މީހުން

ފޮޓޯ ސްޓޯރީ: ހަސަންފުޅުގެ ހިތްވަރު

ނިޝާން އަލީ

23 އެޕްރީލް 2021 - 08:35

15 comments

މިއީ ހަސަންފުޅުބެ އެވެ. މާލޭގައި ގަރާޖު ހިންގުމުގައި އޭނާ އަކީ ކުޅަދާނަ ޝަޚުސިއްޔަތެކެވެ. އެހެން ގަރާޖުތަކާ ހިލާފަށް ހަސަންފުޅުބެ ގެ ގަރާޖު މަޝްހޫރުވާ ވަރަށް ގިނަ ސަބަބުތަކެއް ހުރެ އެވެ.

ހެންވޭރުގެ ހަނިގޯޅިއެއްގައި ހުންނަ މި ގަރާޖުގެ ނަމަކީ ވޮންޑަ ވޯކްޝޮޕެވެ. އެކަމަކު އާންމުންނަށް އެތަނުގެ ނަން އެނގޭނީ ހަސަންފުޅުބެ ގަރާޖުގެ ނަމުގަ އެވެ. މި ގަރާޖަށް މިހާރު 47 އަހަރުވެފައިވާ އިރު، ހަސަންފުޅުބެ ބުނާ ގޮތުން އޭނާ އަށް 100 އަހަރު ވެއްޖެ އެވެ.

މާލޭގައި މި ގަރާޖު ހުޅުވީއްސުރެ މިހާތަނަށް އަންނަންދެން ވެސް ހަސަންފުޅުބެ އެތަނުގައި އަންނަނީ މަސައްކަތް ކުރަމުންްނެވެ. އެކަމަކު މިހާރު ގައިބާރު ދޫވެ، ބަރު އެއްޗެހި އުފުލައި އުޅެން އުނދަގޫވާތީ ގަރާޖުގައި ބިދޭސީން ގެންގުޅެ އެވެ. އެކަމަކު ވެސް ކޮންމެ ދުވަހަކު އޭނާ މަސައްކަތްތަކުގައި ބައިވެރިވެ ކުދިކުދިން ކަންކަން ކޮށްލަދެ އެވެ.

ހަސަންފުޅުބެ ބުނާގޮތުން އޭނާ މި މަސައްކަތް ފެށީ މަޝްހޫރު އަބާގޭގެ ތެރެއިންނެވެ. އޭނާ ބުނާ ގޮތުން އަމިއްލަ ގަރާޖެއް ވެސް ހަދައިދިނީ އެ ގޭގެ ކުދިންނެވެ. އަބާގެ އަކީ ގަރާޖުގެ މަސައްކަތް މާލޭގައި އެންމެ ފުރަތަމަ ފެށި މީހުންނެވެ.

ހަސަންފުޅުބެ ގެ ގަރާޖުގައި ސައިކަލާއި ބައިސްކަލުގެ ހުރިހާ ސާވިސްއެއް ވެސް ކޮށްދެ އެވެ. ހަސަންފުޅުބެ ބުނާ ގޮތުން އެ އެއްޗިއްސަށް ދިމާވާ މައްސަލަތައް ހައްލުކޮށްލުމަކީ އޭނާ އަށް އުނދަގޫ ކަމެއް ނޫނެވެ. ބައެއް އެއްޗިއްސަށް ދިމާވާ މައްސަލަތައް އެތާނގައި އުޅޭ ބިދޭސީންނަށް މިހާރު ވެސް ކިޔައިދެނީ އޭނާ އެވެ.

އެހެން ހުރިހާ ގަރާޖުތަކާ ހިލާފަށް ހަސަންފުޅުބެ ގެ ގަރާޖު ތަފަތުވާ ކަމަކީ އެ ގަރާޖުން ބައެއް ހިދުމަތްތަައް ހިލޭ ދޭތީ އެވެ. ފުރޮޅަކަށް ވައި ޖަހަން ވެސް އެހެން ގަރާޖަކުން ވިއްޔާ 5ރ. ދޭން ޖެހެ އެވެ. އެކަމަކު މިކަހަލަ ކުދިކުދި ހިދުމަތްތައް އެތަނުން ކޮށްދެނީ ހިލެ އެވެ.

ގަރާޖުގެ ކުރިމަތީގައި މިގޮތަށް ހަސަންފުޅުބެ އިންނަ ތަން ވަރަށް ގިނަ މީހުންނަށް ފެންނާނެ އެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރު އޭނާ ކޮށްދީފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެކެވެ. އޭނާގެ ތިން ދަރިންނަށް ކިޔަވައިދިނުމާއި ދިރިއުޅުމުގެ އެހެން ހުރިހާ ބޭނުންތަކެއް ވެސް ފުއްދީ ގަރާޖުން ލިބުނު ފައިސާ އިންނެވެ.

"މިއީ ވަކިވުމެއް ނެތް މަސައްކަތެއް؟" އޭނާ ބުނެ އެވެ. ހަސަންފުޅުބެ ބުނާ ގޮތުން މަރުދުވަހާ ހަމައަށް ވެސް އޭނާ ދެމިހުންނާނީ މި މަސައްކަތުގަ އެވެ.

15 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 3%
icon inlove icon inlove 35%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފްރެންޑް

26 April 2021

ހަސަންފުޅު ބެ އަކީ ވަރަށް ދީންވެރި ހެޔޮލަފާ މީހެއް ހަސަންފުޅުބެ ގަރާޖް ވާހަކަ ދެއްކެވި އިރު ހަސަންފުޅުބެ އަކީ މިސްކިތް ބަލެހެއްޓެވުމުގައިވެސް ޒަމާންތަކެއް ހޭދަ ކުރެއްވި ބޭފުޅެއްކަން މެންޝަން ކޮއްލެއްވި ނަމަ އުފާވިސް

The name is already taken The name is available. Register?

ކުޑަދޫ

23 April 2021

އަސްލު ދިވެހިން އެފެންނަނީ. ވަރަށް އޯގާތެރި ހިތްހިޔޮ މީހެއް.

The name is already taken The name is available. Register?

ފާރިހަތު ޖަލީލު

23 April 2021

ފާރި ޖީއެން ކަޅުކުލައިގެ ސައިކަލެއް ދުއްވިއިރު، އަތްމަތި ވަރަށް ދަތި ދުވަސްވަރެއްގައި، އަދި ފާރިގެ ވަރަށް ގާތް ނޫސްވެރިކަން ކުރާ ފޯއްމުލަކު ރަހުމަތްތެރިއެއް އެހީއެއް ދޭން ބުނެ ނުދިން ދުވަސްވަރެއްގައި، ސައިކަލް ހަދާދިނީ ހަސަންފުޅުބޭއަށް އަބަދުވެސް ހެޔޮއެދެން!

The name is already taken The name is available. Register?

އަލީބުރޯ

23 April 2021

އަސްލުގަވެސް ހަސަންފުޅުބެެއަކީހަމަ ލެޖެންޑެއް...

The name is already taken The name is available. Register?

ހަމަދިވެއްސެއް85

23 April 2021

މާތް ﷲ ހަސަންފުޅުބެ އަށާއި އަދި އެ އާއިލާއަށް ބަރަކާތް ލައްވާށިއެވެ. އަދި ރަނގަޅު ސިއްޚަތެއްގައި ދެމި ހުރުމުގެ ތައުފީޤް ދެއްވާށިއެވެ. ވަރަށް ހިތްހެޔޮ ބޭފުޅެއް، އަދި އެ އާއިލާ ކުދިންވެސް ވަރަށް ހެޔޮ. ތިޔަ ކުރައްވާ މަސައްކަތުގައި މާތް ﷲ އަބަދުމެ ބަރަކާތް ލައްވާށިއެވެ. ކުރިޔަށްވެސް ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

ހިމީ

23 April 2021

ހަސަންފުޅުބެއަކީ ނަމޫނާއެއް. މިހާރުގެ ޖެނެރޭޝަންއަށް ވަރަށް ނުވިސްނޭނެ އެމީހަކު ކުރާހިތްވާ މަސައްކަތެއްގައި މާބޮޑު މާލީ ފައިދާއެއް ނެތި މިފަދަ ގޮތަކަށް ދެމިހުރެވެނީ ކިހިނެތްކަމެއް.

The name is already taken The name is available. Register?

ގުއްބުއްދީން ޙިކްމަތްޔާރް

23 April 2021

ހަސަންފުޅުބެއަށް "ވައިޖެހުމުން" ގައުމީ އިނާމުދޭވަރުވޭ.

The name is already taken The name is available. Register?

ސެމި

23 April 2021

ހަސަންފުޅުބެ އިޒް އަ ލެޖެންޑް! މައި އަޓްމޯސްޓް ރެސްޕެކްޓް ފޯ ހިމް!

The name is already taken The name is available. Register?

އިބްރާހިމް 22

23 April 2021

ހަސަން ފުޅުބޭ އަބަދުވެސް ފާހަގަ ކުރެވޭ ގަރާޖުގެ މަސައްކަތުގެ އިތުރަށް ވަރަށް ބަރާބަރަށް ނަމާދަށް ފަރުވާތެރިވެ ގަޑިން ގަޑިއަށް މިސްކިތަށް ދާ މީހެއްގެ ގޮތުގައި. އަދި އަހަންނަށް އެގޭގޮތް ގޯސް ނޫންނަނަ ހަސަންފުޅުބޭ އެގޭ ކައިރީ މަޖީދީމަގުން އިންނަ މިސްކިތް ފޮޅާ ސާފްކޮށް ހެދުންވެސް ކޮށްއުޅުނު އެތަށް އަހަރެއްވަންދެކަ..ﷲ ހަސަންފުޅުބެގެ އުމުރުގައި އަދި މަސައްކަތުގައި ބަރަކާތް ލައްވާށި.

The name is already taken The name is available. Register?

އައްޑޫ ކޮއިޔާ

23 April 2021

ހަސަންފުޅުބޭ އަށް ސާބަސް. ހަދާނަށް އަންނަނީ ސްކޫލްގައި އުޅުނު ދުވަސްވަރު 1988 ހިސާބުގައި ހަސަންފުޅުބޭ ގަރާޖުން ބައިސިކަލް ކުއިޔަށް ނަގައިގެން ދުއްވާ ހަދާން. 2ރ އަށް އެއްގަޑިއިރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454