ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ. ޕެންޝަން ގާާނޫނަށް ހުށަހަޅާފައި ވަނީ ކަންބޮޑުވުން ހުރި ބަދަލުތަކެއް
22 އެޕްރީލް 2021 - 13:04
ދައުލަތުގެ ވަޒީފާތަކުގައި އުޅެ އުމުރުން ދުވަސްވުމުން ރިޓަޔާކުރާ މީހުންނަށް އެ މީހުން އަދާކުރި ވަޒީފާއަށް ބަލައި އެ އިދާރާއަކުން ތަފާތު މިންގަނޑުތަކުން ދެމުން އަންނަ ޕެންޝަންތައް އުވައިލުން ހިމެނޭ ގޮތަށް، ޕެންޝަން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެކި މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާވާ މީހުންނަށް އެ މީހުން އަދާކުރި މަގާމާ ގުޅޭ ގޮތުންް ތަފާތުވާ ގޮތުގައި ދޭ ޕެންޝަަންތައް ކަނޑާލުމުގައި އިސްތިސްނާކުރާނީ ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށެވެ.
ބިލުގެ 2-32 ވަނަ މާއްދާގެ (ށ) ގައި އޮތީ ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު ފިޔަވައި ދައުލަތުގެ އެކި އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ، ދައުލަތުގެ އެހެނިހެން ޕެންޝަންތައް މިގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު އެއިދާރާއެއް މެދުވެރިކޮށް ދިނުން ނިމުމަކަށް އަންނާނެ ކަމަށެވެ. އެ މާއްދާ އޮތް ގޮތުންނާއި އޭގެ ކުރިއަށް އޮތް ބައެއް މާއްދާތައް އޮތް ގޮތުން، ބިލުން މާނަކުރެވެނީ އެ ހުރިހާ ޕެންޝަނެއް ވެސް ޕެންޝަން އޮފީހުގެ ދަށަށް ބަދަލުވުން ކަމަށެވެ.
އެކަމަކު 2-32ގެ (ށ) ގައި އޮތީ "ހިދުމަތުގެ މުއްދަތަށް ބަލައި، ނުވަތަ ވަޒީފާއިން ރިޓަޔާކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މި ގާނޫނަށް އަަމަލުކުރަން ފެށުމުގެ ކުރިން ތައާރަަފްކޮށްފައިވާ އިތުރު ޕެންޝަންތައް ނުވަތަ އިނާޔަތްތައް ފޯރުކޮށްދިނުން މި ގާނޫނަށް އަމަލުކުރަން ފެށުމާއި އެކު ނިމުމަކަށް އަންނާނެ" ކަމަށެވެ.
ޕެންޝަނުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ ދައުތުގެ މަގާމެއް އަދާކުރުމަށް ފަހު ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރާ މަގާމަކަށް އަންނަ ހިސާބުން ފެށިގެން، އޭނާއަށް ޕެންޝަން ލިބުނުން ހުއްޓޭ ގޮތަށް އޮތުމެވެ.
ބިލުގައި އިސްތިސްނާކޮށްފައިވާ މުއައްސަސާތައް ފިޔަވައި އެހެން ތަންތަނުގައި މަސައްކަތްކޮށް ރިޓަޔާވެފައިވާ މީހުންނަށް ވެސް ޕޭކޮމިޝަން މެދުވެރިކޮށް، ޕެންޝަނުގެ މިންވަރުތައް އަލުން ކަނޑައަަޅަން ވެސް ބިލުގައި ވެ އެވެ. ޕޭކޮމިޝަނަށް ލާޒިމްކޮށްފައި އޮތީ ބިލު ގާނޫނަކަށް ވާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ސިޔާސަތުތައް ކަނޑައެޅުމަށެވެ.
ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވަނުން މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ވިދާޅުވީ އެ ބިލުގައި އޮތީ ވަޒީފާ އަދާކުރި މުއްދަތާ ގުޅުވައިގެން ވަކި ބަޔަކަށް އިނާޔާތްދޭން ކަމަށާއި އެކަން ވެސް އޮތީ އެއްވެސް ހަމަޔަކުން ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުން އެ ބިލުން އިސްތިސްނާ ވާއިރު ކަސްޓަމްސް ސާވިސް އިސްތިސްނާ ނުވާ ކަމެވެ. އޭނާ ވިދާޅުވީ ކަސްޓަމްސްް އަކީ ވެސް ހަމަ ސަަލާމަތީ ހިދުމަތެއް ކަމަށެވެ.
"ދައުލަތަށް އެތައް އަހަރެއް ވަންދެން، ވިހި އަހަރު ތިރީސް އަހަރުވަންދެން ހިދުމަތްކޮށްފައި ތިބޭ ބަޔަކު [އަޅައިނުލައި] ދޫކޮށްލުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން،" ހާރޫނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދާކުރާ މަގާމުގައި މީހުން އިހުލާސްތެރިވާ މިންވަރު ގުޅިފައި އޮންނާާނީ ވެސް އެ މީހުން ކުރާ މަސައްކަތް ބަލައިގަންނަ މިންވަރަށް ކަމަށާއި އެތައް އަހަރެއް ވަންދެން ހިދުމަތްކޮށްފައި ހުސްއަތާ ދާން ޖެހުމަކީ ބަލައިނުގަތުން ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ޕެންޝަނަރުންނަކީ ރާއްޖެ މިހާރު މިއޮތް ހިސާބަށް ގެނައުމުގައި ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުން ކަަމަށެވެ. އޭގެ ތެރޭގައި ފަންސާސް އަހަރު ދުވަހު ހިދުމަތްކުރެއްވި ބޭފުޅުން ވެސް ހިމެނޭ ކަމަށާއި އެކަމަކު މިއަދު އެންމެ ނިކަމެތި ބަޔަކަށް ވެފައި ވަނީ އެ ހިދުމަތްރެރިން ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ މުޅި ހަޔާތް ވޭތުކުރީ ، ވިހިތިރީސް އަހަރު، މިހެން ގޮސް ފަންސާސް އަަހަރު ހޭދަކުރައްވާފައި ތިއްބެވި ބޭފުޅުން ވެސް އެބަތިއްބެވި. އެހެން ނަމަވެސް ޕެންޝަނުގެ ގާނޫނަށް ސަރުކާރުތަކުން ގެންނަމުން އައި ބަދަލުތަކާ އެކީގައި މިއަދު އެންމެ ނިކަމެތި ބަޔަކަށް މި ވަނީ މިގައުމު ތަރައްގީކުރުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުން،" އާދަމް ވިދާޅުވި އެވެ.
ނައިފަަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ އިސްލާހަކީ ސަަރުކާރަށް ފައިސާކޮޅެއް ހޯދުމަށް ހުށަހަަޅާފައިވާ އިސްލާހެއް ކަމަށެވެ. އެއީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންގެ އަތުގައި ހުރި ފައިސާއެއް ހޯދައިގެން ސިޔާސީ މަގާމުތަކެއް އުފައްދަން ކުރާ ކަމެކެވެ. އެ ބިލު އަނބުރާ ގެންދިއުމަށް ވެސް އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ މޭން
24 April 2021
މަށަށް މައްސަލަޔަކަށްވަނީ ތިޔަ ކަރެކުޝަނާ ކަސްޓަމުގެ ރިސެޕުޝަނުގަ ތިބޭ މީހުންވެސް، ސިވިލް ސާވިސަށްވުރެ ބޮޑު މުސާރައިގައި ހެޕީކޮށް އުޅެފާ، 20 އަހަރު ވީމާ ރިޓަޔާވެލެވޭތީ. މިބުނީ 18 އަހަރުގައި ވަދެފައި، ބަރާބަރަށް ޕުރޮމޯޝަން ލިބިލާފަ އައިސް 40 އަހަރު ނުވަނީސް އުމުރަށް މުސާރަ ހިނގާގޮތަށް ވަކިވެވޭތީ. އެ ހެޔޮ ގައިދީއެއް، ނޫނީ މަސްތުވާ އެއްޗެއް ހޯދަން އެއް ދުވަހު ދާން ނުޖެހުނަސް. އެކަމު ސިވިލް ސާވަންޓުން ތިބެންޖެހޭ 65 ވަންދެން ކުޑަ މުސާރައިގަ.
ނިކަމެތި ރައްޔުތުމީހާ
23 April 2021
މިއަދު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް، އެމީހުންގެ އަތުން ފައިސާ ހޯދާ ވޯޓު ވިއްކާލިއިރު ތިމާގެ އިޚްލާސްތެރިކަން އެދުވަހު ދެއްކިނަމަ މިއަދު މިހިސާބާށް ނުދިޔައީސް، ޤައުމަށް ފުރަތަމ ޢައްދާރުވީ އަޅުގަނޑުމެން ރައްޔިތުން، އަޅުގަނޑުމެން ދެއްކިމަގުން މެންބަރުންތައް މިއަދު އެދަނީ. ދެންވެސް ދުނިޔޭގެ ދުވަހެއްގައި އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ ﷲ ތަޢާލާއަށް ބިރުވެތިވެ ތިބާގެ އިޚްލާސްތެރިކަން އިސްކޮށް ޤައުމާމެދު ވިސްނާފަ ވޯޓުދެއްވާށެވެ.
ހަސަނު
23 April 2021
ސިފައިންނާ ފުލުހުންނާ ފަނޑިޔަރުންނަކީ ރައްޔިތުން ގެ ކިބައިން ސަރުކާރު ހިމާޔަތް ކޮށްދޭން ތިބި މިހުން. އެމީހުން ރުއްސައިގެން ގެންގުޅުނީމަ ސަރުކަރު ނުވެއްޓި މި އޮންނަނީ. އެހެންވެ މުޅި އުމުރު ކިޔަވައިދޭން އުޅުނު ޓީޗަރާ، މުޅި އުމުރު 24 ގަޑިއިރު އޮންކޯލުގަ ހުރި ޑޮކްޓަރާ ނަރުހަށް ބޮޑު ޕެންޝަނެއް ނުލިބޭންވީ.. ސަރުކާރު ހިމާޔަތް ކުރާ ބަޔަކަށް ނުވާތީ... ރައްޔިތުންގެ ކިބައިން... ސާފު ވެއްޖޭ؟؟!!
ޢަބްދުﷲ ސަޢީދު/ބ.މާޅޮސް، ޒަމާނީހައުސް،
22 April 2021
ޤާނޫނުގައި ދެއްކުން މަނާވާހަކަތައް މާނަކޮށްދެނީ، (1) އިސްލާމްދީނުގެ އަޞްލުތަކާއި ޚިލާފުވާހަކަތައް، (2) ޢާންމު މަޞްލަހަތާއި އަމަންއަމާންކަމަށް ގެއްލުންހުރި ވާހަކަތައް، (3) އެއްވެސް މީހެއްގެ އަބުރާ ބެހޭގޮތުން ދެއްކޭވާހަކަތައް، މިގޮތުން ބަލާއިރު، ފާހަގަ ކުރެވޭކަމަކީ، ހުށަހަޅާފައިވާ ބިލުގެ ނަޒާޙަތްތެރިކަމުގެ މައްޗަށް ޤާނޫނީގޮތުން ސުވާލު އުފެދޭކަމެވެ.
ޖުހާބެ
22 April 2021
ޥަކި ފުލުހުންނާ ސިފައިންނާ ހިތުހުރި ގޮތަކަށް ހުކުންކުރާ ފަނޑިޔާރުން ދެކެ ބިރުން ކީއްވެތޯ ކަނޑާނުލީ. ނިކަމެތިންނަށް ނިކަމެތިކަން. ޢިސްތިއުފާދީފަ ގެޔަށް ދޭ
ހަސަނު
22 April 2021
ތި ބިލު ފާސްކޮށްފަ ވޯޓު ހޯދަން ނާންނާތި
އިމްނާ
22 April 2021
ގައުމައް ހިލޭސާބަހައް ތޯ މަސައްކަތް ކުރީ، އުމުރު ހޭދަކުރީ ގައުމުބިނާ ކުރާށޭ ބުނަން ލަދު ގަންނަން ޖެހޭ...ވ ސަލާމް
ބައިބަލާ
24 April 2021
ސިވިލްސާވަންޓެއްގެ އެވް ރޭޖް މުސާ ރަޔަކީ 7000 ރުފިޔާ. މޮޅު ވާހަކަ ނުދައްކައި 50 ހަކަށް އަހަ ރު މިމުސާ ރަޔަށް ކަލޭ މަސައްކަތް ކޮށްދީބަލަ. ގމ ރ
އަފުރާސިޔާބު
22 April 2021
އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެފަހަރަކު ސިވިލްސާވަންޓުން ހޭއަރުވާލައި ކަރަށް އަތްބާނައިގެންވިޔަސް ކާއެތި ކޮޅު ދަމައިގެނެވޭތޯ އެބަބަލާ. މިނަޝީދަށް ހީވަނީ އިންޑިއާ ރުއްސައިގެން ތިމަންނަމެންގެ ވެރިކަން ދެމެހެއްޓިދާނޭ ކަމަށް. މަޖިލީހަށް ކޮންމެ 5 ހާހަކުން މެންބަރަކު ހޮވައި ގައުމަށް ނުކުޅަދާވާވަރުގެ މުސާރަޔާއި އެލަންވަސްދީފައި އެތިބޭނީ އެއީ ކޮންކަމެއް ކޮށްދޭ ބަޔެއްތަ؟ އަހަރެމެންގެ ވޯޓުން ހޮވީކީ ނަޝީދާއި ޕާޓީ ބޮޑުންގެ ޖީބު ފުރާ ފައިސާ އަޅާންކަމަށްތަ؟
އެކަމަކުވާދެން
22 April 2021
ނިކަމެތިން އިތުރަށް ނިކަމެތިކުރުންތީ. ދިވެހި ސަރުކާރުގެ އަގުވެސް ތިޔަ އެއްލާއިލެވުނީ. ދެން ނުހުންނާނެ އިޚުލާސްތެރިޔަކު. ގައުމަށް އޮތްލޯބިވެސް ކެނޑޭނެ.
ޕެންސަނަރު
23 April 2021
ގައުމީ ލޯބި ފުނޑުނީ
ޫހަގީގަތް
22 April 2021
އަސްލް ތި ބިލަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ބިލެއް. މިހާރުވެސް ތަފާތު ބޮޑުކޮށް ޕެންޝަން އެބަ ދެވޭ ...................... ޕެންޝަން ދޭން ނުޖެހޭލިސްޓް 1. ދައުލަތުން ބަލަހައްޓާމީހު... ޖަލުގައި ތިބި ގައިދީން ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުން 2. ރާޖެއިންބޭރުގައި ދާއިމީކޮ އުޅޭތާ 5 އަހަރުވެފައިވާމީހުން