނީ ރައްކާތެރިވުމަށް މާސްކު އަޅައިގެންކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް އޮބްޒާވްކުރި ކުރުމުން ބޮޑެތި މައްސަލަތެއް ފެނިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި އިންތިހާބުގައި އެޗްއާރުސީއެމްގެ އޮފިޝަލުން ހަރަކާތްތެރިވަނީ މާލެ އާއި އައްޑޫގައި އެކަންޏެވެ. ކޮވިޑާ ގުޅިގެން މި ފަހަރު އެޗްއާރުސީއެމްގެ އޮބްޒާވަރުން އެހެން ރަށްރަށުގައި ހަރަކާތްތެރި ނުވިޔަސް މީޑިއާތައް މެދުވެރިކޮށް ލިބޭ މައުލޫމާތުތަކުން ރަށްރަށުގެ ހާލަތު ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
އެޗްްއާރުސީއެމްގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ، ވޯޓުލާން އެކަށީގެންވާ މާހައުލެއް އޮތް މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކެމްޕެއިން ކުރުމަށް ވެސް ފުލުހުން އެއްވެސް ހުރަހެއް އެެޅި މަންޒަރު ނުފެންނަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ކެމްޕެއިން ކުރުމުގެ ގަޑި އިއްޔެ ހަވީރު 6 އަށް ހަމަވި ފަހުން ބައެއް މީހުން ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ވީޑިއޯ މެސެޖްތައް އާންމުކުރަމުން ދިޔަ ކަމަަށް ވިދާޅުވ އެވެ.
މިހާތަނަށް މި އިންތިހާބާ ގުޅިގެން އެޗްއާރުސީއެމަށް ހުށަހަޅާފައި ވަނީ ފަސް މައްސަލައެކެވެ. އޭގެ ތެރެއިން ތިން މައްސަލައެއް ހުށަހެޅީ އިންތިހާބު ފެށުމުގެ ކުރިން މާލެ އާއި އައްޑޫ ފިޔަވައި އެހެން ރަށްރަށުންނެވެ. މާލެ އިން އެއް މައްސަލަ އާއި އައްޑޫން މައްސަލައެއް ހުށަހަޅާފައިވާއިރު އެކަމާ ގުޅިގެން މައުލޫމާތުތައް އެއްކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތްއާދަނު
10 April 2021
މީދެން ކޮން ބައެއްތަ ؟
އުސްމާނުބެ
10 April 2021
ހާސްނުވޭ ވޯޓުކަންތައް ނިމެންދެން ކޮވިޑް ރައްރަށުން ފައިބައިގެން ގޮސްފިކަމައްވަނީ.................
1828
10 April 2021
އިންސާނުންނަށްވީތީ ހަމައެކަނި އޮންނަނީ ވޯޓްލުމުގެ ހައްޤެއްނޫން.
ރަދީފު ބިން ރަފައިދާ
10 April 2021
މީ ހާދަމަޖާބަޔަކު އުޅޭތަނެކޭ. ބިންމަތީގާ ކަންހިނގާގޮތް ވާނުވާ އެނގިގެންބާ ބުނާއެއްޗެއް، ނެރޭބަޔާނެއް ނެރެނީ.