މުނިފޫހިފިލުވުން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ހުމާ.

ޝޫޓިން ފަށާފައިވާ، އަމީތާބް ބައްޗަންގެ ފިލްމު "ގުޑްބާއި" ގެ ރޯލަކަށް ޒުވާން އެކްޓަރު ޕަވައިލް ގުލާޓީ ވެސް ސޮއިކޮށްފި އެވެ.

އޭނާ އަކީ މިދިޔަ އަހަރު ރިލީޒްކޮށް އަދި މި އަހަރުގެ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި ތާޕްސީ ޕައްނޫގެ "ތައްޕަޅު" ގެ ބަތަލެވެ. އަމީތާބްގެ ފިލްމަކުން ފުރުސަތު ލިބުމުގެ ކުރިން ޕަވައިލް ވަނީ އަމީތާބް ކުޅުނު ސޮނީ ޓީވީގެ 2014 ގެ ސިލްސިލާ "ޔުދު" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ "ގުޑްބާއި" އަށް ޕަވައިލް ފެނިގެންދާނެ ކަމަށް ބެލެވެނީ އަމީތާބްގެ ދަރިފުޅުގެ ރޯލު ކުޅޭ ރަޝްމިކާ މަންދަނާގެ ލޯބިވެރިޔާގެ ރޯލުންނެވެ. މި ފިލްމުގައި ރަޝްމިކާގެ މަންމަގެ ރޯލުން ފެންނާނީ ނީނާ ގުޕްތާ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ގުޑްބާއި" އަކީ އެކްތާ ކަޕޫރްގެ ބާލާޖީ އާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ތުރިލާއެކެވެ.

އަކްޝޭގެ "ރަކްޝާބަންދަން" ގައި ޒީ ހިއްސާވެއްޖެ

އަކްޝޭ ކުމާރާ އެކު ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދަން ނިންމައި 2019 ގައި އިއުލާންކޮށްފައި އޮތް ފިލްމު "ރަކްޝާބަންދަން" ގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ޒީ ސްޓޫޑިއޯސް އިން ހިއްސާވެއްޖެ އެވެ.

މި ފިލްމަކީ އާނަންދުގެ ކަލަ ޔެލޯ އާއި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް އިން ގުޅިގެން ހަދަން ނިންމާފައި އޮތް ފިލްމެކެވެ. މި އަހަރުގެ ތެރޭގައި ޝޫޓިން ފަށާނެ "ރަކްޝާބަންދަން" އަކީ އަކްޝޭ އާއި އޭނާގެ ކޮއްކޮއިންތަކަކާ ދެމެދު އޮންނަ ގުޅުމެއް ދައްކުވައި ދޭނެ ފެމިލީ ޑްރާމާއެކެވެ. ފިލްމުގެ ޕޯސްޓަރު 2019 ގައި ދައްކައިލީ މި އަހަރުގެ ދިވާލީ ފިލްމު ރިލީޒްކުރާ ގޮތަށެވެ.

އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރާއި މި އަހަރު ވެސް އަދި ފިލްމީ މަސައްކަތްތަކެއް ރޭވި ގޮތަކަށް ކުރިއަކަށް ނުދެ އެވެ.

"ރަކްޝާބަންދަން" ގެ ކުރިން އާނަންދުގެ އެހެން ފިލްމަކުން އަކްޝޭ ފެންނާނެ އެވެ. އެއީ ޖޫން 6 އަށް ތާވަލުކޮށްފައި އޮތް "އަތުރަންގީ ރޭ" އެވެ. ޝޫޓިން ނިންމާފައި އޮތް ފިލްމުގެ ކާސްޓްގައި ސާރާ އަލީ ޚާނާއި ދަނޫޝް ވެސް ހިމެނެ އެެވެ.

"ސާޗިން ފޯ ޝީލާ" ގެ ޓްރެއިލާ އާންމުކޮށްފި

ކަރަން ޖޯހަރްގެ ދަރުމާ އާއި ނެޓްފްލިކްސް ގުޅިގެން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އުފެއްދުންތަކުގެ ތެރެއިން ޑޮކިއުމަންޓަރީ ފީޗާ "ސާޗިން ފޯ ޝީލާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 22 ގައި ޕްރިމިއާކުރާ މި އުފެއްދުމަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާގައި ހިންގި ހަމަނުޖެހުންތަކެއްގެ އިސްކޮޅު އުޅުނު ކަމަށް ބުނާ މާ އާނަންދު ޝީލާގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. އޭނާ އަކީ އެ ދުވަސްވަރުގައި ހިންގި ރަޖްނީޝް މޫވްމަންޓް ނުވަތަ އޯޝޯ މޫވްމަންޓްގެ ތަރުޖަމާނެއްގެ ދައުރު ވެސް އަދާކުރި މީހެކެވެ.

"ސާޗިން ފޯ ޝީލާ" ގައި ފެންނާނީ ވެސް ހަމަ ޝީލާ، 71، އެވެ.

ހުމާގެ "މަހާރާނީ" ގެ ޓީޒާ ދައްކާލައިފި

ސޮނީ ލިވް އެޕުން ސްޓްރީމްކުރަން ހަމަޖެހިފައިވާ ބަލަތާ ހުމާ ގްރޭޝީގެ ވެބް ސީރީޒް "މަހާރާނީ" ގެ ޓީޒާ ޓްރެއިލާ އާންމުކޮށްފި އެވެ.

މި ސީރީޒަކީ "ޖޯލީ އެލްއެލްބީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ސުބާޝް ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ. ސިޔާސީ ކަންތައްގަނޑެއް ދައްކުވައިދޭ "މަހާރާނީ" އަކީ އިންޑިއާގެ ބިހާރު ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ލާލޫ ޕްރަސާދު ޔާދާވްގެ އޭނާގެ އަންހެނުން ރަބްރީ ރާނީ ސިޔާސީ ދާއިރާ އަށް ނެރެން ނިންމުމާ ގުޅިގެން އެކަމާ ވިދިގެން ހިނގި ހާދިސާތަކެއް އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

ކަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ސީރީޒްގެ ކާސްޓްގައި ސޯހަމް ޝާހް، އަމިތު ސިއަލް އަދި ޕްރަމޯދު ޕަތަކް ހިމެނެ އެވެ.

"މަހާރާނީ" ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454