ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި. - ފޮޓޯ: މަޖިލިސް
16 ނޮވެމްބަރ 2016 - 18:47
އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވި މަޑަވެލި ދާއިރާގެ ޕީޕީއެމް މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ މީހާ އެނގޭނެހެން އިތުރު ފާހަގައެއް ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރު ކަން ގެއްލޭ ކަމަށެވެ.
އެހެންވެ އޭނާ އިސްލާހު ހުށަހެޅުއްވީ އިންތިހާބުތަކުގައި ލާ ވޯޓަކީ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ވޯޓު ކަމުގައި ކަށަވަރު ކުރުމުގެ ގޮތުންނެވެ.
މުއާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ އަހުމަދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަން ވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން ކަރުދާހުގައި އިންތިހާބު ކުރަން ޖެހޭ ކެންޑިޑޭޓުންނަށް ވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައި ކަމަށާއި އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައި ކަމަށް ވެސް އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލް ނައްސެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ތެދެއް
17 November 2016
ވޯޓް ކަރުދާހުގައި ކުރަހާ ވާހަކަ ދައްކާއިރު މި އާޓިކަން ލިޔުނު ލިޔުންތެރިޔާ ޔާމީނު ނިކަން ޗެކުކޮށްބަލަ އަންނިގެ ވެރިކަމުގައި ދިއްދޫގައި އަޅާއިދިން ފްލެޓްތަކަށް ހަދާފައިވާ ގޮތް. ދިއްދޫ މަގު ހަދަންށޭ ކިޔައިގެން ގޮސްގެން އުޅޭ ބިދޭސީންނަށް އެތަން އެވަނީ ދީފައި. އެމީހުންގެ ގެދޮރުހެން އެތަނުގައި އެމީހުން އެދަނީ ދިރިއުޅެމުން. އެއީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާއިން އަޅާފައިވާ ތަންތަން. އަންނިގެ އަމިއްލަ ޖީބުން ކުރި ޚަރަދެއްނޫން. އެކަމަކުވެސް ޙަސަދައިގެ ހުޅުގަނޑުގެ ބޮޑުކަމުން މިބައިމީހުން ބޭނުންވަނީ އެތަންތަން ނަޖިސްކުރުމަށްފަހު ވީރާނާވާން ދޫކޮށްލަން. ރަށުގެ ރައްޔިތުންނަށް ފައިސާ ފޮއްޗެއްވެސް ލިބިދާނެތީ އެރަށުން ގެއެއް ކުއްޔަށް ހިފުމުގެ ބަދަލުގައި އެވަނީ އަލަށް އަޅާފައިވާ ފްލެޓްތަކެއް އެބައިމީހުންނަށް ހިލޭ ސާބަހަށް ދީފައި.
ކަރުދާސް
17 November 2016
ވޯޓް ލާން ބޭނުން ކުދިން އެއްވެސް ކަރުދާހެއްގައި ނުކުރަހާތި!
ހަމަ ދޯ
17 November 2016
ހަމަ ކޮންމެ ގޮތެއްވެސް ވަރިހަމަ ވާނެ މިދިވެހިންނަށް... ވޯޓު ނުލާ ތިބެމާ!! ބަލަ ރައްޔިތުންނޭ ރައްޔިތުންގެ ވެރިކަމެކޭމީ! ރައްޔިތުން ނުރުހޭ ގޮަތައް އެންމެ ޤާނޫނެއްވެސް ނެހެދޭނެ! ވޯޓަށް ނޫނެކޭ ބުނީމާ މި ބައިގަނޑު ހަދާނީ ކިހިނެތްބާ!
ހޯލި
17 November 2016
އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުންވެސް ވޯޓާ ކުޅެވޭތޯ ބަލާށެވެ. ތިހާވަރުން ތެޅޭނެކަމެއް ނެތެވެ. ގައިޑްލައިނަކުން ބޭނުންވާކަންކަން ނިންމާލެވިދާނެއެވެ.
ރަދީފް
17 November 2016
މަ ނުދޭ ވޯޓު ލާކަށް އެހެންވީމަ
މަ ނޫޅެން
17 November 2016
ތިހެންވީރު މަނޫޅެން ވޯޓް ލާކަށް ދާކަށް، މަގޭ ވޯޓް ކަރުުުދާހުގައި ކުރަހާކަށް އިލެކްޝަންސް ކުދިންނަކާ ނުޖެހޭނެ
ރައްޔިތު މީހާ
17 November 2016
ހަނދާން ކުރާތި ބޭނުން ހާ އެއްޗެއް ހަދާފަ ޤައުމު ވިއްކާފަ މަޖިލިސް މެޖޯރިޓި ހޯދައިގެން ތިބެ ބޭނުން ގޮަތަކަށް ޤާނޫނު ފާސް ކުރަމުން ބޭނުން އެއްޗެއް ހަދަމުން ތި ދަނީ އަހަރުމެން ރައްޔިތުން ވޯޓެއް ލާކަށް ނުދާނެ ބޭނުން ހާ އެއްޗެއްހެދީމާ!! ހަމަ ވޯޓް ކަރުދާހު އަތް ލިޔަސް ވޯޓް ބާތިލް ކިޔާފަ ކުޅޭ ކުޅޭ ގާނޫނެއް ހެދިޔަސް ތިބެންވީ އަތް ޖަހަން ދޯ.. ހެހެ ނުވާނެ ތިކަމެއް!
އެއްކަލަ މީހާ
17 November 2016
ހިތު ހުރި އެއްޗެއް ހަދާފަ އައިސް ނުބުނައްޗޭ ދާށޭ ވޯޓް ލާން.... ވަރަށް ސާފުކޮށް މިބުނަނީ ނުދާނަން!!
ބޯ ހަލާކު
17 November 2016
ތިޔަހެން ވިއްޔާ މަ ނުދާނަން ވޯޓް ލާކަށް! އާނ އެހެންޔަ!! ހިތްޕުޅާ ނުވާމީހަކަށް ވޯޓް ލީމަ މަގޭ ވޯޓް ކަރުދާހުގަ އިލެކްޝަންސް ކުދިން ކޮޅު ނުކުރަހާނެ ކަމުގެ ނެތް އެއްވެސް އިތުބާރެއް.. އެހެންވީމާ ތިޔަ ވަރުގެ ކަރުދާހެއްގައި ފާހަގަ ލާކަށް މަށެއް ނުދާނަން..
އިހުމާލް
17 November 2016
އަޖައިބު އަންތަރީސް ނުވާނެ ތަ، ކުރެހުން ތިބޭފުޅުން މާނަކޮއްފާނެ ފާހަނގަ ޖެހުމައްވެސް، އެހެން ވީއިރުން ތިޔަބޭފުޅުން ބޭނުން ފުޅުވެލައްވާ ބޭފުޅާ ދެއްތޯ ހޮވޭނީ..މީދެން ފުކެއްބޮޑުވަރު،