ވިހެއުމުގެ ތެރޭގައި ލޭ މަނާ ނުވެގެން މަރުވި ސަލްމާ: އޭނާގެ މަރުގައި އިހުމާލުތަކެއް ހުރި
19 އެޕްރީލް 2021 - 16:44
ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރުގެ ގަޔަށް ހުއްޓުމެއް ނެތި ލޭ އެޅި ކަމަށާއި އޭނާ މަރުވީ ދޭންޖެހޭ ފަރުވާތައް ދެމުންދަނިކޮށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމް ފޮނުވި ސިޓީގެ ޖަވާބުގައި ހެލްތު މިނިސްޓްރީން ބުނީ ސަލްމާގެ ގަޔަށް އަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން އޭޑީކޭއިން ނެރުނު ބަޔާނުގައި ބުނީ ސަލްމާ އެ ހޮސްޕިޓަލަށް ދިޔައީ އާއްމު ހާލަތުގައި ވިހެއުމަށް ދާ އެހެން މީހުންނެކޭ އެއްގޮތަކަށް ކަމަށާއި ވިހެއުމުގެ ކަންކަން ގޮސްފައިވަނީ ވެސް އެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާއްމުކޮށް ލޭ އަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަވުމުން ވަގުތުން ސިއްހީ ފަރުވާތައް ފަށާފައިވާ ކަމަށް ބުންޏެވެ.
"މިގޮތުން ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ އެވެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ވާނީ ފަށައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
"ނަމަވެސް ޕޭޝަންޓުގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަން ވެސް ފަށައިފަ އެވެ. އަދި ލޭ އެޅުން މެދުކެނޑުމެއް ނެތި ވާނީ ކުރިއަށްގެންގޮސްފަ އެވެ،"
އޭޑީކޭ އިން ބުނީ އެގޮތަށް ފަރުވާ ދީގެން ވެސް ލޭގެ ޕްރެޝާ ނުހިފެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔަ ކަމަށެވެ. ސީޕީއާރު ދިނަސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ނުވި ކަމަށް ބުނެ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީން ބުނީ މާބަނޑު މީހާގެ ގަޔަށް ލޭ އެޅުމަށް ދެ މީހެއްގެ ކްރޮސްމެޗު ހަދާފައި ވިޔަސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާ ފަހުން ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމްގައި ސަލްމާ އަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ބުނެފައިވެ އެވެ. ލޭ އަޅަން މީހަކު ގެންދަން ބުނީ ވެސް ލޭ މަނާ ނުވެގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިހެއުމުގައި މަރުވާ މީހުންގެ އަދަދު ވަނީ ޒަމާނީ ބޭސްވެރިކަމާއެކު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ބަޔާނުގައި އޭޑީކޭ އިން ބުނީ މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ބައެއް ހާލަތްތަކުގައި ކާމިޔާބު ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަންމަބެ
20 April 2021
މައްސަލަ ތޮޔައޮތީ އޮޅިގެންނަމަވެސް ލިޔެވިފަ.އާންމު އުސޫލުން ވިހެއުމުގެކުރިން ބްލަޑުބޭންކުގަ ލޭ ހުންނަމަ ލޭ ކުރޮސްޗެކް ކޮށް ތައްޔާރަށް ހުންނަންވާނީ.ބްލަޑު ބޭންކުގަ ލޭ ނެތްނަމަ މަދުވެގެން 2 ޑޯނާގެލޭ ކުރޮސްޗެކް ކޮއްފަހުންނަން ލާޒިމް.ނުކުރީމާ މިނެޓު ކޮޅަކީވެސް ދިރިހުރުމާ މަރާ ހުރިތަފާތަކަށް ވެގެންމިދަނީ. ޢޭޑީކޭގެ މިކަމާ ގުޅޭ ޕޮލިސީމިއޮތީ ފެއިލްވެ މިކަމަށް ތިތަނުން ލަޔަބަލްވާން ޖެހޭނެ.
ކޮއެފުޅު
20 April 2021
މިކަމުގައި އިހުމާލް ވަރަށް ސާފު. މީހެއްގެ ބުލަޑް ޕްރެޝާ ދައްވެގެން ލޭހުސްވެގެން މަރުވެގެން ދާއިރު ހަމައެކަނި ލޭ މަނާކުރަން އިންޖެކްޝަން ޖެހީމޭ ބުނީމަ ނިމުނީއަކީއެއް ނޫން. ލޭ ލިބެންދެން އެހެން ފުލުއިޑް ދިންތޯ ދިނީ ކޯޗެއްތޯ؟ އަދި ލޭ ރެޑީވާން އެހާ ޓައިމް ނެގީ ކީއްވެތޯ؟ އެވަގުތު ޚާއްޞަ ޑޮކްޓަރު ކޮބައިތޯ؟ ބަލިމީހާގެ ކޮންމެހެން ބަލަންޖެހޭ ކަންކަން ބެލިންތޯ؟ ގަޑިއަކުން ގަޑިއަކުން ބީޕީ ބެލިނަމަވެސް ތިވަރު ނުވާނެ
ފޮސްކަލޯ
20 April 2021
ލޭ ނާޅައެކޭ މީހެއް ނުބުނޭ. އެ ކިޔަނީ ލޭ ނާޅާ އެތައް އިރަކު ހުރި ވާހަކަ.. ބްލަޑްބޭންކް ގަ ލޭ ހުރި އިރުވެސް ލޭ ނާޅާ އިންތިހާ އަށް ލަސް ކުރި ވާހަކަ. އޮޅުވާލަން ނޫޅޭ
އިމްނާ
20 April 2021
ލޭއެޅުން ލަސްވުމަކީ އެކަށީގެންވާކަމެއް. އެއީ އަހަރެން ތަޖްރިބާކޮށްފައިވާކަމެއްމީ. ރޯދައަށްހުރެ ﷲގަންދީ ހަދާތެދެއް. ވަރަށް ފަރުވާކުޑަކަން އަހަންނަށް ފާހަގަކުރެވުނު. އަހަރެން އަފުއާލާ ބައްދަލްކުރަން 3 ފަހަރު ދިޔައިން. ބައްދަލެއްވެއްވެސްނުވި. އެކަމަކު މިބުނަނީ ހުރިހާ ފަހަރަކު ފަރުވާ ކުޑައެކޭނޫން. މިއީ އަހަރެންގެ ތަޖުރިބާ.
ދީދިކޮއި
20 April 2021
މި އާޓިކަލް ކިޔާލީމާ، ހެލްތު މިނިސްޓްރީން ތިޔަ ކަންތައް ބަލާފައިވަނީ ކޮންފެންވަރެއްގެ ޓީމަކުންތޯ މިހާރު ސުވާލު އުފެދޭ.
ލ.އަތޮޅު
20 April 2021
ވަރަށް ދެރަ، ﷲ ސަލްމާގެ ހިއްވަރަށް ހެޔޮރަޙްމަށް ލައްވާށި އަދި މި އޭނަގެ ފާފަތަށް ފުއްސަވާށި. އަޅުގަނޑެވެސް މިހާރު މިވަނީ މިކަހަލަ ހައްވަރުގަދަ އަންބަކަށް ބޭނުންވެފައި. އަދި މިކަމުގަ އިޙްމާލްވި މީހުނަށް ކަނޑައެޅިފައިވާ އަދަބު ލިބި ވީ އެންމެ އަވަސްފުރުސަތެއްގައި އިންސާފު ލިބުން އެދެން...
މެސީ
20 April 2021
ސިއްޙީ ތިކަހަލަ ކަންކަމަށް އަދި ޤާނޫނު ހެދިފައި ނެތުމުން ތިކަމެއް އެއްވެސް ތަނަކުން ނުބަލާނެ. މިސާލަކަށް މަޖިލިހުގަ މާރާ މާރީހިންގިއަސް ނުބެލޭ ފިޔަވަޅެއްވެސް ނޭޅޭ.
މައިމޫނާ
20 April 2021
ހިތާމައަކީ މިފަދަ އެއްވެސް ކަމެއްގަ އެކަށީގެންވާ ތަހުގީގެއް ކުރެވި އަޅަންޖެހޭ ފިޔަވަޅު އެޅިފައިނުވުން. ސަރުކާރު ހޮސަޕިޓަލް ވިޔަސް ޕްރައިވެޓް ހޮސްޕިޓަލެއް ވިޔަސް މިކަން މިގޮތައް ކުރެވިގެން ކުރިއެރުން އޮންނާނީ. މިގައުމުގެ މިސުރާބު ހެޔޮވާނެ ގޮތެއް އަދި ފެންނާކަށް ނެތް.
އަލީލީ
20 April 2021
ރާއްޖޭގައި މެޑިކަލް ނެގްލިޖިއެންސް ގެ ގާނޫނެއް ހަދަން އެބަ ޖެހޭ. މި ގޮތަށް ހޮސްޕިޓަލްތަކުގެ އިހުމާލުން އހަަރަކު އެތަށްބަޔަކު އެބަ މި ދުނިޔެ އާއި ވަކިވޭ. ދައުވާކޮށް ބޮޑަތި ބަދަލުތަށް ނަގައިދީގެން ނޫންގޮތަކަށް ހިޔެއް ނުވާ މިފަދަ އިހުމާލުތަށް ހުއްޓުވޭނެހެނެއް.
ނަށީދު
20 April 2021
ބޭމް!