ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަދި ވެސް އެންމެ ހަރުކަށިކޮށް އޮތީ ދަތުރުފަތުރު
ބަނދަރު ސަރަހައްދުގައި ބަޔަކު މަސައްކަތްކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
15 އެޕްރީލް 2021 - 12:44
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒަށް ފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް މިއަދު އިއުލާނުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިނަށްފަހު ދޭނެ ލުއިތައް މިއަދުގެ ވަގުތެއްގައި އިއުލާނުކުރެވޭނެ އުއްމީދުކުރައްވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.
ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވަނީ ބަލި ފެތުރިފައިވާ ރަށަކުން އެހެން ރަށްރަށަށް ދަތުރުކުރުމުގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ އުސޫލުގައި ވާގޮތުން، ބަލި ފެތުރިފައިވާ ރަށަކުން ދާ ނަމަ 10 ދުވަހަށް ކަރަންޓީނުގައި ހުންނަންޖެހެ އެވެ.
ރައީސް އޮފީހުގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވެސް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ވެކްސިން ފުރިހަކުރުމުން އެހެން ގައުމުތަކުގައި ވެސް މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. އެކަމަކު ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު ވެސް ލުއި ދޭނީ އެ ޑޯޒް ޖަހައި ވަކި މުއްދަތެއް ހަމަވުމުންނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަީ އެކެއްގަ އެވެ. މިހާތަނަށް 273،660 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާށި
15 April 2021
ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ. ސީޕީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. ސީޕީގެ އަނބިކަނބަލުން ވެސް ކޮވިޑަށް ޕޮޒިޓިވް. އަދިވެސް ލުއިނުދެވިގެންތޯ ތިއުޅެނީ!؟ މިހާރު ހުރި މިންގަޑުގައި ބަހައްޓައިގެން މިކަމުން އަރައިގަނެވޭތޯ މަސައްކަތް ކުރުމެއްނެތްތޯއެވެ. ބޭނުމަކީ ދުލެއް ދީފައި އަނެއްކާ ބާރުކޮށް މި ގޮތަށް ތާ އަބަދު ބާއްވަންތޯއެެވެ.
އާރީ
15 April 2021
ތި އަވަހަށް ހާމަ ކޮށްބަލަ. ރަށަަށް ނުދެވިފަ މި ހުންނަނ
1828
15 April 2021
މައުމޫނާގެ އިޒުނައަކާ ނުލައި ތިކަމެއް ނުވާނެ. މައިމޫނާގެ އެޕްރޫވް ބޭނުންވާނެ 06 ޑޯޒް ވެކްސިން ޖެހިޔަސް. ނޫނޭވާ އަންހެނެއް އެއީ.
އުމަރުބެ
15 April 2021
ރާއްޖޭގައި މާބޮޑު ލުޔެއް ދެޏެކަމަކަށް ނުފެނެ. މިމީހުން ބޭނުންވަނީ އަބަދުވެސް ރައްޔިތުން އޮބިއަޅުވައިގެން ގެންގުޅެން. މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގަވެސް ފެނިގެން އެދިޔައީ ރައްޔިތުންގެ ރުޅިގަނޑު. ހަމަ މިކަހަލަ ކަންތައްތައްކުރާތީ.
ހޕއެ
15 April 2021
ހުރިހާ ފިޔަވަޅެއް އުވާލާ. ޖެހޭ މީހާ އަށް ޖެހޭކަން ނޭނގޭ ބަައްޔަކާ ހުރެ މުޅި ދުނިޔެ ބަންދުކޮއް, މޫނު މަތީ ފޮތި އޮޅައި, އަމިއްލަޔަށް ގޭ ބަންދުވެގެން އުޅުމުގެ ބޭނުމެއް ނެތް. ދަރިންގެ ދަރިން ވެސް މަލާމަތް ކުރާނެ 2020,2021 ގަ ދުނިޔޭގަ އުޅުނީ މޮޔަ ބައެކޭ ކިޔާ. އަހަރު ދުވަހުން 64 މުސްކުޅިން މަރު ވުން ނުކިިޔާނެ ނުރައްކާތެރި ބައްޔަކަށް. ޕޮސިޓިވް ވާ 95 އިންސައްތަ މީހުން ނަށް ނޭނގެ ބަލި ޖެހޭކަންވެސް.
ޙަސީނާ
15 April 2021
38 އަހަރުގެ މީހެއްވެސް މަރުވި އިނގޭތޯ. މަރުވާ މުސްކުޅިންނަކީ ވެސް ބަޔެއްގެ ލޯބިވާ އާއިލާ. ޖެހުނީމަ ވާނެ ގޮތެއް ނޭނގޭ ބައްޔެއްވިމަ ނުރައްކާތެރީ. އެކަނި މީހާ އަށް ވިސްނުމަކީ މީހާގެ ޖާހިލުކަން.
ޙަހަހ
15 April 2021
2 ޑެއިސް ކަރަންޓީން އަދި އޭގެފަހުން ނަގާ ޕީސީއާރް ޓެސްޓަކުން ނެގެޓިވްވެ ކަރަންޓީން ނިމޭގޮތަށް ހެދީމަ ފަސޭހަވާނެ... ށުކުރިއްޔާ...
ނޮޓް އަ ޖޯކް
15 April 2021
2 ޑޯޒް ޖެހުމުން ކޮންމެ ތަނަކަށްވެސް ދެވޭނެޔޭ ކިޔާތާ މަހަކާ ގާތް ވަނީ އެކަމަކު އަދިވެސް ދޭނެ ލުއިތަކާ ދެތެރޭ މަޝްވަރާ ކުރުމުގަ. ހެޔޮނުވާނެ މި ސަރުކާރަށް އެއްވެސް ކަމެއް ގޫގްލް ސްޕީޑްގައި ކުރެވޭނެ ދުވަހެއް ރައްޔިތުންނަށް ދައްކާ ދޭން ވެއްޖެއެއް ނޫންތަ! ކޮންމެ ކަމެއްވެސް ހަމަ މިހާ ސްލޯ ކޮށް މިދަނީ. ސަރުކާރުން ވަޢުދު ފުއްދުމުގައި ބަންދު ދުވަސްތައް ނުހިމަނައި ގުނި ކަމުގައި ވިޔަސް 5 އަހަރުގެ ޓާރމް ގުނާނީ ގައިމުވެސް ބަންދު ދުވަސްތައް ހިމަނައިގެން !
ދެކޮޅުވެރިޔާ
15 April 2021
ދެ ޑޯޒް ޖެހައިގެން ހުންނަތާ މާހެއް ހާ ދުވަސް ވީތޯ
ކޮޅުވެރިއާ
15 April 2021
ދެ ޑޯޒްޖަހައިގެން މަހެއް ނުވިއަސް 2 ވަނަ ޑޯޒްޖަހާތާ މިވެނި ދުވަހެއް ފަހުން ދަތުރުކުރެވޭނެއޭ ނުބުނެވޭނީތަ؟ ކަމެއް ޕްލޭންކުރަންވެސް އެނގޭނީ އެކަހަލަ މައުލޫމާތު ލިބިގެން.
ވާރޭ
15 April 2021
ކޮންމެވެސް ނޫސްވެރިއަކު ބުނެދެއްޗޭ ތިޔަ ނެރޭ ސާކިއުލާތައް އިނގިރޭސީ ބަހުންވެސް ނެރެދެއްޗޭ. އެހެން ނޫނީ މި ރިސޯޓްތަކުގެ އުޅޭ ބޭރު މެނޭޖަރުން ގަބޫލެއް ނުކުރޭ އަހަރުމެން ސަރުކާރުން ލުޔެއް ދިނޭ ބުންޏަސް. ބުނާނާ އެޗްޕީއޭގެ ރަސްމީ ޑޮކިއުމެންޓް ކޮބާހޭ
ރަދީފްއޮފިޝިއަލް
15 April 2021
ޕްލީޒް.ކަރަންޓީން ނިމުމަކަށް ގެންނައްޗޭ.ސީރިއަސްލީ އިނގޭ.މިހުންނަނީ މަންމަ ދެކިލަން ވެސް ނުދެވިފަ ތިޔާ ކަރަންޓީނެއްގެ ސަބަބުން.ވ.ވެދުން