12 އެޕްރީލް 2021 - 07:51
އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގައި ހުންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބްގެ ހިތްގައިމު ގެ "ޖަލްސާ" އާ ބެހޭ ގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް ފޭނުންނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
އަމީތާބާއި އޭނާގެ އާއިލާގެ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ އަދި ބައްޗަން އާއިލާގެ ގެތަކުގެ ތެރެއިން އެ އާއިލާ އަބަދު ވެސް އެންމެ ލޯބިވާ ގެއަކީ ކުރީގެ އެތައް ފިލްމެއް ޝޫޓްކޮށްފައިވާ ޖަލްސާ އެވެ. އެ ގޭގައި މަންޒަރުތަކެއް ޝޫޓްކޮށްފައިވާ ފިލްމު އަދި އަންހެނުން ޖަޔާ ބައްޗަނާ އަކު އަމީތާބް ވެސް މުހިއްމު ރޯލެއް ކުޅުނު 1975 ގެ ފިލްމު "ޗުޕްކޭ ޗުޕްކޭ" ގެ ފޮޓޯއަކާ ވެސް އެކު އަމީތާބް ބުނީ އެ ގެ އަކީ ކުރިން ޕްރޮޑިއުސަރު އެންސީ ސިއްޕީގެ ގެއެއް ކަމަށެެވެ.
"އެ ގެ ގަނެގެން ފަހުން އަހަރެމެން ވާނީ އަލުން އިމާރާތްކޮށްފައި،" އަމީތާބް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މުމްބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ އަދި ގިނަ ފިލްމީ ތަރިން ވެސް ދިރިއުޅޭ ޖުހޫ އޭރިއާގައި ހުންނަ ގޭގައި ޝޫޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޗުޕްކޭ ޗުޕްކޭ" ގެ އިތުރުން "އާނަންދު" އާއި "ނަމަކް ހަރާމް" އާއި "ސައްތޭ ޕޭ ސައްތާ" ހިމެނެ އެވެ. އެ ހުރިހާ ފިލްމުތަކަކީ އަމީތާބްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.
T 3870 -'Chupke Chupke ',with Hrishi Da, closing in to 46 years today .. that house that you see in the pic with Jaya .. is now Jalsa my home, bought & rebuilt .. many films shot there - Anand, Namak Haram, Chupke Chupke , Satte pe Satta it was Producer NC Sippy's house , then.. pic.twitter.com/UMKJ6OaWoK
— Amitabh Bachchan (@SrBachchan) April 10, 2021
"ޗުޕްކޭ ޗުޕްކޭ" އިން ފެންނަ ގޭގެ ވާހަކަ އަމީތާބް އާދީއްތަ ދުވަހު ކިޔައިދިނީ އެ ފިލްމު ރިލީޒްކުރިތާ 46 އަހަރުވުމާ ދިމާކޮށެވެ. ރިޝިކޭޝް މުކަރްޖީ ޑައިރެކްޓްކުރި އެ ފިލްމަކީ ވެސް ސިއްޕީ ޕްރޮޑިއުސްކުރި ފިލްމެކެވެ.
ބޮލީވުޑްގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ އަމީތާބްގެ ގެ ޖަލްސާ އަކީ މިހާރު ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. މިހާރު އެ ގެ އަކީ ޒަމާނީ ގިނަ ވަސީލަތްތައްކެއް ހިމެނޭ ގޮތަށް ކުރިއަށް ވުރެ އެތައް ގުނަ ބޮޑުކޮށް އަދި ބޮޑު ބަގީޗާއެއް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ގެއެކެވެ. އިންޑިއާގައި ފާހަގަކުރާ ހާއްސަ ދުވަސްތަކާ ގުޅިގެން ފޭނުންނާ އާންމުކޮށް އަމީތާބް ބައްދަލުކުރަނީ ވެސް ޖަލްސާގެ ގޯތިތެރެއިންނެވެ. އެއީ 24 ގަޑިއިރު ފޯރިމަރާ ގެއެކެވެ. އަމީތާބް ދެކިލަން ފޭނުން އާންމުކޮށް ޖަމާވަނީ ވެސް ޖަލްސާގެ ކައިރިއަށެވެ.
ޖަލްސާގެ އިތުރުން ވެސް އަމީތާބްގެ ގަނޑުވަރެއް ފަދަ އިތުރު ގެތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޕަރީކްޝާ އާއި ޖަނަކް އަދި ވަތުސާ ހިމެނެ އެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އަމީތާބާއި އާއިލާ މެމްބަރުންގެ ގެތައް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2021
12 April 2021
އަހުންނަށް ވަރިހަމަ... ބޮއިހަލާކު
ހަމީދު 1
12 April 2021
އެ ގެ ކޮބާ؟. މީގަ ކޮބައިބާ އާ ވާހަކައަކީ؟ އެވާހަކަ އެއް ނުފެނުނު
އަމީތު2
12 April 2021
ތި ހުރިހާ ގެ ތަކެއް ހަދާގެން ތާ އަބަދަކަށް ދުނިޔެ އަކު ނޫޅެވޭނެ! އެއްމެ ދެ ކުދިން ތިބީ ވެސް! އަގުބޮޑެތި ކާރު ތަކާ ކާރޫބާރު ގޮވާގެން ކަށްވަޅަކަށް ނުދެވޭނެ! ދާދި ފަހުން ވެސް ވ އަގުބޮޑު ރޯލްސް ރޮއިސް ކާރެއް ތި އަމީތު ގަތް! ހީވާ ކަހަލަ ދާއިމަށް ދުނިޔޭގަ އުޅެވޭނެ ކަމަށް އަމީތުޖީ!
ސަމޭދާ
12 April 2021
ހެހެހެ... ޖޭވިޔަސް ބޮޑުވަރު. ދުއާކުރުންވެސް އޮންނަނީ ދުނިޔެއާއި އާޚިރަތް ދެއްވާތޯ!!
ލަލީތާ
12 April 2021
ދުނިޔޭގައި ހޯދާ ހުރިހާ އެއްޗަކީ ކައްވަޅަށް ގެންދާ އެއްޗެއް ނޫން. ހަމަ ހުވާ ތިހެންބުނި މީހާ ވެސް ދުނިޔަވީ ފައިދާއަށް ގުނާ އަދަދު ނުކުރެވޭ ވަރަށް ކަންކަން ކޮށްފައި ހުންނާނީ. އެހެން ނޫނަސް ނިސްބަތް ކުރެވުނު މީހާއަކީ ކައްވަޅަށް ދާ މީހެއް ނޫން
ށަވިޔަނި
12 April 2021
ޖަލްސާ އަކީ ސައްތޭޕެސައްތާ ގެ ޕޭމެންޓް ގެ ގޮތުގައި ރަމޭޝް ސިއްޕީ ދިން ގެއެއްކަން ގިނަ ބަޔަކަށް ނޭގިދާނެއެވެ. އެކަމަކު ވަރަށްކުރިން މަށަށް އެކަން އެނގެއެވެ. އެއީ މޮޔައިރު ފިލްމީ ތަރިންގެ ފަހަތުން އެމީހުންގެ ގޭދޮށުން ދުވަމުން އުޅުނު ދުވަސްވަރެވެ. މިހާރު އެހާރު ހަނދާންވުމުން މޮޔަކަން ހިތައްއަރައެވެ. ހިނިއާދެއެވެ.
މިހާރުގެ
12 April 2021
އޭރު އެގޭ ކުނިކަހާ މީހާ ދޯ ތީ. ހަނދާން ވެއްޖެއޭ. ހެހެ